މޮރިޝަސްގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީން) ދިވެހި ޓީމް 15 މެޑަލް ގެނައިއިރު، އޭގެ ތެރެއިން ހަތަރު މެޑައްޔަކީ ރަން މެޑައްޔެވެ. ދިވެހި ކުޅިވަރު ތާރީހުވެސް ދުތް އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ހާއްސަކޮށް އަންހެން ޓީޓީ ޓީމުން މުޅި ރާއްޖެ ހެއްވާލިއެވެ. އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ ވަހީދާއި 15 އަހަރު އައިޝަތު ރަފާ ނާޒިމްގެ ހުނަރާއި، ގައުމީ ޖޯޝުން މުޅި ގައުމަށް ހިތްވަރާއި އުންމީދު އާވެގެންދިޔައެވެ.

އެޓީމު މާލެ އައުމުންވެސް، އެތަކެއް ރައްޔިތުންނެއް ޖުމްހޫރީ މައިދާނަށް އެއްވެ، ޓީމަށް ފުރިހަމައަށް މަރުހަބާ ކިޔާފައިވާއިރު، ރަން މެޑްލް ހޯދި އެތުލީޓުންނާއި ކޯޗުން ފުރަތަމަވެސް ފޭބުމާއެކު ވަނީ މާފަތިތަކާ މާ ގޮށިތަކުން މަރުހަބާ ކިޔާފައެވެ. ސިފައިންގެ ހާއްސަ ގައުމީ ޝަރަފުގެ ވެދުމެއް އެރުވިއިރު، އާއިލާތަކުން ދިޔައީ ލޯތްބާއެކު ކުޅުންތެރިންނަށް ހިތުގެ ފުންމިނުން މަރުހަބާ ކިޔަމުންނެވެ. މުޅި ޖުމްހޫރީ މައިދާން ފެނުނީ ހެވި ދިއްލިފައިވާތަނެވެ.

ރަން މެޑަލް ޓީމު ތުލުސްދުއަށް --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ރާއްޖޭގެ ކޮންމެ ކާމިޔާބީއަކީ އަތޮޅު ތެރޭގެ ބޮޑު ހިއްސާއެއް އޮންނަ ކަމަކަށްވާއިރު، މިފަހަރުގެ މެޑަލިސްޓުންގެ ތެރޭގައި ހިމެނޭ ބައެއް އެތުލީޓުންގެ ރަށްތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓުއާ ފަށާފައި ވަނީ ކ. ތުލުސްދޫންނެވެ. ބީޗް ވޮލީ ކުޅުންތެރިޔާ ޝިއުނާޒް އަބްދުލް ވާހިދު (މެންކޭ)ގެ އަމިއްލަ ރަށް ނޫންނަމަވެސް، އޭނާގެ ހިތުގައިވާ "ހޯމް"އަކީ އެއީއެވެ.

އުމުރުން 11 އަހަރުން ފެށިގެން މެންކޭ އުޅެފައިވާ ތުލުސްދުއަށް އޭނާ ދިޔައީ ފަހުރުވެރިވާ ފަދަ ކާމިޔާބީއަކާއެކުގައެވެ. ބީޗް ވޮލީ ޓީމު އިވެންޓުން ލޯ މެޑަލް، އާދަމް ނަސީމްއާއި މެންކޭގެ ޕެއާ ވަނީ އިންޑިވިޖުއަލް އިވެންޓުން ރާއްޖެއަށް ރިހި މެޑަލް ގެނެސްދީފައެވެ.

ރަން މެޑަލް ޓީމު ތުލުސްދުއަށް --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ރަށަށް އެރުމާއެކު ސަގާފީ އެތައް ހަރަކާތަކާއެކު ރަށުގެ އެތައް ރައްޔިތުންނެއް ނުކުމެ، މެޑަލިސްޓުންނަށް މަރުހަބާ ކިޔާފައިވާއިރު، ކުޅިވަރުން އަނެއްކާވެސް ތަފާތު ދައްކުވައިފިއެވެ. މެޑަލްތައް ހޯދާ، ގައުމު ފަހުރުވެރި ކޮށްދިން ދަރީންނަށް އިހުތިރާމް ލިބެމުންދަނީ ގެނެސްދިން އުންމީދުންނެވެ.

މިފަދަ އިތުރު ދަތުރުތައް ކުރިއަށް ރޭވިފައި ހުރުމާއި މިފަދަ މަންޒަރުތައް އެހެން ރަށްރަށުން ވެސް ފެނިގެން ދާނެ ކަމާއި މެދު ޝައްކެތް ނެތެވެ،

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަވްމު

    މުސްތަގުބަލް ތި ފެންނަނީ ބަނަކޮށް. ބުރުގާ އަޅާފައި ހުރި އެންމެ ކުއްޖެއްވެސް ހިމެނޭތޯ؟

    4
    3
  2. ރައްޔިތެއް

    ތިކަންވެސް ވިއްޔާ ރަނގަޅު. އަހަރެންވެސް އެކުދިންނަށް މަރުހަބާ ކިޔަން ދެކިލަން ބޭނުން