މި އަހަރުގެ ތެރޭގައި އިތުރު 14 ރަށެއްގައި ފުޓުބޯޅަ، ބޮޑެތި ސައިޒުގެ ދަނޑުތަކަށް އިއުލާން ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ފާހަގަކުރައްވާފައި ވަނީ އަލަށް އަޅާ ޓާފް ދަނޑުތަކުގެ ޓެންޑާ ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ. މިއަދު އިއުލާން ކުރި 14 ދަނޑު އަޅާނެ ރަށްތަކަކީ އ. އިހަވަންދޫ، ހދ. ހަނިމާދޫ، ހދ. ނޮޅިވަރަމް، ށ. މިލަންދޫ، ށ. ފޯކައިދޫ، ފުނަދޫ، ނ. ކުޑަފަރީ، ނ. ވެލިދޫ، ރ. މާކުރަތު، ކ. މާފުށި، އއ. ރަސްދޫ އަދި އދ. ދިގުރަށް، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށްޓެވެ.

އޭގެ ތެރޭގައި ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ރަށްތައް ހިމެނެއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ފުޓްސަލްއަށްވުރެ ބޮޑަށް ފުޓުބޯޅައަށް ސަމާލުކަން ދޭން ފަށާފައިވާ އިރު، މީގެ ކުރިންވެސް ވަނީ 13 ރަށެއްގައި ޓާފް ފުޓުބޯޅަ ދަނޑު އެޅުމަށް ހުޅުވާލާފައެވެ. އެއީ ރ. އަލިފުށި، ފ. ނިލަންދޫ، ސ. ފޭދޫ، ޏ. ފުވައްމުލަށް، ގދ. ތިނަދޫ، ލ. ގަން، ޅ. ހިންނަވަރު، ސ. ހޮޅުދޫ، ހއ. ދިއްދޫ، ގއ. ވިލިނގިލި، އދ. މާމިގިލި، ހދ. ނެއްލައިދޫ އަދި ނ. ކެނދިކުޅުދޫއެވެ.

އެފްއޭއެމްއިން މިދިޔަ އަހަރު 18 ރަށެއްގައި ނެޗުރަލް ގްރާސް ދަނޑު ރަނގަޅު ފެންވަރެއްގައި ގާއިމް ކުރުމަށްވެސް ނިންމާފައިވާ އިރު، އެކަމުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގު، ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް އެފްއޭއެމްއިން ޓާގެޓް ހިފާފައިވާ އިރު، ފުޓުބޯޅައިގައި ބޮޑެތި ރަށްތަކުގައި ދަނޑުތައް ތަރައްގީ ކުރުމަކީ މުހިއްމު ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏަމް

    ށ.ފޭދޫ ކޯބާ ސަހީމް؟؟؟

  2. މުހައްމަދު ދީީދީ

    ގައްދޫ އަކީ ނިސްބަތުން މީހުން ގިނަ ގދ 2 ވަނަ ވީއިރު ކިީއްވެ ތޯ ގައްދޫ ރި ލިސްޓުގައި ނުހިމަެނުނީ .. އަމީރު އަމީން ، 2 ވަޒީރުންނާއި ގައްދޫ ދާއިރާގެ މެމްބަރ މިކަމަށް މަސައްކަތް ކޮށްދެއްވުން އެދި ދަންނަވަން.

  3. ކިންގު

    1500 އާބަދި މާކުރަތު އެންމެ ޓީމެއް ލަދެއް މީދު، އުގޫފާރު، ދުވާފަރު ކިހިނެއް ވާނެބާ