މި ގައުމުގެ އެންމެ ވަރުގަދަ ފަސް މީހުންގެ ނަން ހަނދާނަށް އަންނަ އިރު އަލީ އަސްފާގު (ދަގަނޑޭ) ހިމެނޭނެ ކަމަށާއި އޭނާގެ މެންޓަލް މައްސަލައެއް ހުރިކަމަށް ބުނާނަމަ ފުޓްބޯޅަ އާއި ގުޅުންހުރި ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަން ޖެހޭކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗް މުޙައްމަދު ނަޒީޙް ބުނެފިއެވެ.

ދިވެހި ލީގުގައި މިރޭ ކުޅެން ހަމަޖެހިފައިވާ ނިއުރޭޑިއެންޓާއި ވިކްޓަރީ ބައްދަލުކުރާ މެޗްގެ ޕްރީ ކޮންފަރެންސްގައި ވާހަކަ ދައްކަމުން ނަޒީޙް ބުނީ ދަގަނޑޭގެ ބޮލަށް ބޭސް ކުރާ ވާހަކަ ދެއްކުން އެއީ މައްސަލައެއް ކަމަށާއި އަދި ފުޓްބޯޅައިގައި އުޅޭ މީހުން ދަގަނޑޭގެ ދިފާއުގައި ކޮންމެވެސް ވަރަކަށް ބަސް ބުނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މިސާލަކަށް 5 ނަން ކުއްލިއަކަށް ހަނދާން ކޮށްލާއިރު މި އަންނަނީ މުޙައްމަދު ތަކުރުފާން، ރައީސް މައުމޫން، ޔާމީން، ނަޝީދު، ދަގަނޑޭ. އަންނައިރު އޭނަގެ ބޮލަށް އެބަޖެހޭ ބޭސްކުރަން. މީ މައްސަލައެއް ނޫންތޯ. ބޮލަށް ބޭސްކުރަންޖެހޭ ވަރުގެ އޯޑިނަރީ ޕްލެޔާ އަކަށް އޭނާ ހަދައިފި. އެހެންވީމަ މިކަހަލަ ބައިވަރު ކަންތައްތަކެއް މިގައުމުގައި ހިގަމުންދާ ދަޑިވަޅެއްގައި އަޅުގަނޑުމެން ފުޓްބޯޅައިގެ މީހުން އެބަޖެހޭ ކޮންމެސް ވަރަކަށް މިއަށް ބަސްބުނަން" ނަޒީޙް ބުންޔެވެ.

ނިއުގެ އެސިސްޓެންޓް ކޯޗް އަސްރަފް ލުތުފީ (ސަމްޕަތު) ވެސް ބުނީ ދަގަނޑޭގެ މެންޓަލީ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއި އޭނާ ހުރީ މިރޭ މެޗްގައި އޭނާގެ ފެންވަރު ސާބިތުކޮއްދޭން ތައްޔާރަށް ކަމަށެވެ.

މިދިޔަ ހަފްތާގައި ބޫޓާން އާއި ދެކޮޅަށް ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗްގެ ޕްރެސް އަށް ނުދިޔުމުން އަލަށް ގައުމީ ޓީމްއާއި ހަވާލުވި ޕީޓާ ސެގަޓް ދަގަނޑޭ ސްކޮޑުން ބޭރުކޮށްލުމުން އޭނާ އަށާއި އެފްއޭއެމް އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އާންމުކޮށްވެސް މީޑިޔާ އާއި ދުރުގައި އުޅެ ދަގަނޑޭ ޕްރެސް އަކަށް ނުދިޔުމުން އެއީ ދޭންޖެހޭ އަދަބު ނޫން ކަމަށާއި އެއަށް ވުރެ ކުޑަ އަދަބު ދެވިދާނެ ކަމަށް ގިނަ މީހުން ވާހަކަދެއްކިއެވެ.

އެދުވަހުގެ ޕްރެސްއަށް ދަގަނޑޭ ނައުމުން އެކަން ފޫބެއްދި އަޑުބަރޭ ވެސް ވަނީ ފަހުން ހަމަ އެދުވަހު ގައުމީ ޓީމުން ރިޓެއާ ކުރީ ކަމަށް ބުނެ ބޫޓާން އާއި ދެކޮޅަށް ކުޅުނު މެޗް ނުކުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިންނާ

    ނަޒީހު ތިޔަބުނީ ތެދެއް.

  2. ހުސޭނުބޭ

    ނަޒީހު ތިކިޔާ ބައެއް މީސްމީހުން ބޮލަށް ބޭސްނުކުރާކަން އެގެނީ ކިހިނެއް! މިހާރުވެސް އެކަކު މައިބަދައަށް ބޭސްކުރަން ގޮސް އެތާ އޮވެ ގޮވަނީ މޮޔަ އެއްޗެތި. ލަންކާގައި ބޮލަށް ބޭސްކުރަނީކަން ނޭގެ. އަސޭލާ ކައިރީގައި.

  3. މޮހޮނު

    ނަޒީހުމެން ސުޒޭންމެން އަށް ހަޖަމެއްނުވާނެ ގައުމީ ޓީމަށް ރަގަޅު ކޯޗެެއް އައީމަ. ސެމްޕަލް ކެފޭ ކޮފީ މޭޒުން ގައުމީ ޓީމް ސެލެކްޝަން ނެހެދޭނެކަން އެގުނީމަ ނަޒީހުމެން މިތެޅެނީ. ދަގަޑޭ އަކީ ޑިސިޕްލިން ރަގަޅު ކުޅުން ތެރިއެއްނޫން

  4. Anonymous

    ދަގޭއަކީ މޮޅު ކުޅުންތެރިއެއް. ދަގޭއަކީ އަކީ ސްޕޯޓްސް ޑިސިޕްލިން %100 ކުޅުންތެރިއެއް ނޫން. އެންމެނަށްވެސް އެކަން އެނގޭ. މާ ތަފުސީލުކޮށްފިއްޔާ ވާނީ ބޭޒާރު.

  5. މުޙައްމަދު

    ދަނގަޑޭއަކީ ދިވެހިރާއްޖެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ.އެކަމް ދަނގަޑޭ އަކީ އަޙްލާގްދަށް ކުޅުންތެރިއެއް.

  6. އެއްމެން

    ޖުމުލަކޮށް ހުރިހާދިވެހީންނަށް ހިތަށް އުފާވެރިކަން ހޯދަދެވުނީ ކޮންދިވެއްސަކަށްތޯ. ޖަވާބަށް އަންނަ ދެތިްން މީހެއްގެ ތެރޭގާ ދަގަނޑޭ ހިމެނެއެވެ.