ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގައުމީ ޒުވާން ފުޓުބޯޅަ ޓީމުގެ ބޭއަދަބީ ވީޑިއޯއަކާ ގުޅިގެން 15 އަހަރުން ދަށުގެ ޓީމުން ވަކިކުރި ކުޅުންތެރިންނަށް ދެވަނަ ފުރުސަތެއްދީ ޓީމުން ފުރުސަތު ދީފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުޅުންތެރިންނާ ވާހަކަ ދައްކާ، ކުޅުންތެރިންނަށް ނަސޭހަތް ދީފައިވާއިރު، ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓީމު އައްޑޫން އެނބުރި މާލެ ދިޔުމާއެކު ވަކިކުރި ކުޅުންތެރިން ގުޅޭނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެފަދަކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ކުޅުންތެރިން ފަރާތުން ލިބިފައިވާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

މީސް މީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯގައި ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމުން ރޫހާ ހިލާފު، ބޭއަދަބީ އަމަލުތަކެއް ހިންގާތަން ފެންނައިރު، އެއީ މިހާރު އައްޑޫގައި ކުރިއަށްދާ 15 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ކުޅުންތެރިން ފެންނަ މަންޒަރުތަކެއް ކަމަށް މީސްމީޑިއާގައި ވަނީ ބުނެފައެވެ. އެފްއޭއެމްއިން ވަނީ އެކަން ދޮގުކޮށްފައެވެ.

އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެސޯސިއޭޝަނުން ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެއީ 2018 ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ މުބާރާތުގެ ތެރެއިން ހިނގާފައިވާ ކަންތައްތަކެއް ކަމަށެވެ. އޭގެ ތެރެއިން މިހާރުގެ ޓީމުގައި ހިމެނޭ ކުޅުންތެރިން ވަގުތުން ވަކިކޮށް، މާލެ ގެންގޮސްފައިވާއިރު، އެފްއޭއެމްއިން ވަނީ އެފަދަ ކަންކަން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޯގަންވިލާ

  ސަޅި އިނގޭ އައްލޯއާމިރު ހުރިކަން އިގިއްޖެ، ހަމަ އައްލޯ މެން ގެ އުސޫލް ، ބާސްކެޓް އެސޯސިއޭސަން ގަ ތިބެގެން ކުރިކަންތައްތައް ތަކުރާރު ތިޔަވަނީ ، އެކަށީ ގެން ވާ އަދަބެއް ނުދެ

  1
  1
 2. ޖިންނި

  ތީ މި ދިވެހިރާއްޖޭގެ އެންމެ ބޮޑު މައްސަލޢަކީ 30 އަދި 3 އަހަރުގެ ވެސް ވެރޮކަމުގަ ކަންކުރީ ތިހެން އަބަދުވެސް ފުރިޞަތު 10 - 12 ފަހަރު ޑްރަގަށް ޕޮސިޓިވް ވީމަވެސް / ވައްކަން / ފޭރުން ހުރިހައި ކަމަކަށް ވެސް ފުރުސަތޭ ކިޔާ ކުށްކުރާ ބަޔަކަށްނއިތުރު ހިތްވަރުދެނީ ، އެނގޭ ވިއްޔަ އެއްވެސް ކަމެއް ނުވާނެކަން ދެން ހަމަ ތަކުރާރުކޮށް ކުށް ކުރުމުގެ ސަޤާފަތެއް ޤާއިމް ކުރުވީ

  25
  2
 3. ނޯޖަވާނު

  ޗީޗީ... ރިޝްވރިޝްވަތޭ ރިޝްވަތޭ

  2
  1
 4. ޣަނާ

  ތިހިރީ ވެފައި. ޓިއެންމެންށް ގޯލްޑް މެޑަލް އަޅުވާ.. ތިކަމުގަ ބައްސް އިސްތިއުފާ ދޭން ޖެހޭ. އަދި އެއްގޮތަކަށްވެސް އެމީހުން ޓީމަށް ނަގައިގެން ނުވާނެ. އެއީ އިބުރަތަކަށް އަބަދަށްޓަކައި. މާދަމާވެސް އެމީހުން އުޅޭނީ ހަމަ ތިޔަގޮތުގައި

  6
  2