ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އޭ ބުނުމުން އެއީ ކާކުކަން އިތުރަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. އެންމެ ހަގު ކުޑަކުދިންނާއި ހަމައިން ދޮށީ އުމުރުގެ މީހުންނަށްވެސް އެއީ ކާކުކަން އެނގެއެވެ. ދާދި ފަހުން މިވަނީ މެސީ އާއި އެއް ސިފައެއްގައި ހުރި އީރާނުގެ މީހެއްގެ މައްޗައް ބޮޑު ތުހުމަތު ތަކެއް ކުރެވެން ފަށައިފައެވެ.

ސްޕެއިންގެ މަރުކާ ފަދަ ބޮޑެތި ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިރާން މެސީގެ ނަމުން ދުނިޔެއަށް މަޝްހޫރު ވެފައިވާ ރެޒާ ޕަރަޓެޝް އަންނަނީ ލިއޮނަލް މެސީ ކަމަށް ހެދިގެން، އެތައް އަންހެނުން ތަކަކަށް އޮޅުވާލައިގެން ނޭދެވޭ ގުޅުންތަކެއް ހިންގަމުންނެވެ.

ނޫސްތަކުން ބުނާ ގޮތުން ރެޒާ ވަނީ މެސީ ކަމަށް ހެދިގެން 23 އަންހެނުންނާއި އެކު މިފަދަ ގުޅުންތަކެއް ހިންގައިފައެވެ. މިފަދަ ކަމެއްގެ ސަބަބުން މެސީގެ ނަމަށް ހުތުރުކަން ލިބިގެން ދާއިރު، މެސީގެ ސަޕޯޓަރުން އަންނަނީ މިކަމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ނަމަވެސް، އުމުރުން 26 އަހަރުގެ ރެޒާ ވަނީ އެ ހަބަރުތައް އެއީ އެއްވެސް ބުރަދަނެއް ނެތް ވާހަކަ ތަކެއް ކަމަށާއި، މިފަދަ ތުހުމަތެއް ކުރުމުގެ ސަބަބުން އޭނާ އަށް އޭގެ އަސަރު އެކި ގޮތްގޮތުން ކުރަމުން ދާކަމަށް ބުނެފައެވެ. އަދި އޭނާގެ އަބުރާއި އިއްޒަތް ވެތްޔާއި އެކު މޮޑެ ނުލުމަށް ރެޒާ ވަނީ އެދިފައެވެ.

މުޅި ދުނިޔެއަށް މެސީގެ ޓްވިންސް އެއްގެ ގޮތުގައި ރެޒާ މަޝްހޫރު ވެގެން ގޮސްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓަށް އަޕްލޯޑް ކޮށްފައި ހުރި ފޮޓޯތަކުން މެސީ އާއި ވައްތަރު ކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ؟

    މީވެސް ދެން ޚަބަރު؟

    1
    6
  2. އ. ޖ. އ

    އެންމެ ކުޑަ ކުއްޖާ އިން ފެށިގެން އެންމެ ބޮޑެތި މީހުންނަށް މެސީ އިނގޭނަމަ މިހެން ވާކަށް ނުޖެހޭނެ.. އޮއްޓަރު ހުރި ލިޔުމެއް ނެތްތަ؟

  3. ބޮއްލޯ

    ހިފެން އޮތް އެންމެ ބޮޑަކަށް ބޭނުން ހިފާތި.. ހެހެހެހެ..