ބ. އަތޮޅު އޭދަފުށީގައި ކުރިއަށް ދިޔަ ބ. ފުޓްބޯލް ޗެލެންޖް 2019ގެ ޗެމްޕިއަން ކަން ފަސޭހަ ކަމާއި އެކު އޭދަފުށިން ހޯދައިފިއެވެ.

މިއަދު ހަވީރު ބ.ގޮއިދޫ އާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު އޭދަފުށިން ކާމިޔާބު ކޮށްފައި ވަނީ ފަސޭހަ ކަމާއި އެކު 6-1ގެ ނަތީޖާ އަކުންނެވެ. މެޗު ފަށައިގެން 2ވަނަ މިނެޓުގައި ގޮއިދޫގެ ޝަމްއޫން ޖަމީލް އެ ޓީމަށް ލީޑް ނަގައިދިން ނަމަވެސް، 3ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާ، އަލީ ނަސީމް (7) ވަނީ އޭދަފުއްޓަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ 4 މިނެޓު ފަހުން އެ ޓީމުގެ މުހައްމަދު ފާސިރު (12) ވަނީ އެ ޓީމަށް މެޗުގެ ލީޑް ފުރަތަމަ ފަހަރަށް ނަގައިދީފައެވެ.

އޭދަފުއްޓާއި ގޮއިދޫ ކުޅުނު މެޗުގެ ތެރެއިން/ ވަގުތު އިމޭޖަސް : އަމީން ފަހުމީ

ދަނޑުގެ ދެ އަރިމަތި ބޮޑަށް ބޭނުން ކޮށްގެން ކުޅެމުން ދިޔަ އޭދަފުށީ ޓީމުގެ 3ވަނަ ލަނޑު 20ވަނަ މިނެޓުގައި ކާމިޔާބު ވެފައި ވަނީ އަހްމަދު ޝިޔާން (26) ނަގައިދިން ހުރަހެއް ގޮއިދޫ ކުޅުންތެރި އެއް ފައިގައި ޖެހިފައި ބައިކޮޅަށެވެ. ފުރަތަމަ ހާފް 3-1ގެ ނަތީޖާ އަކުން ނިމުނު އިރު، ލަނޑު ޖަހާނޭ އެތައް ހުސް ފުރުސަތު ތަކެއް އޭދަފުއްޓަށް ލިބިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުގައިވެސް މޮޅަށް ކުޅެފައި ވަނީ އޭދަފުށިން ކަމުގައި ވާއިރު، އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ފުރަތަމަ ހާފުގައިވެސް ގޯލު ޖެހި އަލީ ނަސީމް އާއި މުހައްމަދު ފާސިރުގެ އިތުރުން އަހުމަދު އަޝްރަފުއެވެ. ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ ބޭބެ މުހައްމަދު ފާސިރު މިއަދު މެޗުން ކާމިޔާބު ކުރި 2 ގޯލާއި އެކު މުބާރާތުގެ ޓޮޕް ސްކޯރާ ލިބިފައި ވަނީ އޭނާ އަށެވެ. ފާސިރު އާއި އެއްވަރަށް ގޮއިދޫގެ އަލީ ނިޒާމްވެސް 10 ލަނޑު ޖަހާފައި ވީ ނަމަވެސް، ފާސިރު އަށް މި މަގާމު ލިބުނީ ދެ ކުޅުންތެރިންގެ ތެރެއިން އެންމެ މަދުން ކުޅެފައިވާ ކުޅުންތެރި އަކަށް ފާސިރު ވުމުންނެވެ.

ބާ ޗެލެންޖްގެ ފައިނަލް މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

މި މުބާރާތް ހުޅުވުމަށް ކުޅުނު މެޗުގައިވެސް މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެން ގޮސްފައި ވާއިރު، 2-1ގެ ނަތީޖާ އަކުން އެ މެޗުވެސް ކާމިޔާބު ކުރީ އޭދަފުއްޓެވެ. ޓޫރިޒަމް މިނިސްޓާރ އަލީ ވަހީދު މިއަދުގެ މެޗު ޝަރަފުވެރި ކޮއްދެއްވާފައި ވާއިރު، އެބޭފުޅާގެ އަރިހުގައި ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ ޖެނެރަލް މެނޭޖަރާ އަރްމަންޑޯ އާއި އޭދަފުށީ ކައުންސިލްގެ ރައީސް މަބްރޫކް ނަސީރުގެ އިތުރުން ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ)ވެސް ބައިވެރި ވެފައިވާކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓާރ އަލީ ވަހީދުގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފޯ ސީޒަންސް އިން ވަނީ ކޭކެއް ވެސް ފަޅާފައެެވެ.

