އަލީ އަޝްފާގު (ދަގަނޑޭ)، އުމުރުން 33 ކީއްކުރަން، 35 ނޫނީ 36 ނަމަވެސް، މިހާރު ކުޅޭ ފޯމުގައި ކުޅޭނަމަ، ގައުމީ ޓީމަށް ބޭނުންވެއެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކުގެ "ޓަފް"ކަން އެންމެނަށްވެސް އެނގެއެވެ. އެއީ އޭޝިއަން ކަޕަށް ރާއްޖެ ދާން އޮތް ރޫޓްވެސް މެއެވެ. މީގެ ކުރިން ރާއްޖެއިން އެފަދަ ވަރުގަދަ، އަދި ނުރައްކާތެރި މެޗުތަކަށް ނުކުންނަ ކޮންމެ ފަހަރަކު، ދިވެހީންނަށް އުންމީދު ގެނެސްދިނީ ދަގަނޑޭއެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭނެކަން ގަބޫލުވެސް ކުރާހިނދު، ދަގަނޑޭ ގައުމީ ޓީމުން ބާކީކޮށް، ފުރުސަތު ދޭން ޖެހޭ ވަކި އެހެން ކުޅުންތެރިޔަކު ނެތްކަން ހުރިހާ ދިވެހީން ކަހަލަ ގޮތަކަށް ގަބޫލުކުރެއެވެ.

މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗު ކުރިން ގައުމީ ޓީމާ ހަވާލުވީ މިހާރުގެ ކޯޗު ޕީޓާ ސެގަޓެވެ. އޭނާ ހަވާލުވީ ރާއްޖޭގެ ފުޓުބޯޅައިގެ މިސްރާބު ބަދަލުކޮށް، ޑިސިޕްލިން ޓީމެއް ބިނާ ކުރުމަށެވެ. ކޮންމެއަކަސް އޭނާގެ ފިޔަވަޅުތައް އެކަމަށް ގޯހީކީވެސް ނޫނެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު އިންތިހާއަށް ބޮޑުކޮށްލިއެވެ. ކެޕްޓަނެއްގެ ހައިސިއްޔަތުން ދަގަނޑޭ ޕްރެސްއަށް ނުދިޔުމުން ފިޔަވަޅު އެޅީއެވެ.

ދަގަނޑޭ ޓީމުން ވަކިކޮށްލަން އެޅި ފިޔަވަޅު، "އެންމެ ރަނގަޅު ނޫން" ކަމަށް އޭރުވެސް ގިނަ ބަޔަކަށް ފެނުނެވެ. ކޮންމެއަކަސް އެ ނިންމުން އޮތީ ކޯޗު އަތުގައެވެ. ދުނިޔޭގެ ގޯލް ޖެހުމުގެ ލިސްޓްގެ ކުރީ ސަފުގައި އޮތް ނަމަވެސް، އަދަބު އަންނަން ޖެހެއެވެ. މައްސަލައެއް ނެތެވެ. އެ ކުށަށް މާފަށް ނޭދުމުން ސާފް ޗެމްޕިއަންޝިޕް ސްކޮޑަށް ކޯޗު ދަގަނޑޭ ނުނެގީއެވެ. ދަގަނޑޭ ހުރީ އެއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ހެދުމަށް ތައްޔާރުވެގެންނެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު، ޕީޓާ ސެގަޓް: އޭނާ ވަނީ މީގެ ކުރިން އަފްގާނިސްތާނާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައި --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ސާފް ޗެމްޕިއަންޝިޕަށް ދާން ވެގެން ކޯޗު ދެއްކި ވާހަކައިގެ ތެރެއިން އޭނާ ފާހަގަކުރި އެއްކަމަކީ ދަގަނޑޭ އުމުރުން ދުވަސްވުމާއި، މާފަށް އެދުން ލަސްވިކަމުގެ ވާހަކައެކެވެ. ކޮންމެއަކަސް ކޯޗުގެ "އުމުރުން ދުވަސް" ވުން އެ ބަހަށް، ދަގަނޑޭ ކުޅުމުން ރައްދު ދީފިއެވެ. ލީގުގެ ކުޅުމަށް ބަލާއިރު، އެވަރެއް ނެތެވެ. އެކަން ސާފެވެ. ހަމަ ޔަގީނުންވެސް ޒުވާން ކުޅުންތެރިންނާއެކު ދަގަނޑޭ ބޭނުން ނުހިފޭނެ ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.

