މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެން ބެޑްމިންޓަން ޓީމް ވެސް ލޯ މެޑަލް ހޯދައިފިއެވެ.

މިއީ މި އަހަރު ގޭމްސްގައި ރާއްޖެއިން ހޯދި ފަސް ވަނަ މެޑަލްއެވެ.

ބެޑްމިންޓަންގެ ޓީމް އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ރައުންޑް ރޮބިން ލީގް އުސޫލުންނެވެ.

މެޗްތައް ނިމުނުއިރު ތިން ޓީމްވެސް އޮތީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައެވެ. ރާއްޖެ އާއި މޮރިޝަސް އަދި ރީޔުނިއަން އަށްވެސް ލިބުނީ ހަ ޕޮއިންޓެވެ.

އެހެންކަމުން ނަތީއްޖާ ކަނޑައެޅި ސެޓް ގުނައިގެންނެވެ. ރީޔުނިއަން ރަން މެޑަލް ހޯދިއިރު، ރިހި މެޑަލް ހޯދީ މޮރިޝަސްއެވެ.

އަންހެން ބެޑްމިންޓަން ޓީމް އިވެންޓްގައި ރާއްޖެއިންވަނީ މޮރިޝަސްވެސް ބަލިކޮށްފައެވެ. މިއީ އައިއޯޖީގައި މިދިޔަ އަށް އަހަރުވެސް މޮރިޝަސްގެ އަންހެން ބެޑްމިންޓަން ޓީމް ބަލިވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޯޖަވާނު

    މުސްލިމު ނަންކިޔާ އައުރަ ނިވާނުކުރާ ކުދިންނަށް ތިލިބުނު ކާމިޔާބީއަށް މަރުހަބާ... އަދި އިސްލާހުވެ އިތުރަށް މަސައްކަތުގައި ކުރިޔަށް ދާން ހިތްވަރުދެން... ދީން އޮޅާފަ ނުޖަހާ، މުސްލިމުން ލަދުގަންނުވާނުލާ ކޮއްކޮމެނޭ

    7
    1