ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާއާ ގުޅުވައިގެން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއަށް ގައުމީ ޓީމުގައި ތިިން މަސް ދުވަހުގެ ސަސްޕެންޝަނެއް އައިސްފިއެވެ.

މެސީގެ ސަސްޕެންޝަނަކީ ހަމައެކަނި ގައުމީ ޓީމުގެ މެޗުތަކަށް އައި ސަސްޕެންޝަނެކެވެ. މިފަހަރުގެ މުބާރާތުގައި އާޖެންޓީނާއަށް ތިންވަނަ ލިބުނު ނަމަވެސް، އެޓީމުން މުބާރާތް ނިންމާލީ މާޔޫސް ކަމާއެކުގައެވެ. ތިންވަނަ ހޮވި މެޗުގައި މެސީއަށް ރަތް ކާޑު ދެއްކިއިރު، މެޗަށްފަހު މެސީ ބުނީ ކޮޕާ އެމެރިކާއަކީ ކޮރަޕްޝަނުން ފުރިގެންވާ މުބާރާތެއް ކަމަށެވެ. އަދި އޭގެ އިތުރުން އޭނާ ބުނެފައި ވަނީ އެ މުބާރާތް ކުރިއަށް ދަނީ ބްރެޒިލަށް ތަށި ނެގޭނެ ގޮތަކަށް ކަމަށާއި، ބްރެޒިލަށް ވަރަށް ބޮޑަށް ފޭވާ ކޮށްފައިވާ ކަމަށެވެ.

އެފަހަރުގެ މުބާރާތުގެ މައްސަލައަކާ ގުޅިގެން މެސީއަށް މީގެ ކުރިންވެސް ސަސްޕެންޝަނެއް އައިސްފައިވާއިރު، އޭނާ ވަނީ 41،121 ޕައުންޑްގެ އަގަކުން ޖޫރިމަނާވެސް ކޮށްފައެވެ. އާޖެންޓީނާއިން ޗިލީ، މެކްސިކޯ އަދި ޖަރުމަނާ ދެކޮޅަށް ސެޕްޓެމްބަރާ އޮކްޓޯބަރުގައި ކުޅޭ މެޗުތައް މެސީއަށް ގެއްލޭނެއިރު، މައްސަލަ އިސްތިއުނާފް ކުރުމަށް މެސީއަށް ވަނީ ހަތް ދުވަސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ތާރީޚް

  މެސީ އަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ އޭ ބުނެވޭކަށް ނެތް. އިންޓަނޭޝަނަލް ފެންވަރުގައި ކެޕްޓަން ބޭންޑް އަޅައިގެން ގައުމީ ޓީމަށް އެންމެ ވޯލްޑް ކަޕެއް ހޯދިފައެއްވެސް ނެތް.

  11
  17
  • ސްޓެޓްސް

   ވަރަށް ބޮޑު ތެދެއް. އެކަން މެސީގެ ސަޕޯޓަރުންނަށް ގަބޫލު ކުރަން ދަތި ވިއަސް ތިހަގީގަތް ތާރީހުން ފެންނަން އޮންނާނެ. ޕެލޭ، މަރަޑޯނާ، ޒިދާން، ބްރެޒިލްގެ ރޮނާލްޑޯ އަދި ރޮނާލްޑީނިއޯ ވަނީ ކެޕްޓަން ބޭންޑް އަޅައިގެން އެމީހުންގެ ގައުމަށް ވޯލްޑްކަޕް އާއި އެހެނިހެން އިންޓަނޭޝަަނަލް މުބާރާތްތައް ވެސް ކާމިޔާބު ކޮއްދީފައި.

   8
   6
 2. ޕެލޭ

  ގައުމައް ކޮން ކާމިޔާބީ އެއް ހޯދުނީ

  8
  7
 3. އަހުމަދު ނާއިލް

  މެސީ އަކީ އެންމެ މޮޅު ކުޅުންތެރިޔާ.

  10
  11
 4. ޢަބްދުﷲ

  ދުވަހަކުވެސް މޮޅުކުޅުންތެރިޔާކަން ހޯދިފައި ނުވާމީހުން އިބަހުރި އެހެން ހުރިހާ ތަށިތަކެއް ހޯދާފައި އެއީ އެހެންވާކަމެއްނޫން ، އިންޑުވިޖުއަލީ މޮޅުވާހަކަ މިދައްކަނީ، ރޮނާލްޑޯއާއި މެސީ އަކީ ހަމަ މިވަގުތު ދުނިޔޭގެ ފެންވަރުގައި އެންމެގިނަ ކާމިޔާބީ ހޯދާފައިވާ ކުޅުންތެރިން.

  6
  3
 5. ޙަސަން

  ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއޭ ބުނަނީ ކޮންމެހެން ޤައުމީ ޓީމަށް ތަށިހޯދައިދޭ މީހަކަށް ނޫނެވެ. 5 ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމާައި އެހެނިހެން އެވޯރޑްތައް ހޯދައި އެންމެންގެ ކުރިމަތީގައި އެދައްކާލާ ޖާދޫއެއްފަދަ ކުޅުމުންނެވެ. ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން މޮޅަށް ކުޅެންޏާ ވޯލްޑްކަޕާ ޔޫރޯ ލިބިދާނެ. އެކަމަކު އެއީ އަދި އެންމެ މޮޅު ކުޅުންތެރިޔާ ނުހިމެނޭ ޓީމަށް ވެދާނެއެވެ. ތިޔަ ޕެލޭއަށް މަރޭއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ލިބުނީ ކިތަށްފަހަރުތޯ ބަލާބަލާށެވެ.