މޮރިޝަސްގައި މިހާރު ކުރިއަށް ދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗު ރީޔޫނިއަން އައިލޭންޑްސް އަތުން ބަލި ވެއްޖެއެވެ.

މޮރިޝަސްގެ ސްޓޭޑް އޮގަސްޓޭ ވޮލައާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ރީޔޫނިއަން އިން ކާމިޔާބު ކޮށްފައި ވަނީ 4-0ގެ ނަތީޖާ އަކުންނެވެ.

ރީޔޫނިއަން އަތުން ރާއްޖެ ބަލި ވެފައި ވާއިރު، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެ ޓީމަކީ މި މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމުކަމެވެ. އެގޮތުން އެ ގައުމުން ވަނީ މި މުބާރާތް 8 ފަހަރެއްގެ މަތިން ކާމިޔާބު ކޮށް، ރަން މެޑަލް ހޯދާފައިކަން ފާހަގަކޮށްލެވެއެވެ.

މިއަދު ކުޅުނު މެޗްގެ ތެރެއިން - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ /ނިޝާން އަލީ

ރީޔޫނިއަން އައިލޭންޑްސް އަކީ ފީފާގައި ރަޖިސްޓްރީ ވެފައި ނުވާ ގައުމެއް ނަމަވެސް، އެ ގައުމުގައިވެސް ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ލީގެއް ކުރިއަށް ދެއެވެ. ހާއްސަކޮށް، އެ ގައުމުގެ ލީގުން ވިދާލާ ކުޅުންތެރިން ވަރަށް ގިނަ ފަހަރަށް ފްރާންސްގެ ފުރަތަމަ ޑިވިޝަން ކަމުގައިވާ ލީގް ވަންގެ ޓީމު ތަކަށް ދާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖެ އިން ފުޓްބޯލް އިވެންޓުގައި 5 ދުވަސް ތެރޭ 3 މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު، މުބާރާތައް ދިޔަ އިރުގައިވެސް ދިމާވެފައިވާ އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ރާއްޖޭގެ ލީގު ފެށިތާ މާ ގިނަ ދުވަހެއް ނުވުމެވެ. ރާއްޖޭގެ ކުޅުންތެރިން ބޮޑު ޗުއްޓީ އަކަށް ފަހު މުބާރާތާއި ކުރިމަތިލާފައި ވާއިރު، ގައުމީ ޓީމުގެ ކޯޗުވެސް ވަނީ ކުޅުންތެރިންގެ ފިޓްނަސް ލެވެލް އާއި މެދު ސުވާލު އުފައްދައިފައެވެ.

މިއަދު ކުޅުނު މެޗްގެ ތެރެއިން - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ /ނިޝާން އަލީ

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ރީޔޫނިއަން އިން ވަނީ ދެ ގޯލު ޖަހާފައި ވާއިރު، އެ ޓީމުގެ ކުޅުންތެރިންނަށް ލިބިފައިވާ ދިގު އިސްކޮޅުގެ ބޭނުން ހިފާފައި ވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ފުރަތަމަ ދެ ގޯލުވެސް ކާމިޔާބު ކޮށްފައި ވަނީ އަރިމަތިން ނެގި ހުރަހަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މި ދެ ގޯލު ޖަހާފައި ވަނީ އެ ޓީމުގެ ފޮންޓެއިން އާއި ވަރްދަޕިން އަންޖޭއެވެ.

ފަހު ހާފުގައިވެސް ކުޅެން ނުކުމެ، ރީޔޫނިއަން އިން ވަރުގަދަ ކޮށް ކުޅުނު އިރު، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހި ފޮންޓެއިން ވަނީ ދެވަނަ ގޯލެއްވެސް ކާމިޔާބު ކޮށްފައެވެ. އެ ޓީމުގެ ފަހު ލަނޑު ޖަހާފައި ވަނީ ސާޕެޑޮން އެވެ.

ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ތަކަކާއި އެކު ރާއްޖޭގެ ޓީމު މޮރިޝަސްގައި ކުޅެމުން އަންނަ އިރު، ދެން ރާއްޖޭގެ މެޗެއް އޮންނާނީ 20ވަނަ ދުވަހު ކޮމޮރޯސް އާއި ދެކޮޅަށެވެ. އެއަށް ފަހު 22ވަނަ ދުވަހު މަޔޮޓޭ އާއި ދެކޮޅަށް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ޓީމުން ނެރުނު ފުރަތަމަ 11

މުހައްމަދު ފައިސަލް (ގޯލްކީޕަރު)
މުހައްމަދު ސާއިފް
އަހްމަދު ނޫމާން (ހެލްމެޓް)
ހުސައިން ޝިފާން ޔޫސުފް
ހުސައިން އިބްރާހީމް މަހުދީ
މުހައްމަދު ސަމްދޫހު
އަލީ ފާސިރު (ސެންޓޭ)
ހަސަން ނާއިޒް (ދާދު)
އަހުމަދު ރިޒުވާން (ރިޒޭ)
ހަސަން އިބްރާހިމް ވަހީދު (އިއްބެ)
ހުސައިން ނިހާން (ނިހާޓް)

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޖޭއާރު

  ކޮއްކޮމެން ދުނިޔޭގެ ރެކޯޑަކާއި އަރާ ހަމަ ނުވަނީސް ބޮޑުލަދެއްގެ ނުބެދެ އަވަހަށް މާލެ އާދޭ. ތިކަމަކުން ރާއްޖެއަށް ކުރިލިބޭނީ ކުޅުންތެރިން ޑިސްޕްލިން ވެގެން. ކަޅު ކޮފީ އާއި ސިނގިރޭޓުން ދުރުވެ ކުޅުންތެރިން އިސްލާމީ ޑިސްޕްލިން ވީމަ. ލޭމައްޗައް ދިއުން މައިތިރި ވެގެން. ސޮރީ

  18
  4
 2. ޙާޖީ

  ޢަވަހައް މަހައްފޮނުވާ

  8
  2
 3. ގޮގް މެގޮގް

  ޗޮކުން ދޯ ދިޔައީ.ހިތްވަރުކޮށްލާތި.

  10
 4. ފަޒުނާ

  އިބޫވަނީ ކުޅިވަރހ ސިޔާސީ ކޮއްލާފަ ދެން 15 މެޑެއްޔެއްނޫން 15000 މެޑަލް ހިފައިގެން އާދޭ.

  9
  2
 5. ހެހެހެކެކެ

  ވާނީވެސް މިހެން. ޥަގު ސަރުކާރެއްގަ

  9
  4
 6. ގައުމީ ދަރިން

  ޖޭއާރު ގެ ވާހަކަ އަށް ތާއީދު. ކުޅުން ތެރިން ސިނގިރެޓާ ކަޅު ކޮފީ އިން ދުރުވެ ހެލްތީ ކާނާއާއި ރަނގަޅު ފިޓްނަސް ބޭނުންވޭ. އެހެން ނޫނީ މިއަށް ވުރެ ވެސް ލަދުވެތި ވާން ޖެހޭނެ. ކުރި އަރަން ބޭނުން ނަމަ ރަނގަޅު ޑިސިޕްލިން އެއް ހިފަހައްޓާ. އޭރުން ރަނގަޅު މުސްތަޤްބަލެއް އޮތީ

  16
  1
 7. Anonymous

  އެމްޑީޕީގެ ސުންޕާ ވެރިކަން އޮށްވާ މޮޅު ނުވާނެ