ހއ. ހޯރަފުއްޓަށް އުފަން އަލީ ޔާމީން (ޔާނު) އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާއެވެ. ކްލަބު ގްރީން ސްޓްރީޓްސްގެ ޖާޒީގައި ދުވަހެއް ދުވަހަކަށް ޔާނުގެ ފެންވަރު ސާބިތު ކޮށްދެމުންދާ އިރު، ގައުމީ ޓީމަށް އުމުރުން 17 އަހަރު އޭނާ އެރީ ގައުމީ ކޯޗު ޕީޓާ ސެގަޓުގެ ލޮލުގައި އަޅައިގަނެގެންނެވެ. އެ ސަބަބު އޭނާގެ ހުނަރުވެރި ކުޅުމުން ފާހަގަވެސް ވެއެވެ.

މިދިޔަ ސީޒަންގެ ޔޫތު ޗެމްޕިއަންޝިޕްގައިވެސް ޔާނުގެ މޮޅު ކުޅުން ފެނިގެންދިޔަ އިރު، ޕްރިމިއާ ލީގުގައިވެސް ބައެއް މެޗުތަކުން ފެނިފައިވެއެވެ. މި ސީޒަން ފެށިގެންވެސް ގްރީންގެ ކޯޗު އަލީ ސުޒޭން ޔާނުގެ ބޭނުން ކުރަމުންދާ އިރު، ކޯޗު ސުޒައިން ވަނީ ޔާނުގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ހާއްސަކޮށް ދަނޑުމަތީގައި ޔާނު ދައްކަމުންދާ ކޮންފިޑެންސަށް ސުޒޭން ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

މާޒިޔާއާއި ގްރީން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ރޭ ގްރީންއިން ޓީސީއާ ދެކޮޅަށް ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، ގްރީންއިން ގެއްލުވާލީ 2-0ގެ ލީޑެކެވެ. އެކަމުގެ މާޔޫސްކަން ޔާނު އަދި މުޅި ޓީމަށް ލިބުނު ނަމަވެސް، ރޭގެ މެޗަކީ ޔާނުގެ ކެރިއަރުގައި މުހިއްމު މެޗަކަށް ވެއްޖެއެވެ. ޕްރިމިއާ ލީގުގައި ޔާނު ޖެހި ފުރަތަމަ ގޯލް ރޭގެ މެޗުގައި އޭނާ ޖެހި އިރު، އެ ގޯލަކީ އެހާމެ ހިތްގައުމުވެސް ގޯލެކެވެ.

ގޯލްގެ އުފާފާޅު ކުރުމުގައި ޔާނު ނަގާ މައްޗަށް ހިއްލާލީ ފުޓުބޯޅައިގައި އޭނާ "ފޮލޯ" ކުރުމަންދިޔަ "އައިކަން"، އަދި ރާއްޖެ ދުތް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އެވެ. ޔާނުއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީވެސް އެއީއެވެ.

"އަބަދުވެސް އައިކަންއަކީ ދަގަނޑޭ. އޭނައާއެކު ކުޅެލުމަކީ ފުޓުބޯޅައިގައި ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުން، އަދި ކުރިއެރުން. އަބަދުވެސް ދަގަނޑޭ ހިތްވަރު ދޭނެ. ސަކަރާތްވެސް ޖަހާނެ އެންމެނާ ގުޅެންވެސް ގުޅޭނެ،" ދަގަނޑޭއާއެކު ޔާނުއަށް ލިބެމުންދާ ހިތްވަރު އޭނާ "ވަގުތު"އާ ހިއްސާކުރިއެވެ.

ޔާނު ގައުމީ ޓީމާއެކު ---

ރޭގެ ގޯލާއެކު ދަގަނޑޭ ބުނީ ކީކޭކަންވެސް ޔާނު ހާމަކުރިއެވެ. ރޭގެ ގޯލާއެކު ދަގަނޑޭ "ބުނީ ތި ބޯޅަ އަތެއް ނުވާނޭ އެއްވެސް ކީޕަރަކަށް،" މިހެންނެވެ. ދަގަނޑޭގެ ފޭސްބުކް ޕޭޖަށްވެސް ޔާނުއާއެކު ނަގާފައިވާ ހާއްސަ ފޮޓޯއެއް ލާފައިވާ އިރު، ޔާނުއަކީ ފުޓުބޯޅައިގައި ގިނަ ބަޔަކު ދެމުންދާ ހުވަފެނެކެވެ. ކުޅޭ ހިތުން ކޮންފިޑެންސްއާއެކު އަބަދުވެސް ފެންނަ ޔާނު ގަބޫލުކުރާ ގޮތުގައި ހަމަޖެހިލައިގެން ކުޅެލުމަކީ ކުޑައިރުއްސުރެ އޭނާ ގައިގައި ހުންނަ "ބޯން ޓެލެންޓް"އެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ެކަރެކްޝަން

  ހެހޭ... އަބްދުﷲ ޔާމިންއޭ ކިޔަނީ... އަލީ ޔާމީނެއް ނޫން....?

  10
  1
 2. ޔާންޓޭ

  ޔާމީނު ކިޔާ މީހުން ހަމަ ގަދައްޔޭ!!! ހާއްސަކޮށް އަބްﷲ ޔާމީނު

  19
  4
  • ގަމާރުމޯލްޑިވިއަންއަ

   އެއީ އަނިޔާވެރިޔެއް

   4
   18
   • ލިން

    ކަލޭމެންނަށް އަނިޔާވެރިއަކަށްވާނި.. ޤައުމުގެ ސިޔާދަތާ އިޤްތިސާދު ހިމާޔަތްކޮށްދޭ ކޮންމެ މީހަކު..

    8
    1
 3. ބަހުސް

  ދަނގަޑޭގެ ބޯހުންނަ ގޮތައް ރީއްޗާށް ބޯކޮށާލަންވީ އެއްނުން.

  • މަރީ

   އެހެރި ކޮށާފައެއްނު އެރޭގެ މެޗްގަ