މެޗު ލަސްކުރުމުގެ ވާހަކައަކީ ޓީމުތައް ލަދުގަންނަވާލުމަށް ކޮންމެހެން ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މިރޭ ދަ ގްރާންޑޭއާ ދެކޮޅަށް ގްރީންއިން ނުކުންނަ އިރު، ސުޒޭންގެ ޕްރެސްގައި ވަރަށް ބޮޑަށް އޭނާ ކުރިން ސީޒަންގައިވެސް ދެއްކި ވާހަކަތަކަކަށް އަލިއަޅުވާލިއެވެ. ހާއްސަކޮށް ބޮޑެތި ޓީމުތަކާ ކުދި ޓީމުތަކުން ކުޅޭ މެޗުތަކުގައި ވަރަށް ބޮޑަށް "މެޗު ލަސްކުރުން" ކުރިއަށްދާ ކަމަށާއި، އެކަންކަން ހުއްޓުވަން ޖެހޭ ކަމަށް ސުޒޭން ބުނެފައިވެއެވެ.

"މިސާލަކަށް (ނިލަންދޫން މާޒިޔާ ކަހަލަ) ޓީމެއް ބަލިކުރާ އިރު، އެކަހަލަ މެޗެއްގައި 10 ކުޅުންތެރިން ފަހަތަށް ފާބައިފަ، މެޗެއްގައި 15 ފަހަރަށް ސްޓްރެޗާ އަރުވާފަ. ގާތްގަނޑަކަށް ކޮންމެ ސެޓް ޕްލޭއެއްގައި މިނެޓެއް ނަގާފައި، އެއަށް ދުނިޔޭގައި އޮންނާނީ ކޮން ޓެކްޓިކްސްއެއްބާއޭ ހިތަށް އަރަނީ. މިސާލަކަށް ހަވީރު ފަހު ހާފްގައި ކޯޗު ކުޅުންތެރިންނާ ހަވާލުކޮށްފައި މި އޮންނަނީ ކޮންމެ ކުޅުންތެރިއަކު ވާނެއޭ ދެ ފަހަރު ސްޓެޗަރުގައި ފައިބަން. ލަސްކުރުމަކީވެސް ޓެކްޓިކްސްގެ ބައެއް ކަމަށް ބައެއް މީހުން ބުނެފައި މިއޮންނަނީ. ކިހާ ވަގުތެއް އޭގައި ގެއްލިގެން ދަނީ. އެހެންވީމަ އިޝާ ނަމާދަށް ވެސް މެޗު ނުނިމޭނެ. މި ކަހަލަ ޓެކްޓިކްސް ބޭނުންކޮށްގެން މެޗުތައް ހަލާކުކުރާއިރު ވެސް ކޮންތާކުބާއޭ ޓެކްޓިކްސްގެ ވާހަކަ ދައްކާ މީހުން ތިބީ. މީޑިއާ ވެސް އެބަޖެހޭ މިކަން ފާހަގަކުރަން،" ސުޒޭން ބުންޏެވެ.

ލަސްކުރުމުގެ ޓެކްޓިކްސްއަށް ފާޑު ކިޔަމުން ސުޒޭން ބުނެފައި ވަނީ ފަޓުލޫނުގެ ކަށްގަނޑު ފަޅައިގެން ދިޔުމުންވެސް މީހުން ލަދު ގަންނަން ފެށީ، އެކަމަށް މީހުން ޖޯކު ޖަހާ މަލާމަތްވެސް ކުރަން ފެށި ހިސާބުން ކަމަށެވެ. "މެޗު ލަސްކުރުމުގެ ޓެކްޓިކްސް"އަކީވެސް ލަދަކަށް ނުވާހާ ހިނދަކު އެކަންވެސް ކުރާނެ ކަމަށެވެ.

