އިނގިރޭސި ވިލާތުގެ ދެކުނުގައި އޮންނަ އޯވަލް ސްޓޭޑިއަމްގައި ކުޅުނު ކްރިކެޓު މެޗެއްގެ ތެރެއިން ހިޔަޅެއް ދަނޑު މައްޗައް އެރުމަށް ފަހު ކުޑަކަމު ގޮސްފިއެވެ.

ސަރޭ އާއި ގްލަމޯގަން ކުޅުނު މި މެޗުގެ ތެރެއިން ހިޔަޅު ދަނޑު މައްޗައް އެރުމުން މެޗުގެ ކުޅުން މެދު ކަނޑައިލިއެވެ. އަދި ކުޅުންތެރިން ވަނީ އެ ހިޔަޅު ދަނޑުމަތިން ފައްސާލުމަށް ވެސް މަސައްކަތް ކޮށްފައެވެ.

ނަމަވެސް، އިން ތަނުން ގުޑާ ވެސް ނުލައި އެ ހިޔަޅު ވަނީ ކުޑަކަމު ގޮސްފައެވެ. މިއާއި އެކު ދަނޑުގައި އެވަގުތު ތިބި 24،500 ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އަޑު ގަދަ ކޮށް، އެ ހިޔަޅަށް ގޮވާފައި ކަން ފާހަގަކޮށްލެވެއެވެ.

އޮފިޝަލުންގެ އެހީތެރި ކަމާއި އެކު އެ ހިޔަޅު ވަނީ ފަހުން ދަނޑުން ބޭރު ކޮށްފައެވެ. ހިޔަޅު މި ކުރި ކަންތަކާއި ގުޅިގެން މީސް މީޑިއާގައި އެތައް ބަޔަކު މި ވާހަކަ ދައްކަމުން އަންނަ އިރުގައި އެއް ބަޔަކު ބުނަމުން އަންނަނީ ކްރިކެޓު މެޗެއްގައި ދުވަހަކުވެސް މިހައި މަޖާ ކަމެއް އަދި ނުވާކަމަށެވެ. އަނެއް ބަޔަކު ވަނީ މިފަދަ ކަމެއް ކޮށްދީ، މުނި ފޫހި ފިލުވައިދިން ކަމަށްޓަކައި އެ ހިޔަޅަށް ޝުކުރުވެސް އަދާ ކޮށްފައެވެ.

މިކަންތައް ހިނގި ވީޑިއޯ މިހާރު އަންނަނީ މީސް މީޑިއާގައި ދައުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަބާ

    ހާދަ ލާނެއް ހިޔަޅެކޭތީ !! އަނެއްކާ ހަމަ ހިޔަޅެއްތަ އެއީ ؟؟ މިހާރު އުޅޭހިޔަޅުތައްވެސް ހާދަ ސްމާޓޭދޯ؟؟؟؟

    16
  2. ގޮސްފި

    ގޮސްފި

  3. ރަދީފް ހުސެން

    ހިޔަޅަކީ ދުނިޔޭގައި ލެއްވި ވަރައް ތޫނުފިލިއެއްޗެއް. ހިޔަޅުގެ ތިއަމަލުން ހިޔަޅު ދިންތި މެސެޖުގެ މާނަޔަކީ، ކަލޭމެން ތިކުރާކަން ތަކަވުރެ ލިޔަސް މާރަނގަޅުވެފާ އެއްކަމެއްނުވިޔަސް ވަސް ދުވާނެވާ ވާހަކަ. ވިސްނައިފި މީހަކަށްމެ އިބްރަތަކައްފުދޭނެ.

  4. އ. ޖ. އ

    އަޖައިބެއް.. ޔާމީން ?? ދެއްކީ މުޅި މީޑިޔާގެ ކުރިމަތީގައި