ލެސްޓާ ސިޓީގެ ޑިފެންޑަރ ހެރީ މެގުއާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސް ވެއްޖެއެވެ.

މެގެއާ ޔުނައިޓެޑަށް ބަދަލުވެފައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައެވެ. އެއީ 80 މިލިއަން ޕައުންޑުގެ އަގަކަށެވެ. ޔުނައިޓެޑުން މެގެއާ ހޯދަން މިއަދު ތިންވަނަ ބިޑެއް ކުރީ ލެސްޓާއިން އޭނާ ވިއްކާލަން ބުނެފައިވާ އަގަށްވުރެ ފަސް މިލިއަން ޕައުންޑް ބޮޑުކޮށެވެ. އުމުރުން 26 އަހަރުގެ މެގެއާ މި ހަފްތާ ތެރޭގައި ޔުނައިޓެޑްގެ މެޑިކަލް ފުރިހަމަ ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މިދިޔަ އަހަރުގެ ޓްރާންސްފާ ސީޒަންގައި ލިވަޕޫލުން ވާޖިލް ވެން ޑައިކް އެ ކްލަބަށް ގެންދިޔައީ 75 މިލިއަން ޕައުންޑަށެވެ. ޔުނައިޓެޑުން ވަނީ މެގެއާގެ ޓްރާންސްފާއެކު އެ ރެކޯޑު މުގުރާލާފައެވެ. މެގެއާއަށް ޔުނައިޓެޑުން އަބަދުވެސް ފާރަލަމުންދިޔައިރު، އޭނާ ގެންދަން ޔުނައިޓެޑުން ފަސް ޖެހިފައި ވަނީ ލެސްޓާއިން ކިޔާ އަގުބޮޑުވުމުންނެވެ.

2011 ވަނަ އަހަރު ޝެފިލްސް ޔުނައިޓެޑުން ކެރިއަރު ފެށި މެގެއާއަކީ 2014 ވަނަ އަހަރު ހަލް ސިޓީ ޕްރިމިއާ ލީގަށް ކޮލިފައި ކޮށްދިން ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ލެސްޓާއާއެކު ލީގުވެސް އުފުލާލި މެގެއާއަކީ އިނގިރޭސި ގައުމީ ޓީމުގެވެސް ފުލް 11އިން ޖާގަ ހޯދަމުން އަންނަ ޑިފެންޑަރެކެވެ. ހާއްސަކޮށް މެގެއާގެ ކުޅުން މިދިޔަ އަހަރު ވޯލްޑް ކަޕްގައި ފާހަކަ ކޮށްލެވުނެވެ.