އާސެނަލްގެ ތަރި މެސުތް އޮޒިލް އާއި އެ ކްލަބުގެ ޑިފެންޑަރު ސެއަދް ކޮލަސިނަކްގެ ފުރާނަ އަށް ނުރައްކާ ވުމުން އެ ކްލަބުން ޕްރިމިއާ ލީގުގެ މި ސީޒަނުގައި ކުޅޭ ފުރަތަމަ މެޗުގައި ބައިވެރި ވެވޭ ގޮތް ނުވެއްޖެ އެވެ.

މާދަމާ ނިއުކާސްލް އާއި ދެކޮޅަށް ނިއުކާސްލް ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތް މި މެޗުގައި މި ދެ ކުޅުންތެރިންނަށް ބައިވެރި ވެވޭ ގޮތް ނުވެފައި ވަނީ ހުސްވި ޖުލައި މަހުގެ ފަހުކޮޅު މި ދެ ކުޅުންތެރިން އެކުގައި ކާރުގައި ދަތުރު ކުރަމުން ދަނިކޮށް ސައިކަލަކުން ދިޔަ ބަޔަކު ވަނި އެމީހުން ހުއްޓުވައި، ވަޅި ބޭނުން ކޮށްގެން ފޭރެން މަސައްކަތް ކޮށްފައެވެ.

މި ހާދިޘާ ދައްކުވައިދޭ މަންޒަރު މީސް މީޑިއާގައި އާއްމު ވެފައި ވާއިރު، ސެއަދް ކާރުން ނިކުމެ، އެމީހުންނާއި ވާހަކަ ދައްކަން މަސައްކަތް ކުރުމަށް ފަހު ފައިލާ ތަން ފެނެއެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުން، އާސެނަލްގެ މެނޭޖެމަންޓުން ވަނީ އެ ކުޅުންތެރިންގެ ސަލާމަތަށް ވިސްނައި މަޑު ކުރުވަން ނިންމާފައެވެ.

2013ވަނަ އަހަރު އާސެނަލް އާއި ގުޅުނު ފަހުން އޮޒިލް އެ ކްލަބަށް 231 މެޗު ކުޅެދީފައި ވާއިރު، އޭނާ އަކީ ތުރުކީގެ ރައީސް އުރުދުގާންގެ ވަރަށް ގާތް މީހެކެވެ. އުރުދުގާން ވަނީ އޮޒިލްގެ ކައިވެނީގައި ހެއްކެއްގެ ގޮތުގައި ބައިވެރި ވެފައި ކަންވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން، އޮޒިލްގެ ހައްޓަށް ގެއްލުމެއް ވެއްޖެނަމަ، ތުރުކީ އިން އެކަމާއި ދެކޮޅަށް ތެދުވާނޭ ކަމާއި މެދު ސުވާލެއް ތެނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    ދައްކާވާހަކަދޯ. ފަލަސްތީނާ، ސީރިޔާ ފަދަ ތަންތާ ކާފަރުން ގެ ހަމަލާތަކުން ޗިސްޗިސް ވެ ޝަހީދުވެގެންދާ މުސްލިމުންގެ ބަދަލުގައި ތިޔަ އުރުދުގާން ތެދުވެ ކީއްވެ އެ ކާފަރުން ބުޑުން ލުހެނުލެވިގެން އެ އުޅެނީ؟؟؟؟؟ އަދިވެސް އޯޒިލް ގެ ހައްޓަށް ކައްޓެއް ހެރުނީމަ އުރުދުގާން ތެދުވާނޭ އިށީންނާނޭ ކިޔާ.....

    6
    24
    • ނުރަބޯ

      އޮޒިލް އަކީ މުސްލިމެއް. މިދިޔައަހަރު ޙައްޖުވެސްވި. އަދި އޭނާއަކީ މީހުންނަށް ހެޔޮ ފޯރުވާ މީހެއް. ހަމަ އެކަނި އޭނާގެ ކައިވެނީގެ ހަދިޔާގެ ގޮތުންވެސް 1000 ނިކަމެތި ކުޑަކުދިންގެ ބޮޑެތި ސާރޖަރީ ހަދައިދިން.

      25