(ހިތަދޫ، އައްޑޫ) ޔޫއެފާ އެސިސްޓް މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާން ކައިިރިން ބަލިވެ، ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމަށް މާޔޫސްކަމާ ކުރިމަތިވެއްޖެއެވެ.

އައްޑޫ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

ޔޫއެފާގެ އެހީތެރިކަމާއެކު އެފްއޭއެމްއިން އިންތިޒާމް ކޮށްގެން މިއަދު ފެށި ޔޫއެފާ އެސިސްޓް އަންޑާ 15 މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ، މިއުމުރުފުރާގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ. އެފްއޭއެމްއިން ވިދާޅުވެފައި ވަނީ މި މުބާރާތަކީ ރާއްޖޭގެ ފުޓުބޯޅައިގައި ޒުވާން ޖީލެއް ބިނާ ކުރުމަށް އެޅިގެންދާނެ ހަރުދަނާ ބިންގަލެއް ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ބޫޓާންގެ އިތުރުން ރާއްޖެއާއެކު ދެން ވާދަކުރާނީ އޭޝިއާގެ ފުޓުބޯޅައިގައި އެންމެ މަތީ ފަންތީގެ ގައުމެއް ކަމަށްވާ ސައުދީ އަރަބިއާއާއި ޔޫރަޕްގެ ގައުމެއް ކަމަށްވާ ލެޓްވިއާއެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެއާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އައްޑޫ ސިޓީގައި މުބާރާތް ބޭއްވިގެންދާ އިރު، މިފަދަ ބައިނަލްއަގުވާމީ މުބާރާތެއް މާލެއިން ބޭރުގައި ބޭއްވުމަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. މުބާރާތަށް އައްޑޫ ސިޓީ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ އިރު، ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ސްޓޭޑިއަމްއަށް ގިނަ ބަޔަކު ވަންކަން ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް އެތައް ކުދިންނެއް ގައުމީ ޖާޒީގައި، ގައުމީ ކުލައިގައި ރާއްޖޭގެ ޓީމަށް ހިތްވަރު ދިނުމަށް ދަނޑަށް ވަދެފައިވާކަން ފާހަގަކޮށްލެވުނެވެ.

މުބާރާތް ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. މުބާރާތުގެ ޝީލްޑް ތައާރަފް ކޮށްދެއްވީ އައްޑޫގެ ފުޓުބޯޅަ ލެޖެންޑެއް ކަމަށްވާ، މުފީދު (އުދުހޭ މުފީދު)އެވެ. ޑީއެންސީން ރާއްޖޭގެ ފުޓުބޯޅައިގައި ރަސްކަން ކުރި ޒަމާނުގައި އައްޑޫގައި ފާހަގަކޮށްލެވުނު ތަރިންގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް 2008 ވަނަ އަހަރު ރާއްޖެއިން ހޯދި އިރު، އެޓީމުގައި ވިދާލި އަހުމަދު ސައީދު (އަންމަޓީ)އާއި ގައުމީ ޓީމުގެ ލެޖެންޑް ޝަމްވީލް ގާސިމް (ބޮންޑާ)ވެސް މެޗު ބެލުމަށް ވަދެ ތިބިކަން ފާހަގަ ކޮށްލެވުނެވެ.

ބޫޓާނަކީ ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެއަށްވުރެ ދަށުގައި އޮތް ޓީމެއް ނަމަވެސް، ފަހަކަށް އައިސް އެޓީމުން އަންނަނީ ފުޓުބޯޅަ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެގައުމުގެ 15 އަހަރުން ދަށުގެ ޓީމުގެ ކުޅުން ފެނުނީ ހީކުރި ވަރަށްވުރެ ރަނގަޅަށެވެ.

ރާއްޖޭގެ ކޯޗު އަހުމަދު ހަލީމް (ޖަޑާ) މެޗުގެ ކުރިން ބުނެފައި ވަނީ މި މެޗުން މޮޅުވެވޭނެ ކަމަށާއި، އުންމީދަކީ މޮޅެއް ހޯދުން ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް މެޗުގެ ފުރަތަމަ ހާފް ވެގެންދިޔައީ އުނދަގޫ ހާފެއްގެ ގޮތުގައެވެ.

