މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރަ އެތުލެޓިކްސް އިވެންޓްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދައިފިއެވެ.

މާޒިން ލޯ މެޑަލް ހޯދާފައި މިވަނީ ރާއްޖެއިން އައިއޯޖީގައި އަލަށް ވާދަކުރި އިވެންޓަކުންނެވެ. އިވެންޓްގައި ތިން ގައުއުމަކުން ވާދަކުރި އިރު، މާޒިން އުންމީދު ކޮށްގެން ހުރީ ރަން މެޑައްޔަކަށެވެ. އެހެން ނަމަވެސް ނައްޓާލިތަނުން މާޒިންގެ ފައިގެ ކުޑަހުޅަށް އެރި ތަދެއްގެ ސަބަބުން އޭނާއަށް އެންމެ އެދެވޭ ގޮތެއްގައި ދުވުން ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

"އަޅުގަނޑު އަސްލު އުންމީދުކުރީ ރަން މެޑަލްއަކަށް. އެކަަކު ނައްޓާލިތަކުން ކުޑަހުޅަށް އެރި ތަދެއްގެ ސަބަބުން އެންމެ ރަނގަޅަށް ނުއެއް ދުވެވުނު. އެހެން ނަމަވެސް އުންމީދުކުރަން ފުރަތަމަ ފަހަރު ބައިވެރިވެ، ގައުމީ ރީތި ނަމެއް ހޯދައިދެވުނު ކަމަށް،" ރޭހަށްފަހު މާޒިން ބުނެފައިވެއެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖެ ދިޔައީ 15 މެޑަލްއަށް ޓާގެޓް ކޮށްގެންނެވެ. މާޒިންގެ މެޑަލްއަކީ މިހާތަނަށް ރާއްޖެއިން ހޯދި ހަތަރުވަނަ މެޑަލްއެވެ. މިހަތާނަށް ރާއްޖެއިން ވަނީ ޓީޓީގެ އަންހެން ޓީމް އިވެންޓުން ރަން މެޑަލް ހޯދާ، ބެޑްމިންޓަން ފިރިހެން ޓީމް އިވެންޓުން ލޯ މެޑަލް ހޯދުމުގެ އިތުރުން ބީޗް ވޮލީން ރިހި މެޑަލް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙދޖސގ

    ތިޔައީ ހަމަ ބޮޑު ކާމިޔާބެއް.. މަރުހަބާ.. މި ފޮޓޯ ފެނިފަވެސް ވަރަށް އުފާ ވެއްޖެ

  2. މޮހޮދު

    މާޒިން ވަރަށް ބަރާބަރު ހަމަ ވަރަށް ގަދަ. އަދި މާޒިން އިރާދަކުރެއްވިއްޔާ ރަންމެޑެލްއަކާއެކު ފެންނާނެ

  3. ދިދަ ދަނޑި

    މާޒިންގެ ބައިވެރިޔާގެ ނަން ވެސް ފާހަގަކޮށްލިނަމަ ޚަބަރު އިތުރަށް ފުރިހަމަވީސް

    9
    1
  4. ރައްޓެއްސެއް

    މަރުހަބާ ބޭބެ. ޕްރައުޑް އޮފް ޔޫ.

  5. ކީކޭ ބުނާނީ

    ދައުލަތުން ހެސްކިޔާފަ ހަރަދު ކުރާ ސާއިދަށް ވުރެ މާަ ގަދަ އެންނު..