އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މަޝްހޫރު އެއް ކްލަބު ކަމުގައިވާ މެންޗެސްޓާ ޔުނައިޓެޑުން 16 އަހަރުގެ މެތިއޯ މެޖިއާސް އެ ކްލަބަށް ގެނެސްފިއެވެ.

ސްޕެއިންގެ ރެއަލް ޒަރަގޯޒާ އިން މެތިއޯ ގެނެސްފައި ވަނީ 600،000 ޕައުންޑަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ މި ޓްރާންސްފާ މާކެޓުގައި މެންޔޫ އިން ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ކްލަބުން ސްވާންސީގެ ވިންގާ ޑެނިއެލް ޖޭމްސް އެ ކްލަބަށް ގެނެސްފައެވެ.

އުމުރުން އެންމެ 16 އަހަރުގެ މެތިއޯ މެންޔޫ އަށް ގެނެސްފައި ވާއިރު، އެ ކްލަބުގެ ކޯޗް އޮލެ ގުނާ ސޮލްސަޖާ ބޭނުންވަނީ މެތިއޯ ފަދަ ޒުވާން ކުޅުންތެރިން އެ ކްލަބަށް ގެނެސް އެކުދިންގެ ފެންވަރު ރަނގަޅު ކުރަން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މެއިޖާ މެންޔޫ އަށް ގެނެސްފައި ވީ ނަމަވެސް، އޭނާ ޖެހޭނީ އެ ކްލަބުގެ ޔޫތް ލެވެލްގައި ކުޅެ ސީނިއާ ޓީމަށް އެރުމުގެ ގާބިލްކަން އޭނާ ކިބައިގައި ހުރިކަން ސާބިތު ކޮށްދޭށެވެ.

އައު ސީޒަނަށް މެންޔޫ އިން ސްކޮޑު އެކުލަވާލަމުން އަންނަ އިރު، އެ ކްލަބުން ވަނީ 55 މިލިއަން ޕައުންޑުގެ އަގަކަށް ކްރިސްޓަލް ޕެލެސްގެ ސެންޓާ ބެކެއް ކަމުގައިވާ ވަން ބިސާކާ ހޯދުމުގެ މަސައްކަތްވެސް ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

ނިމިދިޔަ ސީޒަން އެ ކްލަބުން ނިންމާލީ 38 މެޗުން 66 ޕޮއިންޓް ހޯދައި ތާވަލުގެ 6ވަނައިގަ އެވެ.

ކިޔުންތެރިންގެ ހިޔާލު