މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވާދަކޮށް، މެޑަލްއެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.

އިވެންޓް ސާއިދު ނިންމާލީ ހަތަރުވަނައިގައެވެ. އެންމެފަހުން 2015 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ލިބުނު ހަމައެކަނި ރަން މެޑަލް ގެނެސްދިން އެތުލީޓަކީ ސާއިދެވެ. އެފަހަރު 100 މީޓަރު ދުވުމުން ސާއިދު ވަނީ ރަން މެޑަލް ގެނެސްދީފައެވެ.

ފައިނަލް ހީޓުން ރަން މެޑަލް ހޯދީ މޮރިޝަސްގެ ޖޮނަތަންއެވެ. އޭނާ ރޭސް ނިންމީ 10.64 ސިކުންތުންނެވެ. ދެވަނައަށްދިޔަ ސީސެލްޝްގެ ޑިލެން 10.75 ސިކުންތުން ރޭސް ނިންމި އިރު، ދެވަނައަށްވެސް ދިޔައީ ސީސެލްޝްގެ ދުވުންތެރިއެކެވެ. ތިންވަނައަށްދިޔަ ޝެރީ ރޭސް ނިންީ 10.77 ސިކުންތުންނެވެ. ރާއްޖޭގެ ސާއިދު ރޭސް ނިންމީ 10.78 ސިކުންތުންނެވެ.

ސާއިދަކީ ހަމައެކަނި އައިއޯއައިޖީން ރާއްޖެއަށް ރަން މެޑަލް ގެނެސްދިން އެތުލީޓެއް ނޫނެވެ. އޭނާއަކީ އޭޝިއާގެ އެންމެ ބާރު ހަތަރު ދުވުންތެރިންގެ ތެރޭގައިވެސް ހިމެމުނު އެތުލީޓެކެވެ. ސާއިދު 2015 ވަނަ އަހަރު ރަން މެޑަލް ހޯދި އިރު، އޭނާގެ ޓައިމިންއަކީ 10.51 އެކެވެ. އެހެންކަމުން އޭނާގެ ޓައިމިން މިފަހަރު ދަށްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ސާއިދު ރާއްޖޭން ބޭރުގައި ތަމްރީނުތަކެއް ފުރިހަމަ ކޮށްފައިވާ އިރު، މިހާރު އޭނާ ތަމްރީނު ކުރަމުންދަނީ ރާއްޖޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑެރަ

    ސިފައިންގެއިން ވަޒީފާ ދީފަ.. ހަމައެކަނި ދުވަން ބަހައްޓާފަ.. ދެމުސާރަ ކައިގެން

    21
    2
    • ގ

      ސާއިދު މެޑަލް ހޯދިނަމަ ސާއިދު ވާރެއް ނެތިގެން އުޅުނިސް...

    • ތޔ

      ކަލޭވެސް ކާން ވީ އޭ..

  2. ދޮނޭ

    ކަޅޭވެސް މެޑެލި ގަނޑެއް ލިބޭ އިރަށް ސިފައިންގެ އިން ދޭ މުސާރަވެސް ލިބިލިބި ހުއްޓާ ދުވާ ކުންފުންޏެއް ހަދައިގެން ލާރިކޮޅެއް ލިބޭތޯބެލީ. އަމިއްލަ ސްޓޭންޑަރޑްވެސް މެއިންޓެއިން ނުކުރެވުނު.

    16
    2
  3. ފޮޑި

    ނާށި ފަތިމެޑެލް އެއްއަޅުވަންވީނު.

    8
    3
  4. އައިމަން

    ތިމާޔަށް ތިމާ ފެނުނީ

    5
    1
  5. އައިކުޑްލައިކް

    ސާއިދަށް 100 މީޓަރު ދުވުމުން ހަތަރު ވަނަ ލިބުނު ނަމަވެސް ފައިނަލް ކުޅުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ ދެން އަންނަ މުބާރާތެއްގައި ރަންމެޑަލް ގެންނާނޭ ..

    3
    7
  6. ވާނުވާ

    ބަލި ވީމަ ތިހެން ބުނާކަށް ނުވާނެ. އޭނަ ކުރި ހިއްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. އަަބަދު މޮޅެއްވެސް ނުވާނެ. މީގެ ކުރިން އޭނަ ހޯދި ރަންމެޑަލް ކޮބާ، އޭގެ ވާހަކަވެސް ދައްކަބަލަ

    10
    4
  7. ޔަގީނޭ

    ރާއްޖޭގެ ކުޅިވަރުގެ ލޭންޑްސްކޭޕް ވެސް ބަދަލު ވަމުންދާ ކަން މަމެންނަށް ފެނިގެންދެއޭ މިފަހަރު އީއޯއައިޖީ މުބާރާތުގައި ދިވެހި އެތްލީޓުން ހޯދި ކާމިޔާބީ ބަލާލުމުން ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންސް ތަކުން ވެސް އެބަޖެހޭ އިންޑޯރ ގޭމްސް ތައް ސްޕެޝަލީ އަންހެން ކުދިން ކުޅޭ ގޭމްސް ތައް ޓީޓީ އަދި ބެޑްމިންޓަން މިފަދަ ކުޅިވަރު ތައް ކީޕް ދިސް އިން ދަ ރައިޓް ޑިރެކްޝަން އެއިރުން މައްޗަށް 5 އަހަރު ވާއިރު އެމެން ގެންނާނެއޭ އޮލިމްޕިކް ރަންމެޑަލް އެއީ ޔަގީން ކަމެކޭ..

    3
    5