ދެން އޮތީ ދަގަނޑޭ މާފް ކުރި ވާހަކައެކެވެ. ދަގަނޑޭ މާފަށް އެދުނެވެ. އެހެންވިއްޔާ އެ މައްސަލަ އޮންނަންވާނީ ހައްލުވެފައި ކަމަށް ގަބޫލު ކުރެވެއެވެ.

"އަހަރެމެންނާ އަޝްފާގާ އެންމެ ފަހުން ބައްދަލުކުރެވުނީ، ޓީމު ލިސްޓު ފޮނުވުމުގެ ސުންގަޑި ހަމަވިފަހުން. ސުންގަޑިއަށް ޓީމުލިސްޓް ފޮނުވަން ޖެހޭ، އަޝްފާގު ވަނީ، އޭނާއަށް ގޯހެއް ހެދުނުކަން ގަބޫލުކޮށް އަހަރެންނާ ބައްސާމު ކުރިމަތީގައި އެކަމަށް އިއުތިރާފުވެ މާފަށް އެދިފައި. އެކަމަކު އޭރު އޮތީ މާ ލަސްވެފައި. އަހެރެން ބުނިން މިހާރު ބަލަންވީ މުސްތަގުބަލަށް ކުރެވޭނީ ކޮންކަމެއްތޯއޭ. އެކަމަކު މިހާރު މިވަނީ ވަގުތު ހަމަވެފައޭ. އަހަރެން ވަރަށް ދުރާލައި ލިސްޓު އެކުލަވައިލަން،" ދަގަނޑޭ ސާފް ޗެމްޕިއަންޝިޕަށް ނުގެންދިޔަ ސަބަބާ ގުޅިގެން ކޯޗު ކުރިން ދެއްކި ވާހަކައެއްގައި ބުންޏެވެ.

ކޯޗު ބުނީ، ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ ކަމަށާއި ދަގަނޑޭވެސް ވަނީ އެކަމަށް އެއްބަސްވެފައި ކަމަށެވެ.

"އެހެން ނަމަވެސް ހަތަރުމަސް ފަހުން މާފަށް އެދުނީމަ އެއީ ވަރަށް ދިގު މުއްދަތެއް. ކުށެއް ކުރެވިފައިވާނަމަ، އެކަމަށް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާފަށް އެދުނު ނަމަވެސް ރަނގަޅުވީސް."

ސެގަޓް ބުނީ، އޭނާއާ އަޝްފާގާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އަޝްފާގަކީ އޭނާ ވަރަށް އިހްތިރާމްކުރާ، އަދި އެހެން މީހުންވެސް އިހްތިރާންކުރާން ޖެހޭ، ދިވެހި ފުޓްބޯޅައަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ. އަޝްފާގާއެކު މިހާރުވެސް ވަރަށް ގާތް ގުޅުމެއް އެބަ އޮތްކަމަށާއި ކުރިއަށް އޮތްތާނގައިވެސް އެ ގުޅުން އޮންނާނޭ ކަަމަށް ކޯޗު ބުންޏެވެ.

ކޮންމެއަކަސް އޭވާހަކައިން އެނގޭ އެއްޗަކީ އޭނާއާއި ދަގަނޑޭއާ ޒާތީ އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށެވެ. އެކަމަކު މިފަހަރު ދަގަނޑޭ ހެދީ ކޮން ގޯހެއްތޯ އަނެއްކާވެސް ސުވާލު ކޮށްލަން ޖެހޭ ހިސާބަށް ގޮސްފިއެވެ.