"ރަނގަޅަށް ހަރަދު ކޮށްގެން، ތައްޔާރުވެގެން ނުކުންނަ ޓީމުތަކަށް ފައިދާވާނެހެން މީޑިއާގައި އެވާހަކަތައް ފެތުރީ ކާކުބާއޭ އަސްލުގައި. މިސާލަކަށް ބޮޑު ހަރަދުކޮށްގެން ނުކުންނަ ޓީމަކަށް ލިބޭނެ އެންމެ ބޮޑު އެޑްވާންޓޭޖަކަށްވާނީ ކުޅިވަރުގެ ރޫހުގެ ތެރެއިން ކުރަން ހުރި ކަންކަން ކުރުން. އެކަން ނުލިބޭނެ މި ކަންކަމުން. ރާއްޖޭގެ ވަރަށް ގިނަ އަހަރުތަކެއް ވަންދެން އެގޮތަށް ކަންކަން ގޮސްފި. އެކަން ކުރާ ބަޔަކަށް ލަދަކަށްވެސް ވާ ކަމެއް ނޫން. އަޅުގަނޑުމެންނަށް އުނދަގޫ ކަށްގަނޑު ފަޅައިގެން ގޮސްފައި ހުންނަ ފަޓުލޫނެއް ލައިގެން އުޅެން. އެއީ ފަޅައިގެން ގޮސްފައި އިންކަން އަމިއްލަ އަށް އެނގެންޏާ ހުންނާނެ އުނދަގޫ ގޮތެއް ވެސް. އެހެން މި ވާން ފެށީ އެއީ ހަޑި ކަމެއްގެ ގޮތުގައި ބަޔަކު ފާހަގަކުރީމަ. އެކަމަކު ކުއްލިއަކަށް ސޯޝަލް މީޑިއާގައި އެއީ މަޖާ މޮޅު ކަމެއް ކަމަށް ހަދާފައި ޓިކްޓޮކް ކަހަލަ އެއްޗެއްސަށް ލާން ފަށައިފި ނަމަ މާދަމާ ނޭނގެ އެންމެން ކަށްގަނޑު ފަޅައިގެން ގޮސްފައި ހުރި އެއްޗެއް ކަމެއް ލާނީކީ ވެސް. އެގޮތަށް މެޗުތައް ހަލާކު ކުރަން ކުރާ ކަންކަންވެސް އެބަޖެހޭ ދައްކަން،" ސުޒޭން ފާހަގަކުރިއެވެ.

ސުޒޭން ބުނެފައި ވަނީ މިރޭގެ މެޗަށް ނުކުންނަ އިރު، ދަ ގްރާންޑޭގެ ކޮންފިޑެންސް ލެވެލް ހުންނާނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެއީ ދަ ގްރާންޑޭއިން އެމީހުން ފުރަތަމަ ޓާގެޓް ކުރި ހިސާބަށް މިހާރު ވާސިލް ވެވިފައިވާތީ ކަމަށާއި، ދެން އޮތީ އެމީހުންވެސް ވަރިގަދަ ޓީމުތަކާ ދެކޮޅަށް ކުޅޭ އިރު، ހަމަޖެހިލައިގެން ޕްރެޝަރު ނުނަގާ ކުޅެވޭނެ ފުރުސަތެއް ކަމަށްވެސް ސުޒޭން ބުންޏެވެ.

ގްރީންއާއި ދަ ގްރާންޑޭ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00ގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޮޅޯ

    ހޮޅިވާހަކަ. އެއީ ހަޑި އަދި ރުޅި އަންނަ ކަން ނޭނގިގެނެއް ނޫން ލަސްކުރަނީ. ލަސްކުރަނީ ވަގުތު ގެއްލުވަން ޓެމްޕޯ ގެއްލުވާލަން. މިހާތަނަށް އައީ އެކަން ފާޅުގައި ކުރަމުން. ސުޒޭނުމެން ނިއުއާ ދެކޮޅަށް ކުޅުނު އިރުވެސް ކަންކުރާި ތިގޮތަށް. އަހަރެމެން ދުށިން ލަހުން ބޯޅަ ބޭރުވޡިމަ އެއްލިތަންވެސް. އެވާހަކައެއް ނޫން. މީވހައްލުކުރަން އުނދަގޫ ކަމެއް. އެއީ ލަސްކުރާއިރަށް ކާޑު ދައްކަން ފަށައިފިއްޔާ އިރުކޮޅަކުން ނުހުންނާނެ ދަނޑުގަ އެއްމެ ކުޅުންތެރިއެއްވެސް. ލަސްނުކޮށް ކުޅެފިއްޔާ އިތުރު ޕޮއިންޓެއް ދޭންވީ. އޭަރަށް ރަނގަޅުވާނެ.

    4
    2
  2. މުހައްމަދު އަހުމަދު

    ސުޒޭނުމެން ކުޅުނުއިރުވެސް ކަންކުރާގޮއިތް އެއީ ހުދު ސުޒޭނުގެ ފަރާތުންވެސް ފެނުނު އަމަލެއްގެ ވާހަކަ މިހާރު އަމިއްލަ މީހާ ތިދައްކަނީ ތިގޮވެނީ ގުދޯގުދޯ ސުޒޭނުމެންގެފަރާތުން އިބުރައިތް ހާސިލް ކޮއްގެން މިހާރުގެ ކުދިން އެއަމަލު މެޗުތަކުގާ އެހިންގަނީ