އާޖެންޓީނާގެ ޕައުލޯ ޑީބާލާ ކިޔާ މުސާރަ ބޮޑުކަމުން، މެންޗެސްޓާ ޔުނައިޓެޑުން އޭނާ ގެންދިޔުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލައިފިއެވެ.

މީގެ ކުރިން މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޔުނައިޓެޑުން ޑީބާލާ ބޭނުންވީ ޖުވެންޓަސްއަށް އެޓީމުގެ ފޯވަޑް ރޮމެލޫ ލުކާކޫ ދިނުމަށްފަހުގައެވެ. އެކަމަށް ޔުނައިޓެޑުން މަސައްކަތްކޮށް، ޔުވެންޓަސްއާއެކު ވާހަކަތައް ދެއްކި ނަމަވެސް، ޑީބާލާ ކިޔާ މުސާރަ މާ ބޮޑުވުމުން ޔުނައިޓެޑުން ޑީބާލާ ގެންދިޔުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ.

އުމުރުން 25 އަހަރުގެ ޑީބާލާ ޔުވެންޓަސްއާ ގުޅިފައި ވަނީ 2015 ވަނަ އަހަރުއެވެ. ޔުވެންޓަސްއާ ރޮނާލްޑޯ ގުޅުނު ހިސާބުން ޑީބާލާގެ އަސްލު ކުޅުން ނުފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ބައެއް މެޗުތަކުގައި ޑީބާލާ ބެންޗުން ފަށާއިރު، އަނެއްކޮޅުން ލުކާކޫވެސް ޔުނައިޓެޑުގައި ހުރީ ހިތްހަމަ ޖެހިގެން ނޫނެވެ. މިދިޔަ ސީޒަންގައި 12 ގޯލް ޖެހި ލުކާކޫ މި ސީޒަންގައި ޔުނައިޓެޑު ދޫކޮށްލަން މަސައްކަތް ކުރާއިރު، ޔުވެންޓަސްއިން ބޭނުން ނޫން ނަމަ، އިންޓަ މިލާ އޮތީ ލުކާކޫ ގެންދައް ތައްޔާރަށެވެ.

ޔުނައިޓެޑުން އެޓީމުގެ ޑިފެންސް ރަނގަޅު ކުރުމަށް އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު ހެރީ މެގުއާ ގެންގޮސްފައިވާއިރު، ޔުނައިޓެޑުން ދެން ގެންދައި އެރޮން ވެންބިސާކާއެވެ. ޕްރި ސީޒަންގެ މެޗުތަކަށް ބަލާއިރު، ޔުނައިޓެޑްގެ ފަހަތުން ވެންބިސާކާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.