ފޮޓޯ/ އެފްއޭއެމް

"އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް މިގޮތަށް (ކާމިޔާބީތައް ހޯދުމުގައި) ދެމިހުރުން. އަދި ގައުމަށް ހިދުމަތްކުރަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ކުރިއަށް އޮތް ތަނުގައި އުފަލާއެކު ހިފާނަން. ހުރިހާ ސަޕޯޓަރުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ،"

މިއީ މިހާރު އެވޯޑުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓަށްފަހު ދަގަނޑޭ ބުނި ވާހަކައެވެ. އޭނާގެ ހިތް ގައުމީ ޓީމާއެކު އޮތްކަން ސާފެވެ. ދަގަނޑޭ އެހެން ބުނެފައި ވަނިކޮށް، މިފަހަރުގެ ޓީމުންވެސް އޭނާ ބޭރު ކުރި ކަމަށް ވާހަކަތައް ދެކެވެން ފަށައިފިއެވެ. އެފަދަ ގޮތަކަށް ބެލެވިފައި ވަނީ ސްކޮޑަށް ކުޅުންތެރިން ނެގުމުގެ ކުރިން، އެފްއޭއިން ކްލަބުތަކަށް، ކުޅުންތެރިން ހޯދަން ފޮނުވާ ލިސްޓްގައި ދަގަނޑޭގެ ނަން ނެތުމުންނެވެ.

އެފްއޭއެމުން ކުލަބުތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗަށާއި އެ ދެމެޗަށް ތައްޔާރު ވުމުގެ ގޮތުން ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ޓީމުގެ ޓްރޭނިންގް ކޭމްޕްގައި ބައިވެރި ކުރުމުގެ ގޮތުން، މި އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހު 11 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ޓީމަށް ކުޅުންތެރިން ދޫކޮށް ދިނުމަށް އެދޭ ކަމަށެވެ.

އެހެން ކަމުން ގާތީ މިފަހަރުގެ ސްކޮޑަށްވެސް ދަގަނޑޭ ނުނެގުމެވެ. އެކަމަކު މިހާރު ކޯޗު ދައްކާނެ މާބޮޑު ހުއްޖަތެއް ނެތްކަމަށް އެތަކެއް ރައްޔިތުންނެއް ބުނަމުންދެއެވެ. ހާއްސަކޮށް ދަގަނޑޭ މާފަށްވެސް އެދިފައިވަނިކޮށް، އަނެއްކާވެސް ދަގަނޑޭ ނުނެގުން އެއީ ޒާތީވުން ކަމަށް ބެލެވޭނެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ޢަހުރެން

  ޔަގީން ޒާތީވެފަކަން.. ރާއްޖޭގެ ކުޅުނތެރިންގެ އުންމީދު ނަގާލާ މީހަކު ކީއްކުރަން ކޯޗުކަމުގަ ބަހައްޓަނީ.. ދަގޭ އަކީ ގައމު އުފާކޮށްދިން ކުޅުންތެރިއެއް

  64
  6
 2. ބަލާ

  ތީ ހަމަ ޒާތީ ވުން ނުން އހެން އެއްވެސް އެއްޗެއް ނޫން. ދަގޭ ޓީމަށް ވަގުތުން ގެންނަން ޖެހޭ. އެފްއޭއެމް މިކަމުގައި ނިދާފަ މިތިބެނީ މިވެސް މައްސަލައެއް.

  58
  4
 3. ޚެޖެ

  ގައުމީ ޓީމަށް ނެގި ކުޅުންތެރިން އެބަވިސްނަންޖެހޭ މިކަމާއި ފިޔަވަޅު އަޅަން.

  40
  3
 4. އަހުމަދު

  ބައްސާމް އާއި ކޯޗް މިހާރުން މިހާރައް ބޭރުކުރޭ.

  52
  4
 5. ނަން

  ދަނގަޑޭ އަކީ ދިވެހި ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ. އެހެން ނަމަވެސް އޭނާ އަބަދަކު ކުޅެން ނުހުންނާނެ ކަމާ، އެނާ އާއި ނުލާވެސް ދިވެހި ފުޓުބޯޅައަަށް ކާމީޔާބީ ހޯދަން ދަސްްކުރަންޖެހޭކަން އެބަ ގަބޫލުކުރަންޖެހޭ. ދަނގަޑޭ އާއި ނުލާ ސާފް ޗެމްޕިޔަންޝިޕް ކާމިޔާބުކޮށް ކޯޗް ސެގަޓް ވަނީ މިކަން ސާބިތުކޮށްދީފައި. އެހެންވީމާ ކޯޗުގެ ނިންމުމާއިމެދު ސާބިތުނުހިފޭ ޝައްކެއް އުފެއްދުމުގެ ޖާގައެއް ނެތް..

