ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) ގެ ތަރި ނޭމާ އެ ކްލަބަށް ރަސްމީ ހައިސިއްޔަތަކުން ދެން ނުކުޅޭނެ ކަމަށް ބުނެ އެކަން އެ ކްލަބުގެ މެނޭޖްމަންޓަށް އަންގައިފިއެވެ.

ޕީއެސްޖީ ދޫކޮށް ކުރީގެ ކްލަބު ބާސެލޯނާއަށް ދާން ކެތް މަދުވެފައި ހުރި ނޭމާ މިހެން ބުނެފައި ވާއިރު، މީގެ ކުރިން އޭނާ ވަނީ އެ ކްލަބުގެ ޕްރެކްޓިސް ތަކުގައިވެސް ބައިވެރި ނުވާނޭ ކަމަށް ބުނެފައެވެ. ނަމަވެސް، ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެ ކްލަބުން ބާއްވާ ޕްރީ ސީޒަން ޓުއާގައި ނޭމާ ވަނީ ބައިވެރިވެފައެވެ. އޭނާ ތަމްރީންތައް ހަދަމުން އަންނަނީ ޓީމާއި ވަކިން އަމިއްލަ އަށެވެ.

ޕީއެސްޖީން ނޭމާ ދޫކޮށްލަން ބޭނުން ނުވާ އިރު، އެ ކްލަބުން ބޭނުންވަނީ އޭނާ އަދި އެއް އަހަރު އެ ކްލަބުގައި މަޑު ކުރުވާށެވެ. އަދި މި ޓްރާންސްފާ މާކެޓުގައި އޭނާ އަށް އެހެން އެއްވެސް ކްލަބަކަށް ނުދެވޭނޭ ކަމަށްވެސް އެ ކްލަބުން ވަނީ ނޭމާ އަށް އަންގާފައެވެ.

އެހެން ނަމަވެސް، ޕީއެސްޖީގެ އެ ނިންމުން ގަބޫލު ކުރަން ނޭމާ ދެކޮޅު ހަދާ އިރު، އޭނާ އަންނަނީ މެދު ނުކެނޑި ބާސާ އަށް ދިއުމަށް މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ. 2017ވަނަ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބާސާ އިން ޕީއެސްޖީ އަށް ބަދަލުވި އުމުރުން 27 އަހަރުގެ ފޯވާޑް ބާސާ އަށް ގެނައުމަށް ޓަކައި އެ ކްލަބުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެހެހެ

    އެއްފަހަރު ހަބަރު ތަކުގައި ލިއާނެ ބާސާގެ ރައީސް ބޭނުމެއްނުވޭ ނޭމާގެ އަހުލާގީ މައްސަލަތައް ހުންނާތީވެ އޭނާ އެކުލަބައް ގެންދަން.