2019/ގެ ފުޓްބޯޅަ ސީޒަނުގައި ލިވަޕޫލް މާ ވަރުގަދަ ވާނޭ ކަމަށް އެ ކްލަބުގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ބުނެފިއެވެ.

އެންމެ ފަހުން ލިވަޕޫލް އަށް އިނގިރޭސި ޕްރިމިއާ ލީގު އުފުލައި ލެވިފައި ވަނީ މީގެ 29 އަހަރު ކުރިން ކަމުގައި ވާއިރު، މިދިޔަ ސީޒަނުގައި އެ ކްލަބަށް ތަށި ގެއްލުނީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވުރެ އެންމެ ޕޮއިންޓެއް މަދުވުމުންނެވެ. ޕްރިމިއާ ލީގު އެކްލަބަށް ކާމިޔާބު ނުކުރެވުނު ނަމަވެސް، ޗެމްޕިއަންސް ލީގުގެ ތަށި ނަގާފައި ވަނީ ލިވަޕޫލް އިންކަން ފާހަގަ ކޮށްލެވެއެވެ.

ޕީ.އެފް.އޭ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ވެންޑައިކް ބުނެފައި ވާގޮތުގައި ޓީމުގެ ކުރިއެރުމަށްޓަކައި މަސައްކަތް ކުރާނޭ އެތައް ހުނަރުވެރި ކުޅުންތެރިން ތަކެއް އެ ކްލަބުގައި އެބަ ތިއްބެވެ.

"އަހަރެމެންގެ އެބަތިބި ޑެވެލޮޕް ވާން ބޭނުންވެގެން މަސައްކަތް ކުރާ ވަރަށް ހުނަރުވެރި އެތައް ކުޅުންތެރިން ތަކެއް. އަހަރެމެންގެ ޓީމުގެ ފުރިހަމަ ކަމުން ގިނަ ފަހަރަށް އިހުސާސް ވެސް ނުކުރެވޭ ކިހައި މޮޅު ކުޅުންތެރިން ތަކަކާއި އެކު ކަމެއް މި ކުޅެވެނީ. އެހެންކަމުން އަހަރެމެންގެ ކުރިމަގު ވަރަށް އުޖާލާ ވާނޭ ކަމަށް މި ބަލަނީ." ވެންޑައިކް ބުނެފައި ވެއެވެ.

ދާދި ފަހުން ނޭޝަންސް ލީގުގެ ފައިނަލުގައި ޕޯޗުގަލް އާއި ވާދަކޮށް، ރަނަރަޕް ޓީމުގެ ގޮތުގައި އެ މުބާރާތް ނިންމާލުމަށް ފަހުގައި ވެންޑައިކް މިހާރު ހުރީ ޗުއްޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހަންމަދު

    ތިގޮތައް ފުއްޕާލާފަ އުޅެވޭނީ އެންމެ ސީޒަނެއްގަ ދެން އަނެއް ސީޒަންގަ ނުކުޅެވޭނެ

    1
    4