ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ވޯލްޑް ކަޕަށް އަމާޒުކޮށްގެން ޑްރޯން ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ހައްދު ފަހަނައަޅާފައިވާ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސް އިން ދީފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ޖޫން މަހު ރަޝިއާގައި އޮންނަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތައް އަމާޒުކޮށްގެން ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އައިއެސް އިން މީގެ ކުރިންވެސް ވަނީ ދީފައެވެ. އެގޮތުން އެންމެ ފަހުން އެ ޖަމާއަތުން ނެރުނު ޕްރޮޕެގެންޑާ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނިގެން ގޮސްފައި ވަނީ އެ ހަމަލާތައް ދޭން އެމީހުން ތައްޔާރު ވަމުންދާ މަންޒަރެވެ.

ޓެލެގްރާމް އެޕްލިކޭޝަން މެދުވެރިކޮށް އައިއެސް އިން ދައުރު ކުރަމުންދާ ވީޑިއޯތަކުން ފެނިގެން ގޮސްފައި ވަނީ އާދައިގެން ޑްރޯންތަކުގައި ބޮންމާާއި މޯޓަރު ހަރުކޮށްގެން ވަކި ސަރަހައްދަކަށް ބޮން އަޅާތަނެވެ. މިއީ މިހާރު އައިއެސް އިން އިރާގާއި ސީރިއާގައިވެސް ހަމަލާ ދެމުންދާ ގޮތެކެވެ. ބެލެވޭ ގޮތުގައި ރަޝިއާގައި ވެސް އެ ޖަމާއަތުން ހަމަލާދޭން ރާވަމުން ދަނީ މިގޮތަށެވެ.

މީގެ ކުރިން އައިއެސް ޖަމާއަތުން އާންމު ކުރި ފޮޓޯއެއްގައި ވަނީ ރަޝިއާގެ ފުޓްބޯޅަ ސްޑޭޑިއަމްއެއް ކައިރީގައި އެ ޖަމާއަތުގެ ހަނގުރާމަވެރިއަކު ހަމަލާ ދޭން ތައްޔާރުވަމުންދާ މަންޒަރު ދައްކާފައެވެ. އަދި މީގެ އިތުރުން އެތައް ބައެއްގެ ލޯބި ހޯދާފައިވާ ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ކަރު ބުރިކޮށްފައި އޮތް މަންޒަރާއި އޭނާ ޖަލުގައި ބަހައްޓާފައި ހުރި މަންޒަރު ފެންނަ އެޑިޓް ކޮށްފައި ހުރި ޕޯސްޓަރުތަކެއް ވެސް އެ ޖަމާއަތުން ވަނީ އާންމުކޮށްފައެވެ.

ވޯލްޑްކަޕަށް އަމާޒުކޮށްގެން ރަޝިއާގައި ހަމަލާތަކެއް ދޭނެ ކަމަށް އައިއެސް ޖަމާއަތުން ސީދާކޮށް އަދި ނުސީދާކޮށް ބުނަމުންދާއިރު ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ މުބާރާތް އޮންނަ ދުވަސްވަރު ސެކިއުރިޓީގެ ކަންތައް ވަރަށް ފުރިހަމަ ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަދިވެސް މި ނުފޮރުއްޕާނަކުން ސަލާމަތެއް ނުވެވޭތަ.....؟؟؟

    • ޢައިއެސް މީ ނޮހޮރޮއްޕާނެއްތަ ނޫނީ ކަލޭމެންގެ ހުރި ނުކުޅެދުން ތެރިކަން ކަލޭމެނައް އިހުސާސު ކޮއްދޭ ބައެއްތަ.؟ވިސްނާލާ....