އެމެރިކާގެ އެލް.އޭ ގެލެކްސީ އަށް ކުޅެމުން އަންނަ ފޯވާޑު ޒްލަޓަން އިބްރަހިމޮވިޗް އިދިކޮޅު ޓީމުގެ ކުޅުންތެރި އެއްގެ މޫނުމަތި ފަޅައި ލުމުން އޭނާ ކުޅެމުން އަންނަ ލީގުން އޭނާ ސަސްޕެންޑު ކޮށްފިއެވެ.

ލޮސް އެންޖެލެސް އާއި ގެލެކްސީ ބައްދަލު ކުރި މެޗުގައި ޒްލަޓަން ވަނީ އިދިކޮޅު ޓީމުގެ މުހައްމަދު އަލް މުނީރުގެ މޫނު މަތީގައ އުޅަބޮށިން ޖަހައިފައެވެ. މިކަމާއި ގުޅިގެން، ޒްލަޓަން ޖެހި ތަން މުނީރުގެ މޫނު މަތިން ވަނީ އަޑިއަށް ގޮސް، ސާޖަރީ އެއް ކުރަން ޖެހިފައެވެ.

މެއި މަހުގައިވެސް ކުޅުންތެރި އަކަށް ހަމަލާ ދިނުމާއި ގުޅިގެން ސަސްޕެންޝަނެއް އައިސްފައިވާ ޒްލަޓަން މުނީރު އަށް ހަމަލާ ދީފައި ވަނީ އެ މެޗުގައި ގެލެކްސީ ކުޅުންތެރި އަކަށް މުނީރު ފައުލް ކުރުމާއި ގުޅިގެން ރެފްރީ މުނީރު އަށް ކާޑު ނުދެއްކުމުން މައްސަލަ ހޫނު ވުމަށް ފަހު ކުޅެނިށޮވެ.

މި މެޗުގައި ޒްލަޓަންގެ ހެޓްރިކެއް ވެސް ފެނިފައި ވާއިރު، އެ ޓީމުން ވަނީ 3-2ގެ ނަތީޖާ އަކުން މެޗުވެސް ކާމިޔާބު ކޮށްފައެވެ. މެޗައް ފަހު ލޮސް އެންޖެލެސްގެ ކޯޗުންނާއި ބައެއް ކުޅުންތެރިން ޒްލަޓަން އާއި ގާތްވެ، އެއްޗެހި ކިޔުމުން އޭނާ ވަނީ އެ ޓީމުގެ ކޯޗު ކައިރީ ވަރަށް ހުތުރު ބަހުން ގެއަށް ދިއުމަށް ބުނެފައެވެ.

ޒްލަޓަން އިބްރަހިމޮޗަކީ އަބަދުވެސް މިފަދަ ކޮންމެވެސް ކަމެއް ކުރަމުން އަންނަ ކުޅުންތެރި އެކެވެ.