  18
  76
  • ީޔތު5

   އެއީ ކުޅެގެން ލިބުނު އެއްޗެއްނޫން.
   ގުރުއަތުން ލިބުނު މޮޅަކާއި އެހެން ދެޓީމެއް ކުޅުނު ގިތަކުން ލިބުނު މޮޅަކާއި ގުޅިގެން ލިބުނު ތައްޓެއް

   11
   1
 6. ބޮރޯ

  ނަން ކޮމެންޓްގަ އިން ބޭފުޅާ ބައްލަވާ ދިވެހި ޓީމުގެ ކުޅުމާށް. ސާފްގެ ގުރުނަގައިގެން ދިޔައީ. ކޮންމެ ފަހަރަކު އެހެނެއް ނުވާނެ.
  އައި އޯ އައި ޖީ ގެ ތާރީޚު ދުށް އެންމެ ދަށް ނަތީޖާ 2019ގައި.
  ދިވެހިން ފުޓްބޯޅައިގެ ޗެމްޕިއަން ޕްލޭޔަރ ބޭރުގައި.
  ބޮބީ އިރޭ މެން ޓީމަށް ނުނަގާ. ރިޒޭ މެން އެންމެ މެޗަކަށް.
  ތިން މެޗަށް ތިން ޓީމް. ކިހިނެއް މިކަން ކުރާނީ.
  ވީ އާރ ޑީޕްލީ ކޮންސާރންޑް އެންޑް ސޭޑެންޑް.

  ޕްލީޒް ޕްލީޒް ކޮންސިޑަރ ދިސް އެފް އޭ އެމް.
  ތިޔަ ކޯޗަށް ސްޓަންޓް ޖެއްސޭނީ

  33
  2
 7. ބަކުރުބެ

  ތިޔަކޯޗް މިރާއްޖޭން ބޭރުކުރަން މުޒާހަރާއަށް ނުކުތުމަށް ރައްޔިތުންނަށް ގޮވާލަމެވެ ތިޔަކޮޗް މިގައުމަށް ކޮށްދިން ކަމެއް ނިކަންބުނެދީބަލާސެވެ

  42
  4
 8. ލިން

  ކޯޗެއް ނޫން ބަންސާމު އޭނާ އެފްއޭގަ ހުއްޓާ ކޮންމެ ކޯޗެއް ހުއްޓަސް ދަގޭއަކަށް ނުދޭނެ ޗާންސެއް

  40
  2
 9. ވަޔަކުން

  މިކޯޗު އައި ފަހުން ރާއްޖޭގެ ފުޓުބޯޅަ މިދަނީ ކުރިއަކަށް ނޫން، ދަނީ ފަހަތައް.

  43
  2
 10. ޤައުމު

  ޤައުމީޓީމްގެ ކުދިންގެ ހިއްވަރެއްބޭނުންވަނީ، އަޝްފާޤުަނެތި ތިކުދިން ބައިވެރިނުވޭ.

  45
  4
 11. މަމިޔޮކާކަ

  މިފަހަރު ދަގަޑޭ ހެދި ގޯހަކީ ޒުވާކުދިން ތިއްބަ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދުން.

