ފޯ ސީޒަންސް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފޯ ސީޒަންސް ރިޒޯޓްސް މޯލްޑިވްސް ސާފިންގް ޗެމްޕިއަންޝިޕް ޓްރޮފީ އަންނަ މަހު ފަށަން ތައްޔާރު ވެއްޖެއެވެ.

މިއީ ފޯ ސީޒަންސް އިން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ 9 ވަނަ އަހަރު ކަމުގައި ވާއިރު، މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް މަހުގެ 5ވަނަ ދުވަހުއެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުގެ ސާފިންގް ޗެމްޕިއަނުން ބައިވެރިވާ މި މުބާރާތް އޮންނާނީ ފޯ ސީޒަންސް ކުޑަ ހުރާގައި އޮގަސްޓް 5ން 12ގެ ނިޔަލަށެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ސާފިންގް މުބާރާތުގެ ގޮތުގައި މަޝްހޫރު ވެފައިވާ މި މުބާރާތުގައި ވާދަ ކުރާނީ 6 ރާޅާ އެރުންތެރިންނެވެ.

މުބާރާތުގައި 3 ކެޓަގަރީ އެއް އޮންނަ އިރު، ކޮންމެ ކެޓަގަރީ އަކަށް ފަހު ޕޮއިންޓް ދެވިގެން ދާނެއެވެ. އަދި އެންމެ ގިނައިން ޕޮއިންޓް ހޯދާ ރާޅާ އެރުންތެރިޔާ އަށް 25،000 ޑޮލަރުގެ ބޮޑު ފައިސާގެ އިނާމެއް ލިބިގެން ދާނެއެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ރާޅާ އެރުންތެރިން

ޖޮއެލް ޕާކިންސަން – އޮސްޓްރޭލިއާ

ކައި ލެނީ – ހަވާއީ

ވިގޮލީ ޑަންޓަސް – ބްރެޒިލް

މެޓް ވިލްކިންސަން – އޮސްޓްރޭލިއާ

މުހައްމަދު ފަޔާޒް – މޯލްޑިވްސް

ޖޮޝް ކާ – އޮސްޓްރޭލިއާ (އެންމެ ފަހުގެ ޗެމްޕިއަން)