އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެންމެ ފަހުން ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ އަށް ސޮއި ކޮށްފިއެވެ.

ދިގު އިންތިޒާރަކަށް ފަހު 120 މިލިއަން ޔޫރޯ ރިލީސް ކްލޯސް އެތްލެޓިކޯ އަށް ދެއްކުމަށް ފަހު ގްރީޒްމަން ބާސާ އަށް ދިޔަ ނަމަވެސް، އެތްލެޓިކޯ އިން ބުނެފައި ވަނީ ބާސާ އިން ދައްކަން ޖެހޭނީ 120 މިލިއަން ނޫން ކަމަށާއި، ގްރީޒްމަން އާއި ބާސާ އާއި ދެމެދު އެއްބަސް ވުމަކަށް އާދެވުނީ ޖުލައި މަހުގެ ކުރިން ކަމުން، އޭރު ގްރީޒްމަންގެ ރިލީސް ކްލޯސް އުޅޭނީ 200 މިލިއަން ޔޫރޯގައި ކަމަށެވެ.

ބާކީ ނުލިބި އޮތް 80 މިލިއަން ހޯދުމަށް ބާސާ ގޮވައިގެން ކޯޓަށް ދާނޭ ކަން އެތްލެޓިކޯ އިން އިއުލާން ކޮށްފައި ވާއިރު، ޓްރާންސްފާ މާކެޓު ފެށުމުގެ ކުރިން މި ދެފަރާތުން މަޝްވަރާތައް ފެށުމުން އެތްލެޓިކޯ އިން ވަނީ އެކަން ކުށްވެރިކޮށް، ދެފަރާތަށް ވަރަށް ބޮޑަށް ފާޑު ކިޔަފައިކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕު ފްރާންސް އާއި އެކު ކާމިޔާބު ކުރި އުމުރުން 28 އަހަރުގެ ގްރީޒްމަން ބާސާ އަށް ބަދަލުވީ 5 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަދި އެ ކްލަބުން އޭނާގެ ރިލީސް ކްލޯސް ވަނީ 800 މިލިއަން ޔޫރޯ އަށް މަތިކޮށްފައެވެ.

މެސީ އާއި ސުއަރޭޒް ހިމެނޭ ފޯވާޑް ލައިނާއި ގްރީޒްމަން ގުޅުމުން، އެ ކުލަބުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅު ވާނޭ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަހުދާ

    ރިޔާލު ނުހުއްޓު ވޭނެ....ގުރިސްމަން އަށް ވުރެ ބ.ހިތާދޫ ގަ ކުލޭ މުސްތޯ ވެސް އަދި ކެލާގަ އުލޭ ޝަފީއުވެސް މާ ރަނގަލު ވާނެ!

    5
    17
    • މުސްތޯ

      ގުރިސްމަން މޮލު މަގޭ މާ މޮލު.

      1
      4
    • ޝަފީޔު

      މަ ނުބުނާނަން ގުރީސުމެން މީ މާ މޮލު މީހެކޭ......200 މިލިޔަން ރުފިޔާ އަށް މަ ގެންދަން ވީއެއް ނުން ބެންޗު ހޫނު ކުރަން މަށައް ވެސް އެގޭނެ!

      1
      4
    • ހާމިދު

      ތިޔަ ބުނާ 2 މީހުން ނުވާނެ އެކައްޗަކަށްވެސް މަގޭކައިރީ!!

      2
      3