އާޖެންޓީނާއިން އަނެއްކާވެސް ދަށް މުބާރާތެއް ނިމިގެންދިޔަ އިރު، މިފަހަރުވެސް އެންމެ ބޮޑަށް މާޔޫސްވި ކުޅުންތެރިޔަކީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ.

ސެމީ ފައިނަލްގައި ބްރެޒިލް އަތުން ބަލިވެ، އާޖެންޓީނާ ކެޓި އިރު، ތިންވަނަ ހޮވި މެޗުގައި ޗިލީއާ ދެކޮޅަށް ކުޅެ، މެސީ ނިންމާލީ ރަތް ކާޑަކާ އެކުގައެވެ. ބްރެޒިލް މެޗަށްފަހު މެސީ ވަނީ ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާއާއި ކޮޕާ އެމެރިކާ އަދި މުބާރާތުގެ ރެފްރީންނަށްވެސް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. މެސީ ބުނެފައި ވަނީ މުޅި މުބާރާތަކީ ބްރެޒިލަށް ފައިދާ ވާގޮތަށް ކަންކަން ހިނގާ މުބާރާތެއް ކަމަށާއި، ގިނަ ކަންކަން ހިނގަނީ "ކޮރަޕްޝަނުން" ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް، މުބާރާތް އޮތީ ބްރެޒިލަށް ދޭން ނިންމާފައި. އަހަރެން (މެޑަލް ނޭޅީ) ކޮރަޕްޝަންގެ ތެރޭގައި ހިމެނެން ބޭނުން ނުވާތީ. އާޖެންޓީނާއަށް ގަދަރު ކުޑަކުރުމުގެ ތެރޭގައި ބައިވެރިވެގެން ނުވާނެ. އަހަރެމެނަށް ފައިނަލާ ހަމައަށް ދިޔުމުން ހުއްޓުވީ ރެފްރީންނާއި އިދާރާއިން. އަހަރެން އަބަދުވެސް ބުނާނީ ތެދަށް. އަހަރެން ހަމަޖެހުމަށް ބޭނުންކުރާ އުކުޅަކީ ތެދުބަހުން ބުނަން ބޭނުންވާ އެއްޗެއް ބުނުން،" ބްރެޒިލް މެޗަށްފަހު މެސީ ބުންޏެވެ.

އެވާހަކަތަކާ ގުޅިގެން ކޮޕާ އެމެރިކާ ބާއްވަމުންދާ ފެޑަރޭޝަނުން ވަނީ ޖަވާބުގައި ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ބައެއް ފަހަރު ބަލި ގަބޫލުކުރަން ޖެހޭނެ ކަމަށާއި، އެއްވެސް ހާލެއްގައި މެސީ ބުނެފައިވާ "ކޮރަޕްޝަން"ގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި މުބާރާތް ވަކި ގައުމަކަށް ދިނުމަށް ޓާގެޓް ކޮށްފައި ނުވާނެ ކަމަށާއި، މުބާރަތް ކުރިއަށްދާނީ އިންސާފުވެރިކޮށް ކަމަށްވެސް އިދާރާއިން ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ބަޔާކުގައި ބުނެފައި ވަނީ ފީފާއިން ބާރުލިބޭ، މައި އިދާރާއަކަށް ގަދަރު ކުޑަކޮށް މެސީ ދެއްކި ވާހަކަތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާގެ ގަވާއިދުގައި ބުނާ ގޮތުން، އެ އިދާރާއަށް ގަދަރު ކުޑަކޮށް އެއްވެސް ވާހަކައެއް ދައްކައިފި ނަމަ، ދެ އަހަރު ދުވަހާ ހަމައަށް ސަސްޕެންޑް ކުރުމުގެ އަދަބު ދެވޭނެއެވެ. އެ ސަސްޕެންޝަނަކީ ގައުމީ ޓީމާއެކު ކުޅޭ ހުރިހާ މެޗަކަށް އަންނާނެ ސަސްޕެންޝަނެކެވެ. ދެކުނު އެމެރިކާގެ އެންމެ ހައި ޕްރޮފައިލިކް ކުޅުންތެރިޔާއަށް އެފަދަ ސަސްޕެންޝަނެއް ފުޓުބޯޅަ އިދާރާއިން ގެނެސްފާނެތޯ ސުވާލު އުފެދޭ އިރު، ސަސްޕެންޝަން އައިސްފި ނަމަ، މެސީއަށް އަންނަ އަހަރުގެ ކޮޕާ އެމެރިކާ އަދި ގަތަރު ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ގެއްލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އ. ޖ. އ

    ކޮންމެބޮލް އަށް ފީފާގެ މުބާރާތްތަކުން މެސީ ސަސްޕެންޑް ނުކުރެވޭނެ

    10
    12
    • ހަޖަމް

      މުޅި އުމުރަށް ކޮށްލާ. ދުވަހަކުވެސް ރޮނާލްޑޯ ވަރެއް ނުވާނެ. އަދި ބްރެޒިލް އާއި އެއްފެންވަރަކަށް ނުވެސް އާދެވޭނެ. ބޮޑު ފެއިލިއާ މެސީ

      8
      12
  2. އަލީ އާދަމް

    ކޮންމެ ގޮތެއް ވިޔަސް ޙަޤީޤަތެއް ދޮގަކަށް ނުވާނެއެވެ. ބްރެޒިލް މެޗުގައި އާޖެންޓީނާއަށް ދޭންޖެހޭ 2 ޕެނަލްޓީ ނުދިން. އަދި މި 2 ޕެނަލްޓީ ރިވިއު ކުރަން އެދުމުންވެސް ރެފްރީ ބުނީ ނޫނެކޭ. އަދި މީގެ އިތުރުން މެސީއަށް ޗިލީ މެޗުގައި ދެއްކީ ކަނޑައެޅިގެން ނުބައި ރަތްކާޑެއް. ދެން ކޮން އިތުރު ވާހަކައެއްތޯ ދައްކާނީ؟

    20
    10
    • ކީކޭ

      ހަޖަމްކުރޭ.

      6
      5
  3. ލާމު

    ފީފާ އަކީ ކޮރަޕްޝަނުގެ ބޮޑުހާލި.

    16
    3
  4. އ. ޖ. އ

    މެސީއަށް 15 އަހަރު ތެރޭ 2 ރަތް ކާޑު ދެއްކީމަ ރެފްރީ ގޯސްވީ... ކޮންމެބޮލް ކޮރަޕްޓް ވީ.. ފީފާ ކާފަރު ވީ.. ބޯޅައަކީ ހަތަރެސްކަން އެއްޗަކަށް ވީ

    10
    9
  5. އަލީ އާދަމް

    މެސީ އަށް ރަތްކާޑު ދެއްކުމެއް ނޫން މައްސަލައަކީ. މައްސަލައަކީ މެސީއަށް ދެއްކީ ގޯސް ރަތްކާޑެއް. އަދި އެންމެ ފުރަތަމަ ހަންގޭރީއާދެކޮޅަށްވެސް ދެއްކީ ގޯސް ރަތްކާޑެއް. އަދި ސެމީފައިނަލް މެޗުގައި ވަރަށް ބޭއިންސާފުން ކަންތައް ކޮށްފައިވަނީ. މިއީ މައްސަލަޔަކީ.

  6. ހެލޯ މެސީ

    ދެން ވޯލްޑްކަޕްގައި އަދި ވޯލްޑް ނޭޝަންސް ލީގުގައި ރަގަޅު ނަތީޖާ ނުނެރެވުނީ ކީއްވެގެންނޯ؟