ޒަމާނުންސުރެ ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑުގެ ގޮތުގައި ބަލަމުން އަންނަ ގަލޮޅު ދަނޑު ބަންދުކޮށް، އެ ދަނޑުގައި ކުޅެން އޮތް މެޗުތައް ހުޅުމާލޭ ޓްރެކުގައި އޮންނަ ދަނޑަށް ބަދަލު ކުރަން ނިންމައިފިއެވެ.
މިގޮތަށް ކަންތައް ކުރައްވަން ނިންމަވާފައި ވަނީ މިނިސްޓާރ އޮފް ޔޫތް އެންޑް ސްޕޯޓްސްއިންނެވެ. ވަގުތީ ގޮތުން ގަލޮޅު ދަނޑު ބަންދުކޮށް، ހުޅުމާލެ ޓްރެކަށް ކުޅުން ބަދަލު ކުރަން ނިންމާފައި މިވަނީ ގަލޮޅު ދަނޑު މަރާމާތު ކުރުމުގެ ގޮތުން ކަމަށް މިނިސްޓާރ މަހްލޫފް ވިދާޅުވިއެވެ.
ގަލޮޅު ދަނޑު ބޭނުން ކުރަމުން އަންނަތާ 40 އަހަރު ވެފައި ވާއިރު، މެޗުތައް ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުން ތިބޭ ސިޑިބަރިތައް، ބޭނުން ނުކުރެވޭ ވަރަށް ބާވުމުގެ ސަބަބުން އެތަނުން ބައެއް ސިޑި ބަރިތައް މިހާރު ވަނީ މަރާމާތައް ބަންދުވެސް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
ބައެއް ސިޑިބަރި ތަކުގައި ދުވަސްވުމުގެ ސަބަބުން ރެނދުވެސް ލާފައި ވާއިރު، އެ ހާލަތަށް ގޮސްފައިވާ ސިޑިބަރިތައް އަލުން އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް ގަލޮޅު ދަނޑު ބަންދު ކުރުމުން، ޕްރިމިއާ ލީގުގެ މެޗުތަކާއި އެނޫންވެސް ބޮޑެތި މެޗުތައް ކުޅެން ޖެހޭނީ ހުޅުމާލޭ ޓްރެކުގައި އޮންނަ ދަނޑުގައެވެ.
ހުޅުމާލޭ ދަނޑުގައި ވިނަ އިންދުމުގެ މަސައްކަތާއި ލައިޓިންގް ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ބޭރުގެ ފަރާތަކާއި ގުޅިގެން އަވަސް މުސްތަގުބަލެއްގައި ފެށުމަށް ހަމަޖެހިފައި ވާއިރު، މިނިސްޓާ މަހްލޫފް ވިދާޅުވެފައި ވަނީ ހުޅުމާލޭ ޓްރެކުގެ މިންތައްވެސް ދިމާ ނުވާ ކަމަށާއި، ޓްރެކުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެތްލެޓިކްސް ބޭނުން ތަކަށް ވުރެން އެ ދަނޑު ބޮޑަށް ބޭނުން ކުރެވިގެން ދާނީ ފުޓްބޯޅައިގެ ކަންކަމުގައި ކަމަށް މިނިސްޓާ ވިދާޅުވިއެވެ.
ސަކަރާތޭ
އޮލިނޕިކް ގޯލްޑް މެޑަލް ހާސިލްކޮއްފަވާ އެތްލީޓަކު ތިޔަތަނުގަ ވަނީ 2 ފަހަރެއްގެ މަތިން ތަމްރީންތައް ހަޑާފަ އޭނަބުނާގޮތުން ޓޮރެކް ރަންގަޅު. ނަމަވެސް މަހުލޫފުމެން ދުވެހަދަން ކަމުނުދަނީތާ.
އަހަރަށް ކަނޑައެޅި 30 މިލިއަން ކާލައިގެންނު ވަގުން ތިތިބީ. ދެން އެމްއެމްޕީއާރްސީން ރީލޯޑޭ ކައްވާލި ފައިސާގަނޑުން ދަނޑު މަރާމާތު ކޮށްލާ. އަލިފާން ކައިގެެން އަބަދު ތެޅިއަރުވާނެ ކަމެެއް ނެތް.
މިލިއަން ޑޮލަރަށް ޓުރެކު އަޅާ ނިމޭއިރަށް މިބުނަނީ ބޭނުންނުކުރެވޭނެއޭ، ޒިންމާވާމީހަކުނެތް.
ގަލޮޅު ދަނޑު އެއްކޮށް ބަންދު ކުރުމަށްފަހު، ހުޅުމާލޭ ދަނޑުގައި ތިކަން ކުރާނަމަ މެޗްބަލަން އަންނަ މީހުން އިތުރު ކުރެވިދާނެ. ދަނޑުގެ ސިޑިބަރީގެ މަތީގައި ސައިބޮވޭނެ ކެފޭތަކަކާއެކު ތިތަން ހުޅުވީމާ އަދި މާގިނަ މީހުން ވަންނަން ފަށާނެ. އެންޓަރޓެއިން ކުރެވޭނެ އެހެން މަގުތައްވެސް އެތަނުގައި ހުންނަންވާނެ. އޭރުން ފުޅުބޯޅަ ފޯރި ހިފާނީ. ދެން ކުރަންވީކަމަކީ، ސިޔާސީ ޕާޓީތަކާ ގުޅުވާލައިގެން ކްލަބްތައް ރުކުރުވާލާންވީ. އޭރުން މެޗް ބަލަން ދާ މީހުން އިތުރުވެ ފުޓްބޯޅައިގެ ފޯރި ގަދަވާނެ.
ބީޓް ދަ ކޮމިޔުނިސްޓްސް