ލަލީގާ ޗެމްޕިއަނުން ކަމުގައިވާ ފުޓްބޯލް ކްލަބު ބާސެލޯނާގެ މިޑްފިލްޑަރު ފިލިޕް ކުޓީނިއޯ ވިއްކާލަން އެ ކްލަބުން ނިންމާފައި ވާއިރު، އޭނާ ވިއްކާނެ އަގެއް އެ ކްލަބުން ކަނޑަ އަޅައިފިއެވެ.

މިދިޔަ އަހަރު ލިވަޕޫލް އިން ބާސާ އަށް ބަދަލުވި ކުޓީނިއޯ އަށް ލިވަޕޫލްގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ބާސާ އިން އޭނާ ވިއްކާލަނީ 15 މިލިއަން ޕައުންޑުގެ ގެއްލުމެއްގައި 120 މިލިއަންް ޕައުންޑަށެވެ. ކުޓީނިއޯ ދޫކޮށްލަން ނިންމުމާއި ގުޅިގެން ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އަނެއްކާ އޭނާ އެ ކްލަބަށް ސޮއި ކުރުވުމަށް ގޮވާލާފައެވެ. ނަމަވެސް ކްލަބުގެ ކޯޗު ޖާގެން ކްލޮޕް ވަނީ ކުޓީނިއޯ އަނބުރައި ގެނެވެން ނެތް ކަން ހާމަ ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

"ކުޓީނިއޯ އަކީ ވަރަށް މޮޅު ކުޅުންތެރި އެއް. ކުރީގެ ފެންވަރަށް އަދިވެސް އޭނާ އަށް ކުޅެވޭނެ. އަހަރެން ބޭނުން އޭނާ މި ކްލަބަށް ގެންނަން. އެކަމަކު ކުޓީނިއޯ ފަދަ ކުޅުންތެރި އަކަށް ވަރަށް ގިނަ ފައިސާ ހަރަދު ކުރަން ޖެހޭނެ. މިއަހަރު ނެތް އަހަރަމެންނަށް އެވަރަށް ފައިސާ ހަރަދު ކުރެވޭކަށް" ލިވަޕޫލް ކޯޗު ޖާގެން ކްލޮޕް ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކުޓީނިއޯ ދިއުން އެންމެ ގާތީ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އަށެވެ.