އައްސަދު އަލީ (އަޑުބަރޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އަޑުބަރޭ ހާމަކޮށްފައިވާއިރު އޭއެފްސީ ކަޕް ކޮލިފައިންގައި މިރޭ ބޫޓާން އާއި ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖެ ޓީމުގެ ކެޕްޓަންކަން ކުރަން ހަމަޖެހިފައި އޮތީ ވެސް އަޑުބަރޭއެވެ.

އަޑުބަރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އިއްޔެ ގައުމީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލައިގައި ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ވަނީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޓީމުން ބާކީކޮށްފައެވެ. ދަގަނޑޭގެ ބަދަލުގައި އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ އަޑުބަރޭއެވެ.

އަޑުބަރޭ އަކީ ދަގަނޑޭ އާއެކު އެކުގައި ގިނަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިއަކަށް ވާއިރު ދަގަނޑޭ ޓީމުން ބާކީކުރުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ވަނީ އަމާޒުވެފައެވެ.

ގައުމީ ޓީމަށް މިހާތަނަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އަޑުބަރޭ އަކީ އެޓީމުން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބުތަކަކަށް ކުޅެފައިވާ އަޑުބަރޭ އަކީ ގައުމީ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އައި ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުރުގާ

    މަރުހަބާ އަޑުބަރޭ. ގައުމީ ޓީމު ދޮވެ ސާފުކުރަންވީތާ ކިތަންމެ ދުވަހެއްވެއްޖެ.

  2. ޖިންނި

    ވަރަށް ހެޕީ ޚަބަރެއް ، ސިޔާސީ ޙަރަކާތް ތަކާއިގެން އުޅުނީއްޔާ މާ ޠާހިރު ވާނެ

  3. މަބޫ

    މީ އަޖަިބެއްކަހަލަ ކަމެއް؟؟؟؟ ކޯޗް ތައުރީފު ކުރާ ކޮންމެ ކުޅުންތެރިއެއް އެބަ ގައުމީ ޓީމް އިން ވަކިވޭ

    އިއްޔެގެ ޕްރެސްގައި ކޯޗު ސެގަޓް ވަނީ އަޑުބަރޭގެ "ކެރެކްޓާ"އަށް ވަރަށް ބޮޑަށް ތައުރީފްކޮ ކޮށްފަ!!! އަޑޭ އައުޓް

    ދަގަނޑޭ ލީޑަރަކަށް ހަދަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެ ވެސް ބުނި !!!!! ދަގޭ އައުޓް

  4. ޕޮގުބާ

    އާދޭސްކުރޭތޯބަލަން ވެގެނކުރިކަމެއް އަޅާވެސް ލާނެކަމެއްނެތް

  5. ކާކުތަ

    އެެހެން މީހުންގެ ނިންމުން ތަކަށް އިހްތިރާމް ކުރަން ދިވެހިން ދަސްކުރަން ޖެހޭ