ބޫޓާނުން ވަރުގަދަކޮށް، މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު، ފުރަތަމަ 10 މިނެޓް ތެރޭގައި އެޓީމުން ލީޑުވެސް ނެގިއެވެ. ބޫޓާންގެ ފޯވަޑް ޖޫމޭ ނަމީލް ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ގޯލްކީޕަރު ބޯމަތިން އޮއްސިގެންނެވެ.

ރާއްޖެއިން ގިނަ ހަމަލާތަކެއް ފުރަތަމަ ހާފްގައި ފެނިފައިނުވާ އިރު، މެދުތެރެއިން ގިނަ ޕާސްތަކެއް ގެއްލި، ކުޅުންތެރިންތެރިން ވަރުބަލިވެފައި ތިބިތަން ފެނިގެން ދިޔައެވެ. ރާއްޖޭގެ ކެޕްޓަން މުހައްމަދު ޚަނާން އާދަމް މެދުތެރެއިން ރަނގަޅަށް ކުޅުނު އިރު، އޭނާގެ މަސައްކަތުންވެސް ނަތީޖާ ނެރެވޭ ގޮތެއް ނުވިއެވެ.

ބޫޓާންއިން ސެޓް ޕްލޭ ތަކުގައި ނުރައްކާ ކުރަމުންދިޔަ އިރު، އެޓީމުން ދެވަނަ ގޯލްވެސް ޖެހީ ހިލޭ ޖެހުމަކުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ރާއްޖޭގެ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުން ބިކާޝް ޕްރަދާން ފޮނުވާލީ ސީދާ ގޯލަށެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެއާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ހާފްގެ ފަހުކޮޅުގައި ރާއްޖޭގެ ޓީމުން ވަރަށް ބޮޑަށް ވަރުބަލިކޮށް ފެނުނު އިރު، ހަމަލާއެއް އުފެއްދުމަށް ކުރި މަސައްކަތްތައްވީ ނާކާމިޔާބެވެ. އައްޑޫ ހިތަދޫ ސްޓޭޑިއަމް ފުރާލާފައި ސަޕޯޓަރުން އޮތް އިރު، އުންމީދު ކުރަމުންދިޔައީ ދިވެހި ޓީމުގެ ގޯލަކަށެވެ.

ދެވަނަ ހާފް ރާއްޖެއިން ފެށީ ފުރަތަމަ ހާފަށްވުރެ ކުޅުން ރަނގަޅުކޮށްގެންނެވެ. ކުރިއަށް ޖެހި އެޓޭކްތައް އުފެއްދުމަށް މަސައްކަތް ކުރި އިރު، ހާފްގެ ކުރީކޮޅުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް، ގިނަ ޕާސްތައް ޖަހައިގެންވެސް ކުޅުނީ ރާއްޖެއިންނެވެ.

ހާފްގެ ކުރީކޮޅުގައި ކެޕްޓަން ޚަނާންއާއި ހަސަން އަޒުމޫން އަދި އަދުހަމްގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. ބޫޓާންގެ ގޯލްކީޕަރު ދެ ހަމަލާއެއް މަތަކުރި އިރު، އައިހަމްގެ ހަމަލާ ދިޔައީ މަތިން ބޭރަށެވެ. ދެވަނަ ހާފްގައި ރާއްޖޭގެ ޑިފެންސްވެސް ކުރީ ހާފަށްވުރެ ވަރުގަދަކޮށް ފެނުނު އިރު، ހާފްގެ ފަހުކޮޅުގައި އަނެއްކާވެސް ބޫޓާނުން ނުރައްކާ ކޮށްފައިވެއެވެ.

