ރެއަލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއި އެކު، އެ ކްލަބުގައި ހުރެ ރިޓަޔާ ކުރާނޭ ކަމަށް ޓޮނީ ކްރޫސް ހާމަ ކޮށްފިއެވެ.

2014 ވަނަ އަހަރު 25 މިލިއަން ޕައުންޑަށް ބަޔާން އިން ރެއަލް މެޑްރިޑަށް ބަދަލުވި ކްރޫސް މިދިޔަ މަސް ތެރޭ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް 2023ގެ ނިޔަލަށް އައު ކޮށްފައި ވާއިރު، ކްރޫސް ބުނެފައި ވަނީ 33 އަހަރު ވުމުން ރެއަލް މެޑްރިޑުގައި ހުރެ ރިޓަޔާ ކުރަން ބޭނުންވާ ކަމަށާއި އެމެރިކާ، ޗައިނާ އަދި ގަތަރު ފަދަ ޤައުމުތަކުގައި ކެރިއަރު ނިންމާލަން ބޭނުން ނުވާ ކަމަށެވެ.

"33 އަހަރު އެއީ ރިޓަޔާ ކުރަން ވަރަށް ރަނގަޅު އުމުރެއް. އަހަރެން ކޮންޓްރެކްޓް އައު ކުރީ 33 އަހަރު ވާއިރަށް އެ ހަމަވާ ގޮތަށް ވަރަށް ބަލާފައި. ރެއަލް މެޑްރިޑަށް ސޮއި ކުރުމަކީ އަހަންނަށް ކުރެވުނު އެންމެ ރަނގަޅު އެއް ކަންތެކޭ ބުނެވޭނީ. ދުވަހަކުވެސް އެމެރިކާ، ޗައިނާ އަދި ގަތަރު ފަދަ ގައުމެއްގައި ކުޅެ ކެރިއަރު ނިންމާލާކަށް ބޭނުމެއް ނޫން" މަރުކާ އަށް ދިން އިންޓަވިއު އެއްގައި ކްރޫސް ބުނެފައި ވެއެވެ.

މެޑްރިޑާއި އެކު ޖެހިޖެހިގެން 3 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ކްރޫސް އަކީ އެ ކްލަބުގެ މިޑްފިލްޑުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ކުޅުންތެރިޔާ ކަމުގައި ވާއިރު، އޭނާ ވަނީ ޖަރުމަނާއި އެކު ވޯލްޑް ކަޕް ތަށިވެސް ކާމިޔާބު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މައުލޫމާތު ލިބިފައިވާ ގޮތުގައި މިސްކިތައް ވަދެ ނަމާދަށް ތިބި މީހުންނަށް ހަމަލާ ދޭން މަސައްކަތް ކުރީ ހުޅަނގުގެ ގައުމަކަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ކައިރީގައި ބިދޭސީ ދެފިރިހެނަކު ވެސް ހުއްޓެވެ. ނަމަވެސް ފިރިހެން މީހާ މިސްކިތައް ވަން ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

    މަންޒަރުދުއް މީހުން ބުނާ ގޮތުގައި އޭނާ އަމީރު އަހުމަދު މަގުން ހުޅަނގުން އިރަށް ދުވެފައި އައިސް އެ މިސްކިިތައް ވަންނަމުން މުސްލިމުންނާ މުހާތަބުކޮށް ހުތުރު ބަސްތައް ވެސް ގޮވަމުން ދިޔައެވެ.

    "ފކނ މުސްލިމްއޭ ކިޔާފައި ދުވެފައި އައިސް މިސްކިތައް ވަނީ." މަންޒަރުދުއް މީހަކު ބުންޏެވެ.

    ނަމަވެސް އޭނާ މިސްކިތައް އެރި ކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.

    "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިކުނޑި ހަމަނުޖެހޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށުން މިރޭ އޭޑީކޭ އަށް ގެންދެވިފައިވާ ކަމަށެވެ.

    "އޭޑީކޭ އަށް ފަރުވާ ދިނުމަށް ގެންދެވުނު ސިކުނޑި ހަމަނުޖެހޭ މީހަކު އޭނާގެ އެހީތެރިންނަށް ނުކިޔަމަންތެރިވެ އެތަނުން ނިކުމެގެން ގޮސްފައިވޭ. އެހެން އުޅުމުގެ ތެރޭގައި މިރޭ 19:08 ހާއިރު ސޯސަން މަގާއި އަމީރު އަހުމަދު ގުޅުނު ސަރަހައްދުން ފުލުހުންގެ ބީޓަކާއި ވުމުން އޭނާ އަނބުރާ އޭޑީކޭ އަށް ގެންދިއުމުގައި އެހީތެރިވެފައިވޭ. އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފުލުހުންގެ ވެހިކަލްގައި ވަނީ އަނބުރާ ހޮސްޕިޓަލަށް ގެންދެވިފައި." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

    މިއީ ނަމާދަށް ތިބި ބަޔަކަށް ހަމަލާދޭން ރާއްޖޭގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.