މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްތިއާނޯ ރޮނާލްޑޯ އޭނާގެ އަގުބޮޑު ގެއެއް ޕޯޗުގަލްގެ ޓީމް މޭޓް ޕެޕޭ އަށް ވިއްކާލައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ރޮނާލްޑޯގެ އެތައް ގެއެއް ހުންނަ އިރުގައި ޕެޕޭ އަށް ވިއްކާލާފައި ވަނީ 2012 ވަނަ އަހަރު ތެރޭގައި ރޮނާލްޑޯ ގަތް ގެއެކެވެ. ޕޯޗުގަލްގެ ހަމައެކަނި ނެޝަނަލް ޕާކު ތެރޭގައި ހުންނަ އެ ގެއަކީ މީހުން ދިރިއުޅޭ ހިސާބާއި ވަކިން އެކަހެރި ކޮށް ފަރުބަދަ މަތީ ހިސާބެއްގައި ހުންނަ ގެއެކެވެ.

ޕެޕޭ އަށް ވިއްކައިލި ގެ

3.5 މިލިއަން ޕައުންޑަށް ރޮނާލްޑޯ ގަތް އެ ގޭގައި ހެލިކޮޕްޓަރު ޖެއްސޭނެ އިންތިޒާމްވެސް ހުންނަ އިރު، އެ ގެއިން ވަރަށް ހިތްގައިމު ކޯރެއްވެސް ފެންނަން އޮވެއެވެ. ރޮނާލްޑޯ ގަތް އަގަށް ވުރެން 1.5 މިލިއަން މަދުން ޕެޕޭ އަށް އެ ގެ ވިއްކާލުމުން އެތައް ބަޔަކު ވަނީ ރޮނާލްޑޯ އަށް ތައުރީފް ކޮށްފައެވެ.

ޕޯޗުގަލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގެ ވިއްކާލުމުގެ މަޝްވަރާތައް މި ދެ ކުޅުންތެރިން ކޮށްފައި ވަނީ ޔޫއެފާ ނޭޝަންސް ލީގުގެ ތެރެއިންނެވެ.

ގެ ކައިރީ އޮންނަ ކޯރު

ތުރުކީގެ ބެސިކްޓާސް އަށް ކުޅުމަށް ފަހު ޕެޕޭ މިހާރު އަންނަނީ އޭނާގެ އަމިއްލަ ޤައުމުގެ ކްލަބެއް ކަމުގައިވާ ޕޯޓާ އަށް ކުޅެމުންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ރޮނާލްޑޯ ވިއްކާލި ގެ ހެދުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު އެގޭ ޑިޒައިން ކުރުމަށްވެސް ރޮނާލްޑޯ އެހީތެރި ވެދީފައިވާ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    އިންވިސިބަލް ހައުސް

  2. ޔޫތު

    މަށަށް 2މިލިއަނެއްހާ ޕައުންޑް ހަދިޔާ ކުރުމަށް ނުވިސްނަންތޯ

  3. ފޭން

    ރޮނާލްޑޯ އަކީ އެހެން ނޫނަސް ރަނގަޅު މީހެކޭ!