އިޓަލީގެ މަޝްހޫރު ސްޓްރައިކަރ މާރިއޯ ބަލޮޓެލީ ބުނުމުން ސައިކަލާއި އެކު މީހަކު މޫދަށް ވެއްޓިގަތް މައްސަލަ އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

މިފިޔަ ހޮނިހިރު ދުވަހު އިޓަލީގެ ނޭޕްލްސްގައި ހުރި ބާ އަކަށް ގޮސް އެތަނުގެ ވެރި މީހާ އާއެކު ސަމާސާ ކުރަމުން ބަލޮޓެލީ ވަނީ އޭނާގެ ވެސްޕާ ސައިކަލާއި އެކު މޫދަށް ވެއްޓިގެންފި ނަމަ 2000 ޔޫރޯ (34،693 ރުފިޔާ) ދޭނެ ކަމަށް ބުނެފައެވެ. އެ ސައިކަލުގެ އަގަކީ އެންމެ 600 ޔޫރޯ ކަމުގައި ވާއިރު މިކަން އެތަނުގެ ވެރި މީހާ އަށް ހުށެހެޅުމުން އެ މީހާ ވަނީ ފަސް ޖެހުމެއް ނެތި އެކަން ވަގުތުން ކޮށްފައެވެ.

"ކްރިމިނަލް ސޮލިސްޓިކޭޝަން އެންޑް ގޭމްބްލިންގް"ގެ މައްސަލަ އެއްގެ ގޮތުގައި މިކަން ބަލަން ފަށާފައި ވާއިރު އެ ބާގެ ވެރި މީހާ އާއި އިތުރު 2 މީހަކު މޫދަށް އަޅަން ނުޖެހޭ ފަދަ ކުނި އެޅުމުގެ މައްސަލައެއްވެސް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.

އިޓަލީގެ ގާނޫނު ބުނާ ގޮތުން ޖުވާ ކުޅުމަކީ ގާނޫނީ ކުށެކެވެ. ފްރާންސްގެ މާސޭ އަށް މިދިޔަ ސީޒަނުގައި ކުޅުމަށް ފަހު މިވަގުތު ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި ބަލެޓޮލީ ސިރި އޭގެ ކްލަބަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލިން

    އިޓަލީ އަކީ ނަސާރާއިން އުޅޭ ޤައުމެއް އެކަމަކު އެތަނުގެ ޤާނޫނުގަ ޖުވާއަކީ ކުށެއް.. ރާއްޖޭގަ މަޖިލީހުގަ ތިބި ރިސޯޓު އޯނަރުން ޖުވާ ހުއްދަ ނުކުރެވިގެން މަރަށް ތެޅެނީ..

    14