ރާއްޖޭ ޓީމު ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުތަން ފެނުނު އިރު، އެޓޭކްތަކުގައި އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުޖެހެވޭކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއިން މެޗުގައި ހިތްވަރު އާކުރީ ފަހު ހާފްގެ 24 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލާއެކު މުޅި ސްޓޭޑިއަމް ކައްކުވާލާއިގެންނެވެ. މެދުތެރެއިން އުފެއްދި ރީތި އެޓޭކެއްގައި ރާއްޖެއަށް ލީޑު ނަގައިދިނީ މެޗުގައި މޮޅަށް ކުޅުނު ކެޕްޓަން ޚަނާންއެވެ. ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ޚަނާން ބޯޅަ ފޮނުވާލީ ވަރަށް ބަލާލާފައި ގޯލްގެ ކަނަށެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެއާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އެގޯލަށްފަހުވެސް ރާއްޖެއިން ރަނގަޅު ޕާސްތަކާއެކު ކުރިން ކުޅުނު އިރު، ވަރަށް އުންމީދާއެކު ކުޅެމުންދިޔަ ޝައިމަން އަބްދުލް ޝަކޫރުގެ ހަމަލާއެއް ފާހަގަކޮށްލެވުނެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ އެއްވަރު ކުރަން ރާއްޖެއިން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ. މެޗުގެ ފަހު މިނެޓްގައި ބޫޓާންގެ ކެލްޒާން ޖިގްމޭ ހާފް މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މުބާރާތުގައި މާދަމާ އޮންނަ މެޗުގައި ވާދަކުރާނީ ސައުދީ އަރަބިޔާއާއި ލެޓްވިއާއެވެ. މިމަހުގެ 23 ވަނަ ދުވަހު ރާއްޖެއިން ދެން ކުޅޭނީ ސައުދީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މުހައްމަދު

  ވަރަށް ދެރަވެއްޖެ.

  10
  1
 2. އަޅުގަނޑު

  ވ ދެރަ.. ބޫޓަން ރާއްޖެ އަށް ވުރެ ކުރިއަށް ޖެހިލީ.. މުސްތަގުބަލުގައި ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތު ތިޔަ ސިފަވަނީ

  13
 3. ދޭޑޯންޓް

  މީ ސަރުކާރުން ކުޅިވަރު ތެރެއަށް ނުވަންނަން ޖެހޭނެ ގޮތަކީ ޕްރައިވެޓް ކުންފުނި ތަކަށް ރާއްޖޭގެ ހުރިހާ ކުޅި ވަރުތައް ކުޅެން ދޫކޮށްލަންވީ ވިޔަފާރި އުސޫލުން ވިޔަފާރި އުސޫލުން މާލެ ސަރަހައްދުގައި ހުރި އަމިއްލަ ކުންފުނި ތަކަށް ދޫކޮށްލަންވީއޭ ހުރިހާ ކުޅިވަރު ކުޅޭ ބިންތައް ވެސް އެއިރަށް ރަންމެޑަލް ގެންނާނަން ފެލާލާފައި ވެސް އެއީ ޔަގީން ކަމެކޭ ސަރުކާރުން މީގެތެރެއަށް ބޭނުން ނުވާނެއޭ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް...

  3
  1
 4. މާނު

  ވަަރައްކަޑަ ރާއްޖޭގެ ކުޅުން

 5. ޑީޑީ

  ފުތުބޯޅަ ކުރި އަރުވާނީ ކިހިނެއް މިހާރުވެސް ބާރަ އަހަރުން ދަށުގެ މުބާރާތް ބޭއްވުން އެޑިއުކޭޝަނުން މަނާ ކޮއްފި. ކަމެއް ކުރެވޭވަރެއް ނޫނޭ.

