އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ 19ވަނަ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން ސިކްސް ސިގްމާ އިން ހޯދައިފިއެވެ.

އެފްއޭއެމް 2ވަނަ ޓާފް ދަނޑުގައި މިރޭ ކުޅެވުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ސިކްސް ސިގްމާ އާއި ޓީމް މޯލްޑިވިއަން އެއާޕޯޓްސް އިންނެވެ.

މެޗުގެ ފަށައިގެން ދެ ޓީމުގެ ކުޅުންތެރިން ވެސް ވަރަށް ފޯރީގައި އަވަސް ކުޅުމެއް ކުޅެފައި ވާއިރު، ސިކްސް ސިގްމާ އިން މެޗުގެ ކުރީކޮޅު އުފެއްދި 2 ހަމަލާ އެއް ވަނީ އިދިކޮޅު ޓީމުގެ ގޯލް ދަނޑިއަށް އަމާޒުވެފައެވެ. އަދި ޓީމް މޯލްޑިވިއަން އެއާޕޯޓްސް އިން ސިކްސް ސިގްމާގެ ގޯލަށް ފޮނުވި ހަމަލާތައް އެ ޓީމުގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއި އެކު ދިފާއު ކޮށްފައެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ސިކްސް ސިގްމާގެ ފުރަތަމަ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ 10 ނަމްބަރު އަފްސަލް އެވެ. އޭގެ ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މޯލްޑިވިއަން އެއާޕޯޓްސް އިން މަސައްކަތް ކުރި ނަމަވެސް، އެކަން ކުރުމަށް ހުރަހަކަށް ވީ ސިކްސް ސިގްމާގެ ގޯލު ކީޕަރެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0ގެ ނަތީޖާ އަކުން ސިގްމާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށައިގެން، ފުރަތަމަ މިނެޓުގައި ސިކްސް ސިގްމާގެ ކެޕްޓަން އައިޑޭ (8) ވަނީ ގޯލެއް ކާމިޔާބު ކޮށް، އެ ޓީމުގެ ލީޑު ފުޅާ ކޮށްދީފައެވެ. އަދި އޭގެ 6 މިނެޓު ފަހުން އޭނާ ވަނީ އިތުރު ގޯލެއްވެސް ކާމިޔާބު ކޮށްފައެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ދެވަނަ ހާފު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެމުން ގެންދިޔައީ ސިކްސް ސިގްމާ އިންނެވެ. އެ ޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް، މެޗުގެ ނަތީޖާ 4-0ށް ބަދަލު ކޮށްފައެވެ. ނަމަވެސް މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް މޯލްޑިވިއަން އެއާޕޯޓްސްގެ ކެޕްޓަން އިސްމާއިލް އަހްމަދު ވަނީ އެ ޓީމަށް ސުން ކަނޑުވައިލަ ދީފައެވެ.

މިއީ ކޮންމެ އަހަރަކުވެސް އައިލޭންޑު އޭވިއޭޝަނުން އެ ކުންފުނީގެ އެކި ޑިޕާޓްމެންޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެއް ކަމުގައި ވާއިރު، މިއަހަރުގެ ރަނަރަޕް ޓީމް މޯލްޑިވިއަން އެއާޕޯޓްސް އިން މި އަހަރުގެ މުބާރާތުގައި ބައިވެރި ވެފައި ވަނީ އަލަށް ކަން ފާހަގަކޮށްލެވެއެވެ.