ބްރެޒިލްގައި މިހާރު ކުރިއަށްދާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އާޖެންޓީނާގެ މައްޗައް ކުރި ހޯދައި ބްރެޒިލުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

2-0ގެ ނަތީޖާ އަކުން ބްރެޒިލް މެޗު ކާމިޔާބު ކުރި އިރު އެންމެންގެ ލޯތައް އަމާޒުވި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވަނީ ބޮޑު ލަދެއްގައި ބެދި އެނބުރި ގައުމަށް ދާން ޖެހިފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިއީ މެސީ އާޖެންޓީނާ ތަމްސީލް ކޮށްދޭ ފަހު މުބާރާތަށް ވުން ވަރަށް ގާތެވެ.

މެޗުގެ ފުރަތަމަ ގޯލް 19 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ކާމިޔާބު ކޮށްދިން އިރު އޭގެ ފަހުން ލަނޑު ޖަހާނޭ ފުރުސަތުތައް ދެ ޓީމަށްވެސް ލިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މި ނަތީޖާ ގައި ދެވަނަ ހާފްވެސް ފަށައިގެން ކުރިއަށް ދަނިކޮށް އާޖެންޓީނާ އިން އުފެއްދި ހަމަލާއެއް ނާކާމިޔާބު ވުމުން ކައުންޓާ އެޓޭކްގައި ގެބްރިއަލް ޖީސަސް ވަނީ ބޯޅަ އާއި އެކު ކުރިއަށް އަރައި މޮޅަށް ކޮށްޓާލުމަށް ފަހު އޭރިއާ ތެރޭ ހުރި ފިރުމީނޯ އަށް ބޯޅަ ހުރަސް ކޮށްދީފައެވެ. 71 ވަނަ މިނެޓުގައި ނަގައިދިން އެ ހުރަސް ގޯލުގެ ތެރެއަށް ވައްދާލައި ފިރުމީނޯ ވަނީ ބްރެޒިލަށް ފައިނަލުގެ ޖާގަ ޔަގީން ކޮށްދީފައެވެ.

މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ފްރާންސް އަތުން 4-3ން ބަލިވި މެޗައް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރިކަން މެސީ ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އެތައް ބައެއްގެ އެދުމުގެ މަތިން މެސީ ވަނީ އަލުން ކުޅެން ނިންމާފައެވެ. މި މުބާރާތަކީ އޭގެ ފަހުން އާޖެންޓީނާ ޖާޒީގައި މެސީ ފެނުނު ފުރަތަމަ މުބާރާތްކަން ފާހަގަ ކޮށްލެވެއެވެ.

މި މުބާރާތުގައި މެސީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު މީގެ ކުރިން މެސީ ބުނެފައި ވަނީ ރަނގަޅަށް ނުކުޅެވުނީ ދަނޑުގެ ވިނަގަނޑު ސަކަރާތް ވުމުން ކަމަށެވެ.

އާޖެންޓީނާ ބަލިކޮށް ފައިނަލަށް ގޮސްފައިވާ ބްރެޒިލް އިން ވާދަ ކުރަން ޖެހޭނީ މާދަމާ ކުޅޭ ސެމީގެ ދެވަނަ މެޗުގައި ޕެރޫ އާއި ޗިލީ ތެރެއިން މޮޅުވާ ޓީމަކާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އ. ޖ. އ

    އަލްއްތަ؟ މެސީ ރޯ ްް؟

    4
    1
  2. މުހަންމަދު

    ވާއު ވަޓުއަ ހެޑިން އައި ލައިކިޓު ސުޕާ ހެޑިން

    4
    1
  3. ?

    ? ? ?

  4. ވަގުތު

    ސައިފުﷲ ހާދަ ޖޭ ވެޔޭ ދޯ މެސީ ދެކެ. ކަލޯ މެސީވަރެއް ނެތް އަދިވެސް