މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލުން ރާއްޖޭގެ އެެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފިއެވެ.

ސާއިދު ފައިނަލަށް ދަތުރުކުރީ މިއަދު އޭނާ ދުވި ހީޓުގެ ދެވަނަ ހޯދައިގެންނެވެ.

ފައިނަލްގައި ސާއިދު ދުވާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 4:55 ގައެވެ.

އެންމެފަހުން 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އައިއޯއައިޖީން ރާއްޖެއަށް ހަމައެކަނި ރަން މެޑަލް ގެނެސްދިން ފަހުރުވެރި އެތުލީޓެވެ. އެއީ މިހާތަނަށް މަލްޓި ސްޕޯޓްސް އިވެންޓަކުން ރާއްޖެއަށް ގެނެސްދިން ފުރަތަމަ ރަން މެޑަލްވެސް މެއެވެ.

ސާއިދު ދުވި ހީޓުން ދެވަނަ އޭނާ ހޯދީ 10.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއްވަނައަށް ރޭސް ނިންމި ސީސެލްޝްގެ ސިކޯބޯ ރޭސް ނިންމީ 10.63 ސިކުންތުންނެވެ. ދެ އެތުލީޓުންގެ ޓައިމިންއަށް ބަލާ އިރު، ސާއިދުއަށް ދެވަނަ ލިބުނީ ތިން މިލި ސިކުންތުގެ ތަފާތަކުންނެވެ.

ރާއްޖެއިން 100 މީޓަރުގެ އަންހެން ދުވުމުގައިވެސް ބައިވެރިވެފައިވާ އިރު، މަރިޔަމް އަލްހާ ދުވުނު ހީޓްގައި އޭޏާ ދިޔައީ ފުލަށެވެ. ނަޝާ ނިޒާރު ދުވުނު ހީޓްގައި އޭނާ ހަތްވަނައަށް ދިޔަ އިރު، އެ ދެ އެތުލީޓުންވެސް ފައިނަލް ހީޓަށް ކޮލިފައިވެފައެއް ނުވެއެވެ.