ޕެރިސް ސެއިންޓް ޖަމައިން އަށް ކުޅެމުން އަންނަ ޒުވާން ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ ލިވަޕޫލަށް ގެނައުމަށް އެ ކްލަބުގެ ސަޕޯޓަރުން އެދެން ފަށައިފިއެވެ.

މި ސީޒަނަށް އެމްބާޕޭ ޕީއެސްޖީ އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައި ވާއިރު އޭނާ ވަނީ ކޮންޓްރެކްޓް އައު ކުރަން ދެކޮޅު ހަދައިފައެވެ. 2018ވަނަ އަހަރު މޮނާކޯ އިން ޕީއެސްޖީ އަށް ބަދަލުވި އެމްބާޕޭ ކްލަބު ދޫކޮށްލަން ބޭނުންވާކަން ހާމަ ކުރުމުން ރެއަލް މެޑްރިޑުންވެސް އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އުމުރުން އެންމެ 20 އަހަރުގެ އެމްބާޕޭ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމުގައި މިހާރު ބަލަމުން އަންނަ އިރު ސްޕެއިންގެ މަރުކާ އިން ރިޕޯޓް ކުރާ ގޮތުން އެމްބާޕޭ ފެނުން އެންމެ ގާތީ ރެއަލް މެޑްރިޑުންނެވެ. ރެއަލްގެ ކޯޗު ޒައިނެއްދީން ޒިދާންވެސް އެމްބާޕޭ އެ ކްލަބަށް ގެންނަން ބޭނުންވާ އިރު އޭނާ ވެސް ރެއަލް އަށް ކުޅެން ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފައި ވެއެވެ.

ނަމަވެސް ލިވަޕޫލްގެ ސަޕޯޓަރުން އަންނަނީ އެ ކްލަބުގެ ކޯޗު ޖާގެން ކްލޮޕަށް އެކަން ކުރުމަށް އެދި ބާރު އަޅަމުންނެވެ. އެ ކްލަބުގެ ސަޕޯޓަރުން ބުނާ ގޮތުން ޔޫރޮޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި ގުޅުމުން އަންނަ ސީޒަނުގައި އެ ތަށި ދިފާއުކޮށް ޕްރިމިއާ ލީގުވެސް ކާމިޔާބު ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒިލާލް

    ސްޕެއިންގެ މަރުކާ އިން ރިޕޯޓް ކުރާ ގޮތުން އެމްބާޕޭ ފެނުން އެންމެ ގާތީ ރެއަލް މެޑްރިޑުންނެވެ.
    މަރުކާ އެއް ނޫން އެއީ މާރކާ އެއްޗެއް ނޭގުނަސް ލިޔާތި. ނޫސް ވެރިންނޯ ބޭރުގެ މަށްހޫރު ނޫސް ތަކުގެ ނަން ކިޔަން ވެސް ނޭގޭ..

    • ކިއުންތެރިޔާ

      ހޭބަލިނުވޭ. ދިވެހިބަހުން ދިވެހި ކޮއްލާފަ ކިޔާއިރު މަރުކާ ކިއިދާނެ.