 6. ދޭޑޯންޓް

  ރާއްޖޭގެ ރައްޔިތުން ވޯޓް ދީގެން ހޮވާފައި ހުރި ފޮރިންގް މިނިސްޓަރެއް ވެސް ނުހުންނާނެއޭ އަދި ޔޫތު މިނިސްޓަރެއް ވެސް ނުހުންނާނެއޭ ރައްޔިތުންގެ ވޯޓް އިން ރައީސް އާއި އެކު ނަން ޖަހައިގެން ހޮވިފައި ހުންނަ މީހެކޭ ނައިބް ރައީސް އަކީ އޭނާ އިހަށް ދުވަހު އޭނާގެ ރަށްކަމަށްވާ ފުވައްމުލަކަށް ގޮސް އެރަށު މީހުން ގާތު ބުނީ ރައީސް އިބޫ ކަންކަން ކުރާނީ ރައްޔިތުންގެ މަޝްވަރާ އާއި ލަފައާއި އެކުއޭ މަސްވެރިން ގާތުއެކަނި ނޫން ލަފާ ހޯދަން ޖެހޭނީ ޓެކްސްޕޭޔަރ މަނީ ވޭސްޓް ނުކުރެވޭނެއޭ ރައީސް އިބޫ އަމިއްލަ އަށް އޭނާގެ އުފަލަށް ޓަކަސް...

 7. އޮޅާލާ

  އައިއޯއައިޖީ މުބާރާތް ރާއްޖޭގަައި ބާއްވައިގެން ނުވާނެއޭ ސްޕޯރޓްސް މިނިސްޓަރަކަށް ހުންނަ ތަޖްރިބާ އެއް ނެތް މީހަކު އަދި ބޭނުންވި ނަމަވެސް އެކަމަކީ އެއީ އިކޮނޮމިކަލީ ފީސްބްލް އަދި ފައިނޭންޝަލީ ފީސްބްލް ވާން ޖެހޭނެ ކަމެކޭ މިހާރުވެސް ތިޔާ މުބާރާތް ރާއްޖޭގައި ބޭއްވުމާއި ގުޅޭ ގޮތުން އެޕްރެއިސަލް ރިޕޯރޓެއް ތައްޔާރުކޮށްފިނަމަ އޭގެ އީއައިއާރުއާރު އަދި އެފްއައިއާރުއާރު ދަށްވާނެއޭ %1 އަށް ވުރެން ދެން ތިޔާ ކިއެއްކުރަން ކުރާ ކަމެއްތޭ ތިޔާ...

 8. ކިއެއްކުރަންތޭ

  ރާއްޖޭގެ ރަސްމީ ކޮށް އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ބިޑް ހުށައެޅިއިރު އެކަމަށް ދާނެ ޚަރަދާއި ގުޅޭ ގޮތުން އެއްވެސް ދިރާސާ އެއްކޮށް އަދި އެކަމާއި ގުޅޭ ގޮތުން އެޕްރެއިސަލް ރިޕޯރޓެއް ވެސް ތައްޔާރު ކޮށްފައި ނެތޭ ސްޕޯރޓްސް މިނިސްޓަރު ގާތުން އެޕްރެއިސަލް ރިޕޯރޓެކޭ އަހައިފިނަމަ އެމެން ބުނާނީ ތިޔާއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއްތޭ މީއޭ ކަން ހިނގާނެ ގޮތަކީ ފުރަތަމަ ކަމަކީ މިހާރުން މިހާރަށް ތިޔާ މުބާރާތް ރާއްޖޭގައި ބާއްވާނަމަ 500 މިިލިއަން ޑޮލަރު ޚަރަދުވާނެއޭ ތިޔާ ކަމަށް އެއީ މާލެ އާއި ތިލަފުށި އަދި ގުޅިފަޅު އަދި ވިލިގިލި ބްރިޖް އަޅާ ގުޅުވާލާ ތިލަފުށި އެއްކޮށް ހިއްކާލެވޭނެ ފައިސާއޭ ދެން ކިއެއްކުރަން ކުރާ ކަމެއްތޭ ތިޔާ އައިއޯއައިޖީ މުބާރާތް ރާއްޖޭގައި ބާއްވަނީ ބޭކާރު ޚަރަދު ތަކެއް ކޮށްގެން...

 9. DHONA

  ތިވަރުންދާނީ އަބަދުވެސް.....