ރައީސް ޞާލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭ މަަސައްކަތް ފަށަން ނިންމި ސްވިމިން ޕޫލްގެ އިތުރު މައުލޫމާތެއް ހާމަނުކޮށް މާލޭގެ ސްވިމިންގް ޓްރެކް ސަރަހައްދު ރަނގަޅު ފެންވަރަކަށް ހަދަން ޔޫތް މިނިސްޓްރީ އާއި ސްވިމިންގް އެސޯސިއޭޝަނާއި ގުޅިގެން ބަޔަކާއި ހަވާލު ކޮށްފިއެވެ.

ރައީސް ޞާލިހްގެ ސަރުކާރަށް މިހާރު 200 ދުވަސް ވެގެން ދިޔައިރު ސްވިމިން ޕޫލްގެ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.

ބިޑް އުސޫލުން ހުޅުވާލުމުން ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީ ކުރުމަށް ފަސް ފަރާތަކުން ކުރިމަތިލާފައި ވާކަމަށް ސްވިމިންގް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. ބިޑް ކާމިޔާބު ކޮށްފައި ވަނީ މާޒިޔާ ކޮންސްޓްރަކްޝަން އިންނެވެ.

120 ދުވަސް ތެރޭގައި ނިންމާ ގޮތަށް މާޒިޔާ ކޮންސްޓްރަކްޝަނާއި މި މަސައްކަތް މިހާރު ހަވާލު ކޮށްފައި ވާއިރު، މިނިސްޓްރީ އާއި އެސޯސިއޭޝަނުން ބުނެފައި ވަނީ މި މުއްދަތު ތެރޭ މަސައްކަތް ނިންމުމަށް ވެދެވެން އޮތް ހުރިހާ އެހީ އެއް ވާނޭ ކަމަށެވެ.

ކުޑަކުދިންނަށް ވެސް ރައްކާތެރި ގޮތަކަށް ޓްރެކް ސަރަހައްދު ތަރައްގީ ކުރުމުގެ ޑިޒައިން މަސައްކަތްތައްވެސް މިހާރު ނިމިފައި ވާއިރު، އެތަނުގައި ކުރަން ޖެހޭ މަސައްކަތުގެ ބާވަތުން ޓްރެކް ސަރަހައްދު ދޭތެރެ ދޭތެރެއިން ބަންދު ކުރަން ޖެހޭނެ ކަމަށް އެސޯސިއޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޔޫތް މިނިސްޓްރީ ގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔޫތް މިނިސްޓާރ އަހްމަދު މަހުލޫފް ވަނީ މި މަސައްކަތް ކޮށްދިނުމުގައި އުޅުނު ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. ޖުމްލަ 6.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން މާޒިޔާ ކޮންސްޓްރަކްޝަން އިން ކުރިއަށް ގެންދާ މި ޕްރޮޖެކްޓް ނިމޭއިރު، އެތަނުގައި ފާހާނާ ކޮށް، ފެންވަރައި، ހެދުން ބަދަލު ކުރުމުގެ އިންތިޒާމް ވެސް ހަމަޖެހި، އެތައް ބައެއްގެ އިންތިޒާރަށް ނިމުމެއް ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސާނިޔާ

    100 ދުވަސް ވާނީ ވެއްޓެން ޖައްސާފައިވަާ ކައުންޓްޑައުން ހަމަވާ ދުވަހުއެވެ. އެއީ އަހުރެމެންގެ ފޮތްތަކުން ފެންނަގޮތުގައި 1 އަހަރާ 9 މަހާ 11 ދުވަހެވެ.

    21
  2. އަހްމަދު

    100 ދުވަސް ހަމަނުވާނެ އަދި.... ގާތްވެސް ނުވާނެ... ވަގުތު މީހުނަށް ރަނަގަޅަށް ދުވަސް ގުނަން ނޭނގިގެން ތި އުޅެނީ.... މިސާލަ ކަށް މމޕރސ މައްސަލައިގް މަހްލޫފް އެކަހެރި ކުރިދުވަސްތައް ގުނުމުގައި ނުލެވޭނެ... މިހެންގޮސް ކިތައްމެ ދުވަހެއް ހުންނާނެ އިސްތިސްނާ ކުރަންޖެހޭ

    16
  3. ހުސޭނުބޭ

    މަހުލޫފް އަތުގައި އަޅާފައި އޮންނާނެ ފަޅޯގަޑިއެއް! އޭތި ހިނގާނީ ފަހަރަކު އަތަކަށް! އެގަޑިން ފެންނަ ގޮތުން އަދި މިވީ 4 ދުވަސް! ވީމާ އޯކޭނު!

  4. އަހުމަދު

    ސަތޭކަ ދުވަސް ހަމަކުރަނީ ހަމައެކަނި ހަފްތާ ބަންދު ހުކުރު ހޮނި ހިރު އެކަނި ގުނައިގެން އަނެއް ފަސްދުވަސް ނުހިމަނާ..ގަދަ ދޯ

  5. ބެލެނިވެރިބް

    ދިވެހި ބާސްކެޓް ގެ ޓެކްނިކް ޑައިރެކްޓަރ ސުޕުން ގެ ކަންތައްކުރަމުން ދާ ބޭއިސްފު ކަންތައް މިނިސްޓަރ ބައްލަވާ ދެއްވުން އެދެން އަދި ސުޕުން އައް އެމަގާމު ލިބުނު ކިހިނެއް ތޯ