އއ. މަތިވެރީގައި ކުރިއަށް ގެންދާ ހެޕީ މާކެޓް ޔޫއެސްސީ ފުޓްސަލް ކަޕްގެ ގުރުއަތު ނަގައިފިއެވެ.

ރޭ ކުރިއަށް ގެންދިޔަ ގުރު ނެގުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހްސާނެވެ.

މުބާރާތުގައި އަށް ޓީމަކުން ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައިވެސް ހަތަރު ޓީމެއް ވާދަކޮށް، އެއްވަނަ އަދި ދެވަނަ ޓީމު ކުޅޭނީ ސެމީގެ މެޗުތަކެވެ. ގްރޫޕް ސްޓޭޖުގައި 12 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ފަށާނީ އޮގަސްޓް ނުވަވަނަ ދުވަހުއެވެ.

ގްރޫޕް އޭ: އެފްޓީ ވޭލިއެންޓް، ޒެނިކް ސްޕޯޓްސް ކްލަބު، ވީއެޗް އެފްޓީ، އާރްބީޖީ

ގްރޫޕް ބީ: ރޯޔަލް ނައިޓްސް، ޔަންގް ޕްލޭޔާސް، މަރންސް، ޑައިނަމިކް

ރޭގެ ރަސްމިއްޔާތުގެ ތެރެއިން ---

ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ހެޕީ މާކެޓެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މަތިވެރީ ފުޓްސަލް ދަނޑުގައެވެ.

ޗެމްޕިއަން ޓީމަށް 30،500 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ.

ކުރިއަށް އޮތް އަލްހާ އީދާ ގުޅިގެން މަތިވެރީގައި ޔޫއެސްސީ ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، އެ ރަށުގައި އިތުރު ގިނަ ހަރަކާތްތަކެއްވެސް އީދާ ދިމާކޮށް ކުރިއަށްދާނެއެވެ. ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި ނަން ވިދާ ކުޅުންތެރިން ފެންނާނެ ކަމަށްވެސް އިންތިޒާމް ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.