ހަމަ ގައިމުވެސް މިޒަމާނުގެ ފުޓްބޯޅައިގައި އެންމެ މޮޅު ދެ ކުޅުންތެރިންގެ ގޮތުގައި މަޝްހޫރު ވެފައިވާ ދެ ކުޅުންތެރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެވެ. އެހެން ނަމަވެސް، މިތަނުން އެންމެ އަހްލާގް ރަނގަޅީ އަދިވެސް މެސީކަން ރެކޯޑުތަކުން ދައްކައިފިއެވެ.

ނިމިގެން ދިޔަ ކޮޕަ އެމެރިކާ މުބާރާތުގެ ގަދަ 3 ހޮވުމަށް ޗިލީ އާއި އާޖެންޓީނާ ބައްދަލު ކުރި މެޗުގައި މެސީ އަށް ރަތް ކާޑު ދެއްކުމާއި ގުޅިގެން، ގިނަ ބައެއްގެ ލޯތައް އެކަމަށް ހުއްޓިފައި ވާއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެ މެޗުގައި ފެނިގެން އެ ދިޔައީ މެސީގެ މުޅި ކެރިއަރުގައިވެސް ފެނުނު 2 ވަނަ ރަތް ކާޑު ކަމެވެ.

2005 ވަނަ އަހަރު އާޖެންޓީނާ އަށް ކުޅުނު ފުރަތަމަ މެޗުގައި، ބަދަލު ކުޅުންތެރި އެއްގެ ގޮތުގައި އެރިތާ ދެ މިނެޓު ފަހުން މެސީ އަށް ރަތް ކާޑު ދެއްކި ފަހުން އޭނާ އަށް ކާޑެއް ދެއްކީ މިފަހަރު މުބާރާތުގައެވެ. އެހެންނަމަވެސް، ރޮނާލްޑޯ އަށް ޖުމްލަ 11 ރަތް ކާޑު މިހައިތަނަށް ދައްކާފައި ވެއެވެ.

މެސީ އާއި ރޮނާލްޑޯ އަކީ މޮޅު ދެ ކުޅުންތެރިން ކަމާއި މެދު ޝައްކެއް ނެތެވެ. އެހެންނަމަވެސް، ރޮނާލްޑޯ އަށް ވުރެން މެސީ ދަނޑުމަތީގައި އަހްލާގު ރަނގަޅު ކަމީ، ރޮނާލްޑޯގެ އަމިއްލަ ސަޕޯޓަރުންވެސް ގަބޫލު ކުރާ ހަގީގަތެކެވެ. އަހްލާގައި ކުޅުމުގެ ފެންވަރަކީ ދެ އެއްޗެއް ކަމަށް ވާއިރު، މި ދެ ކުޅުންތެރިންގެ އަހްލާގީ ރެކޯޑަށް ބަލައިލަމާ ހިނގާށެވެ.

މެސީ

ރަތް ކާޑު : 2

ރީނދޫ ކާޑު : 77

އެއް މެޗެއްގައި ދެ ރީނދޫ ކާޑު : 0

ސަސްޕެންޝަންގެ ސަބަބުން ގެއްލިފައިވާ މެޗުތައް : 4

ރޮނާލްޑޯ

ރަތް ކާޑު : 11

ރީނދޫ ކާޑު : 120

އެއް މެޗެއްގައި ދެ ރީނދޫ ކާޑު : 4 ފަހަރަށް

ސަސްޕެންޝަންގެ ސަބަބުން ގެއްލިގައިވާ މެޗުތައް : 24

ކޮންމެ ކުޅުންތެރިޔަކީ ވެސް ދަނޑުމަތީގައި އަޙްލާޤު ރަނގަޅު ކުޅުންތެރިޔަކަށް ވާން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލިއާ

    އާ ފަޒާގެ ތެރެއަށް، ޖައްވުގެ ތެރެއަށް ބަސްތަށް އުކަމުންދާ މީހަކުގެ އަޙްލާގް ދަށެއް ނުވާނެ ތާ! މި ކޮޕަރ އެމެރިކާ މުބާރާތު މެސީ ހަމަ އަޙްލާގުދަށް ފާޑު ކިއުންވެސް މުބާރާތުގަ ބޭނުންކުރި ބޯޅައިން ފެށެގެން ރެފްރީންނަށް، ޓީމުތަކަށް، ކުޅުންތެރިންނަށް، އިންތިޒާމު ކުރާ ފަރާތްތަކަށް، ޗެމްޕިއަން ޓީމަށް. ކަރަޕްޝަންގެ ތުހުމަތުތަށް އެ ވަރުން ކިހިނެތް މީހެއްގެ އަޙްލާގުގެ ވާހަކަ ރަނގަޅު ކުރާނީ.. !

    11
    12
  2. ޢަނިލް

    ތީ އަޅުވާކިޔޭވަރުގެ ދެ ކުޅުން ތެރިންނެއް ނޫން...
    މެސީއަކީ ވަރަށް ދަށް ކުޅުންތެރިއެއް...
    ރޮނާމެން މާކުރީގަ އުޅެނީ

    11
    19
  3. އ. ޖ. އ

    ވަގުތު ކޯޓުން ހުކުމް އިއްވައިފި.. ދެން ނޯންނާނެ އެއްޗެއް ކިޔޭކަށް..

    1
    6
  4. ޕސޓ

    ސައިފު ﷲ ފުޓްބޯޅަ ވެސް ބަލަން ތަ...

    4
    1