ދެކުނު އޭޝިއާ ސަރަހައްދުގެ 12 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުން ރާއްޖޭގެ އެތްލީޓް މުޙައްމަދު މޫސާ ރަން މެޑަލް ހޯދައިފިއެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ މުބާރާތުން މުހައްމަދު މޫސަ ރަން މެޑަލް ހޯދީ 55 ކިލޯ ކެޓަގަރީންނެވެ. ބޮޑީ ބިލްޑިންގައި ސަރަހައްދުގެ ގަދަ ބާރުންގެ ގޮތުގައި ފާހަގަކޮށްލެވޭ އިންޑިއާއާއި އަފްގާނިސްތާންވެސް 55 ކިލޯ ކެޓަގަރީގެ ފައިނަލްގައި ވާދަކުރި އިރު، މޫސަ ރަން މެޑަލް ހޯދީ އަށް ގައުމެއްގެ އެތުލީޓުންނާ ވާދަކޮށްގެންނެވެ.

މުބާރާތުގައި ރާއްޖޭގެ ހަތް އެތިލީޓުން ވާދަކުރާ އިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ އަފްޣާނިސްތާން، ބޫޓާން، ބަންގަލްދޭޝް، އިންޑިޔާ، ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ސްރީލަންކާއެވެ.

ފޮޓޯ/ ހާފް ކޯޓު މޯލްޑިވްސް

ދެކުނު އޭޝިއާ ބޮޑީ ބިލްޑިން ފެޑަރޭޝަންގެ އާންމު ޖަލްސާވެސް މިއަދު ކަތަމަންޑޫގައި ކުރިއަށް ގެންގޮސްފައިވާ އިރު، ރާއްޖޭގެ ބޮޑީ ބިލްޑިން ފެޑަރޭޝަންގެ ރައީސް އިބްރާހީމް ހަމީދު ވަނީ، ހަތަރު އަހަރުގެ ދައުރަކަށް ސަރަހައްދީ ފެޑަރޭޝަންގެ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައެވެ. އޭގެ އިތުރުން ރާއްޖޭގެ ބޮޑީ ބިލްޑިން ފެޑަރޭޝަންގެ އެކްސްކޯ މެމްބަރު އަލީ ރިފާއު ވަނީ ސަރަހައްދީ ފެޑަރޭޝަންގެ އެކްސްކޯއަށްވެސް އިންތިހާބުވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޝީދު

    ފަހުރުވެރިކަމެއް ކޮށްލީމަވެސް ފަތިވަރުހޯދައިގެން މިވެނިއެވެނި ގެއްއެއްގެ މީހެކޭ ޕޮލިހުގައި އުޅޭމީހެކޭ ވެސް ޖަހާލާނަމަ، ހަމަ އެކަނި އަންހެނެއް ކައިރިޔަށް ވަދެގެން ހަބަރުލިޔާއިރު އެކަނިތަ ފުލުހަކު އަންހެނެއް ކައިރީ އޮއްވާ ނެރުނު ވާހަކަ ލިޔަން ޖެހޭނީ؟

    16
    2
  2. Anonymous

    މަރުޙަބާ، މުހައްމަދުމޫސާ

    21
    1
  3. މާތާޖީ

    ސާބަހޭ މައިކް.

    8
    1
  4. ޢަޅިބޮޑި

    އަބުރު ކަތިލަން މިމީހުންނަށް ވުރެ މޮޅު ބަޔަކު ނުތިބޭނެ