މި މުބާރާތަކީ ވެސްޓި ވިންގްސް އޭދަފުށިން އިންތިޒާމް ކޮށްގެން، ފޯ ސީޒަންސް ލަނޑާ ގިރާވަރުގެ ސްޕޮންސާ އާއި އެކު ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި އަހަރުގެ ޗެމްޕިއަންކަން އޭދަފުށިން ނެގުމާއި އެކު އަންނަ އަހަރުގެ މުބާރާތް ބާއްވާނެ ރަށެއް އިހްތިޔާރު ކުރުމުގެ ފުރުސަތު އެ ޓީމަށް ވަނީ ލިބިގެން ގޮސްފައެވެ. އޭދަފުށީން ޗެމްޕިއަން ކަން ނާގަފައި ވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެކަން ފާހަގަކޮށްލެވެއެވެ.

ބާ ޗެލެންޖްގެ ފައިނަލް މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

މުބާރާތުގެ އެކިއެކި ވަނަތައް

އެންމެ މޮޅު ޑިފެންސް : އޭދަފުށީ ރައްޒާން ރަޝީދު

އެންމެ މޮޅި މިޑްފިލްޑާރ : އޭދަފުށީ ޝާހީ މޫސާ

އެންމެ މޮޅު ފޯވާޑް : ގޮއިދޫ އާދަމް ނިޒާމް

އެންމެ މޮޅު ކީޕަރު : އޭދަފުށީ އަލީ އަޖްފާން އަމްޖަދު

އެންމެ މޮޅު ކޯޗު : އޭދަފުށީ ކޯޗު ޝާފީ އަލީ

21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ : އޭދަފުށީ އަލީ ނަސީމް

ޓޮޕް ސްކޯރާ : އޭދަފުށީ މުހައްމަދު ފާސިރު

އެންމެ މޮޅު ކުޅުންތެރިޔާ : އޭދަފުށީ މުހައްމަދު ފާސިރު

ފެއާ ޕްލޭ ޓީމް : ކެންދޫ

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޮޅާލާ

    އެއްގޮތަކަށް ވެސް ތިޔާ އައިއޯޖީ މުބާރާތް ރާއްޖޭގައި ބާއްވައިގެން ނުވާނެއޭ ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓް ނުނަގާ އެނޫން އެއްވެސް ގޮތެއް އޮވެގެން ނުވާނެއޭ މިކަމުގައި ރައްޔިތުން ބޯހިޔާ ވައްސެއް ނުލިބިގެން ހަނާވަނީ ސްކޫލް ތަކުގައި ކިޔަވާދޭނެ ޕްރައިމަރީ ޓީޗަރުންގެ މުސާރަ ކޮޅުން %50 ބޮޑު ކޮށްލާނެ ފައިސާ އެއް ނެތް އެކަމަކު ކުނި ކާއެއްޗެހި ސްކޫލް ތަކަށް ހެދުނު ގެންދާ މީހުން މާލޭން ގޯތި ގަނެލަނީ އަޕްފްރަންޓް ކޮށް ފައިސާ ދައްކާފައި އަައިއޯޖީ މުބާރާތް ޖެހޭނީ އޮޅާލަން ޔޫތު މިނިސްޓަރު ތަމެން އައިއޯޖީ މުބާރާތް އޮޅާލާ އޮޅާލާ އޮޅާލާ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަަރ އެބައުޓް އަސް...

  2. ބަލާތި

    އައިއޯޖީ ގޭމްސް 2023 ގައި ރާއްޖޭގައި ބާއްވަން ނޯންނާނެއޭ އެމްޑީޕީގެ މެނިފެސްޓޯ ގައި ވެސް ހިމަނާފައި އެއީ މަހޭ މެން އަމިއްލަ އަށް އެމެން ނަށް ބޮޑު ފައިދާ ގަނޑެއް ފަރުދާގެ ފުރަގަހަތުން ލިބޭތީވެ ކުރަން އުޅޭ ކަމެއް ކަމަށޭ ވަނީ ރައީސް އިބޫގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނާއި ސީދާ ގުޅިފައިވާ އެއްވެސް ކަމެއް އަދި އެއް ރައްޔިތުންނަށް ކޮށް ނުދޭ ތަނުގައި ދައުލަތުގެ ބަޖެޓް ހަނާ އަރުވާލަންއޭ އުޅެނީ ނާޗަރަނގީ ކުޅެން އެފައިސާ ހަޔެއް ހަތަރަކަށް ތަޅާ ބުރުއްސާ ތަޅާ ބުރުވާލައިގެން...

