ރޮނާލްޑޯ އަދި މެސީ ރަގަނޅު ފޯމެއްގައި ތިއްބާ ދުނިޔޭގެ މޮޅު ،ކުޅުންތެރިޔާއަށް ނޭމާއަށް ނުވެވޭނެ ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސް ބުނެފިއެވެ.

ބްރެޒިލްގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ކާލޯސް ބުނީ ނޭމާ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީ އާއި ގުޅުމަކީ ރަގަނޅު ނިންމުމެއް ކަމަށެވެ. އެއީ މެސީ އާއި އެއްޓީމަކަށް ކުޅެގެން އޭނާއަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެތީ ކަމަށް އޭނާ ބުންޏެވެ.

އަދި މެސީ އާއި ރޮނާލްޑޯ އަކީ ތަފާތު މޮޅު ދެކުޅުންތެރިން ކަމަށާއި އެ ދެކުޅުންތެރިން ރަނގަޅު ފޯމެއްގައި ތިބިހާ ދުވަހަކު ނޭމާއަށް ލިބޭނީ ތިން ވަނަ މަގާމު ކަމުގައެވެ.

"ނޭމާގެ ނިންމުން ވަރަށް ރަނގަޅު. އެއީ މެސީ އާއި އެއްޓީމަކަށް ކުޅެގެން ނޭމާއަށް ކުރިއެރުން ނުލިބޭނެތީ. އަދި މެސީ އާއި ރޮނާލްޑޯ ރަނގަޅު ފޯމެއްގައި ތިއްބައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ވެވުމަކީ ނުވާނެ ކަމެއް." ކާލޯސް ބުންޏެވެ.

ނޭމާއަކީ ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި މެސީ އާއި ރޮނާލްޑޯ ނަގާފައި ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ނޭމާ ކަމުގައިވެސް ކާލޯސް ވަނީ ބުނެފައެވެ.

ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ނޭމާއަށް ގިނަ މެޗުތަކެއް ގެއްލިފައިވާއިރު ނޭމާއަށް ވަނީ އެންމެ ފަހުން ބްރެޒިލް ކުޅުނު އެކުވެރިކަމުގެ ދެ މެޗުވެސް ގެއްލިފައެވެ.