ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި ގައުމީ ޓީމުގެ ގޯލްކީޕަރު ލަބާން ޝަރީފް ރަނގަޅު ފޯމެއްގައި ހުއްޓާ، ގައުމީ ޓީމަށް ގެންގޮސް ފޯމް ގެއްލުވާލީ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
އައިއޯއައިޖީން ގައުމީ ޓީމު އައިފަހުން ލީގުގައި ގްރީންއިން ކުޅުނު ފުރަތަމަ މެޗުގައިވެސް ލަބާންއަށް ފުރަތަމަ 11އިން ޖާގަ ދީފައިނުވާއިރު، އެ މެޗުގައި ފެނުނީ ބިދޭސީ ގޯލްކީޕަރެވެ. ސުޒޭން ކުރިން ބުނެފައި ވަނީ ބިދޭސީ ގޯލްކީޕަރަކީ ބެކަޕް ކީޕަރެއްގެ ގޮތުގައި ބޭނުން ކުރާނެ ގޯލްކީޕަރެއް ކަމަށާއި، ލަބާންއަށް ފުރަތަމަ 11އިން ފުރުސަތު އޮންނާނެ ކަމަށެވެ.
ލަބާން ރަނގަޅު ފޯމެއްގައި ސީޒަންގެ ކުރީކޮޅުގައި ފެނިފައިވާއިރު، ސުޒޭން ބުނެފައި ވަނީ ގައުމީ ޓީމުން އައިއޯއައިޖީއަށް ދިޔައީ ގޯލްކީޕަރު ކޯޗަކާ ނުލާ ކަމަށެވެ.
"ބިދޭސީ ގޯލްކީޕަރު އެލެކްސް ކުޅޭނީ މި މެޗުގައިވެސް. އޭގައި އެބަހުރި ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަންތައްތަކެއް. އެއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ ޓީމު ދިޔައިރު، ދިޔައީ ގޯލްކީޕަރު ޓްރެއިނަރަކާ ނުލާ. އެކަން އެނގޭ ކިތައް ނޫސްވެރިން ތިބިތޯ؟... ކިތަން މީހުން އެކަން ފާހަގަކުރިތޯ؟، އެހެންވީމާ އެތަނަށް ދިޔަ ގޯލްކީޕަރު ތިބޭނެ ހާލު އެނގޭނެ. އެ ރިސްކް ނަގަން ގްރީން ބޭނުމެއް ނޫން،" ސުޒޭން ބުންޏެވެ.
އާންމުކޮށް ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗުގެ ގޮތުގައި އަސްލަމް އަބްދުއްރަހީމް ފާހަގަކުރެވިފައިވާއިރު، އޭނާއަށް ނުދެވޭ ހާލަތެއްގައި އެހެން ކޯޗަކުން ގެންދަން ޖެހޭނެ ކަމަށްވެސް ސުޒޭން އިޝާރާތް ކުރިއެވެ. ސުޒޭން ބުނީ އައިއައޯއައިޖީއަށް ދިޔަ ގޯލްކީޕަރުން އައީ ޗުއްޓީއަކަށް ފަހުގައި ކަމަށެވެ.
"ގައުމީ ޓީމުން ކޮންމެވެސް ސަބަބަކާ ހުރެ، ގޯލްކީޕަރު ޓްރެއިނަރެއް ނުލާ މިދިޔައީ އައިއޯއައިޖީއަށް. އެ މައްސަލައިގައި ލަބާން، ނުލާހިކު ރަނގަޅަށް ކުޅެކުޅެ ހުއްޓާ މަޑުކުރުވަން މަޖުބޫރު ކުރުވީ. އެ ނޫން ގޮތެއް ނެތް. އެއީ ބައިވަރު ތަމްރީނުތަކުގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ހުރި މީހަކާ، އެކޮޅަށް ގޮސް 14 ދުވަހު ހޮލިޑޭ ހަދާލާފަ އައި ކުޅުންތެރިޔަކާ ތަފާތު ހުންނާނެ. އެކޮޅަށް ގޮސް ލަބާނަށް މި ލިބުނީ މެޗެއް ކުޅެލުމުގެ ފުރުސަތު އެކަނި. ވަރަށް ފޯމުގައި ހުރި ކުޅުންތެރިޔަކު މަޑުކުރުވަން ޖެހުމަކީ ވަރަށް ހިތާމަހުރި ކަމެއް،" ސުޒޭން ފާހަގަކުރިއެވެ.
ގްރީންއިން މިއަދު ލީގުގައި ނުކުންނާނީ ފޯކައިދުއާ ދެކޮޅަށެވެ. އެ މެޗާ ގުޅިގެން ސުޒޭން ބުނީ ފޯކައިދުއަކީ އޯގަނައިޒްކޮށް ރަނގަޅަށް ކުޅޭ ޓީމެއް ކަމަށާއި، އެޓީމާ ދެކޮޅަށް ނުކުންނާނީ ސަމާލުވެގެން ކަމަށެވެ.
އައިއޯ އައިޖީއައްދިޔަ ބެޑްމިންޓަން ޓީމްވެސް ދިޔައީ ގައުމީޓީމްގެ ކޯޗްމާލޭގަ ބަހައްޓާފަ މެޑަލްހޯދީ ވަކިވަކި ކުޅުންތެރިންގެ ހިއްަރާ މަސަތްކަތުން އޮލިންޕިކް ކޮމިޓީއާ ސްޕޯޓްސް މިނިސްޓްރީ ވިސްނަންޖެހޭ މީކީ މިނިސްޓަރުގެ ގާތްއެކުވެރިން ކޯޗްއިންނަންޖެހޭ ބެންޗައް ލައިގެން ކާމިޔާބު ނުހޯދޭނެކަން.
ހާދަ ހަމަނުޖެހޭ ވާހަކަ ދައްކާ މީހެކޭމީ
ލަބާން ތީ މިހާރު ސަރުކާރުގެ މަތީ މަގާމެއްގައި ހުރި ބޭފުޅެއް ނޫންތަ؟
ކޮން ފޯމެއްގެ ވާހަކަތަ؟ އެއްވެސް ފޯމެއްގައި ހުންނާކަށް ނުޖެހޭނެ! ފުލުހަކަށް ހައްޤަކާނުލައި ތަޅާ އަނިޔާކުރީތީވެ އޭގެ އިމާ،ެއްގެ ގެތުން ޔޫތު މިނިސްޓަރީގެ މަތީ މަޤާމެއް ދީފައި އޮތީ! އަނީޔާވެރިކަން ނައްޓާލާ ސަރުކާރުން ހައްޤަކާނުލާ މީސްމީހުންނަށް އަނިޔާކުރާ މީހުންނަށް ހާދަ ބޮޑެތި މަޤާމުތައް ދެޔޭ!
މީހާދަމޮޅު މީހެކެދޯ ލަބާން އަށް ފޯމު އަޅާދޭންވީނު ދެން