  3. އާއްހާއް

    އައިއޯޖީ މުބާރާތުގެ ބިޑް ރާއްޖޭން ހުށައެޅީ ވެސް އެއީ ވެސް ފުރަތަމަ ގުޑް ގަވަރނެންސްގެ ކޯރޑް އޮފް ޕްރެކްޓިސް އާއި ޚިލާފަށޭ ސަބަބަކީ އެވަރުގެ ބޮޑު ޚަރަދެއް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާއިރު އިން ރިޓާރން ގައި އެންމެ ރުފިޔާ އެއްވެސް އެއިން ނުލިބޭ އިރު އެކަން ކޮށްގެން ނުވާނެއޭ މާލެ ސަރަހައްދުގައި ފްލެޓްސް ތަކަށް އެދިފައިވާ އެންމެންގެ މެދުގައި އިލެކްޝަންސް ކަމިޝަންގެ ބެލުމުގެ ދަށުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހުގައި ނޫނީ އޫމް ބާއު ބާއު ސިޗުއޭޝަން ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް...

  4. ދޭޑޯންޓް

    ތިޔާ އައިއޯޖީ މުބާރާތް ރާއްޖޭގައި ބާއްވައިގެން ނުވާނެއޭ މާލެ ސަރަހައްދުގައި ދަ ރާއްޖެތެރޭން އައިސް ކުއްޔަށް އަމިއްލަ މީސް މީހުންގެ ގޭގަައި ދިރިއުޅޭ އެކަކު ވެސް ހުއްޓާ އެއިން ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ގޯއްޗެއް ދީ އަދި އެގޯތީގައި 10 ބުރީގެ އިމާރާތް ކުރާނެ ލޯން އެމެންނަށް ސަަރުކާރުން ސޮވެރިންގް ގެރެންޓީ ދީގެން ބީއެމްއެލް އިން ލޯނެއް ހަމަޖައްސާ އެކަން ނުފަށާ މިކަން ފަށަަައިގެން ނުވާނެއޭ ...

  5. ފެނޭދޯ

    ބޫޓާން އަތުން ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ބަލިވެއްޖެއޭ ކޮބާ މިފެންނަނީ މަމެން ބުނާ ތަން މަމެން މިއަންގަނީ ޔަގީނުން ވެސް ރަންމެޑަލް ނުލިބޭ އެއްވެސް މުބާރާތެއްގައި ސްޓޭޓަސް އެއްގެ ބޭނުމުގައި ރާއްޖޭން ބޭރަށް ގޮސް ބައިވެރިވެ ވެލިކައިގެން ގައުމަށް އައުމުގެ ބަދަލުގައި އެކަން ނުކޮށް ރަނގަޅަށް މޮޅަށް ކުޅެވެން ދެން މަޑުކޮށް އެޚަރަދު މާލެ ސަރަހައްދުގައި ކުޅިވަރު ކުޅޭނެ ސްޓޭޑިއަމް އަޅަން ހޭދަ ކުރާނަމަ މާ ބޮޑަށް ރަނގަޅުވީސްއޭ މިހިރީއޭ ސަރުކާރުން ޓެކްސް ފައިސާ އަންދާ އަޅިއަށް ހަދަނީއޭ އެއްވެސް ހާލެއްގައި އެފައިސާ ތިޔާ ގޮތަަށް އަންދައިގެން ނުވާނެއޭ އެއިން މާލެ ސަރަހައްދުގެ ފަޅު ތައް ހިއްކަން ބަހައްޓަންވީއޭ...

  6. އޯއްހޯއް

    ރާއްޖޭން ރަސްމީ ކޮށް ބިޑް ހުށަައަޅައިގެން އައިއޯއައިޖީ މުބާރާތް ރާއްޖޭގައި ބާައްވައިގެން ނުވާނެއޭ ރައްޔިތުންގެ %95 މާލެ ސަރަހައްދުން ބޯހިޔާ ވައްސެއް ނުލިބިގެން ތެޅި ތެޅި ހަނާވަނީއޭ އެމެން ބޭންކްރަޕްޓް ވަނީއޭ މާލެ ސަރަހައްދުގެ ވިޔަފާރިވެރިން އެމެން އަމިއްލަ އިމާރާތެއް ނެތި ތަންތަނުގައި ކުއްޔަށް އުޅުން އެމެންނަށް ލިބުނު ހުރިހާ ފައިސާ އެއްވެސް ވަނީ މިކަމަށް ހުސްވެފައޭ މިކަން ނޫންތޭ ސަރުކާރުން ފުރަތަމަ ވެސް ހައްލު ކުރަންވީ ...

  7. ޙަބީބު

    އާކުކުޅަކައް ގާބިހެއް އެޅިއްޖެ ޒަމާން ގަނޑަކައްފަހު އަދިވެސް ގޮއިދޫ އަތުގަ ތަށިމިލްކު ކުރެވުނު ރިކޯޑުއޮންނާނީ

    5
    3