  48
  1
 12. 1111

  އެކަމަކަށް އިސްކޮށްފއިވާ ފަރާތް އެކަން ކޮށްފ ދައްކންދެން ކެތްތެރިކަމާއި ކިޔަމަންތެރިވާން ދިވެހީންގެ ގިނަބަޔަކު ދަސްކުރަން ޖެހޭ!
  އެހެންނުނީ އެކަމަށް މީހަކު އިސްނޮކޮށް ސަޕޯތޓަރުން ޓީމު ހިންގަންވީ ނޫންތަ!
  ގައުމީޓީމެއް ނަގައިގެން ކުޅޭތާ ވީދުވަހެއް މި އިއްޔެ އާހަމައަށް ވެއްޖެ! ތިބުނާ މޮޅެއް ނުވަތަ ކުރިއެރުމެއް އަންނަތަނެއް ނުފެނޭ. މެޗް ނިމެންދެން ބޯޅައިގަ ދެކޮޅަށް ބާރުބާރަށް ތަޅަން އަވަދިނެތިގެން އުޅޭވައްތަރު ޖަަހަނީ. މާބޮޑު ގޭމް ޕްލޭ އެއް ނުފެނޭ. ކަންކުރަން އުޅޭމީހަކަށް ރާއްޖޭގެ ކުޅުންތެރިންނާއި ފުޓްބޯޅަވެސް އެނެލައިޒް ކުރެވޭނޭ ފުރުސަތު (ވަގުތު) ލިބެންޖެހޭ. ވައްތަރަކަށް ކުޅެކުޅެ އާދަވެފަތިބި ބަޔަކަށް، ތިމާމެންގެ މޮޅުކަން ތިމާމެންނަށް ފެނިގެންއުޅޭ ބަޔަކަށް، ކިޔަމަންތެރިވާން ނޭގޭ ބަކަށް، ކިރިޔާ ކަމެއްވާއިރަށް ރުޅިދައްކާ ހަޑިކޮށް އުޅެވޭ އަދި ސަޕޯޓަރުން އަރައިގަން ޖެހޭކަމަށް ދަސްވެފއިވާ ބަޔަކަށް، ސަޕޯޓަރުންގެ އަޑާނުލާ ދުވެލެވޭނެ ކަމުގެ ޔަޤީންކަން ނަފްސައް ނެތް ބަޔަކު ހަމައަކަށް އަޅުވަން ދުވަސް ބޭނުންވާނެ.
  އެހެންނޫނީ ސަޕޯޓަރުން ކޯޗު ކޮށްދީގެން މިއޮތް ހުރިހަާދުވަހެކޭ އެއްގޮތަށް ދެކޮޅަށް ބޯޅައިގަ ތަޅާތަޅަ ތިބޭ. މިއީ ދިވެހީންގެ ތެރެއިން ބައެއްގެ ވިސްނުންހުރި ހިސާބު..

  8
  39
 13. ފޭން

  ދަގަނޑޭ ގައުމީ ސްކޮޑަށް ނަގާވަރަށްވުރެ އުމުރުން ދުވަސް ވެއްޖެ؟ މީހަކު އަންތަރީސް ވެދާނެ.

  11
  7
 14. އިބިލީސް

  ބަލަ ކަލޭމެންނަށް ހެޔޮ ގޮތެއްވެސް ނެތީތަ. ދަނގަޑޭ ހުރެގެން އޭނަ މަސައްކަތް ނުކކުރާތީ ބެވި ބެވުންތައް ހަދާން އެބަހުއްޓޭ. އޭރު އޭނަ ބޭރުކޮއްލާށޭ ކިޔާފަ ގޮވި ގޮވެލިތައް އަހަރެން ހަދާން އެބަހުރި. އަސްލު ދަގަނޑޭ އަށް ދަނގަޑޭ ފެނުނީ. މެޗްތެރޭ މަސައްކަތް ރޭޓް އެހާ ދަށް. ކޯޗު ބޭނުންވާގޮތަށް ޒުވާން ކުޅުންތެރިންލައްވާ މަސައްކަތް ކުރުން މާ ރަގަޅު. އިންޑިވިޖުއަލީ މޮޅު ކުޅުންތެރިޔާ އަށް ވުރެ މަސައްކަތު ރޭޓް ރަގަޅު ކުޅުންތެރިންގެ މުހިއްމު ކަން މާބޮޑު

  9
  16
  • -_-

   ކަލޭ ބޮލައް ތިހުރީ "އިބިލީސް" ވަދެފަ

 15. ކަރު ކުރު

  މީގައި ކޯޗައް މިކަންދީގެން އެހެން ބަޔަކު ރެކިގަނެގެން ވެސް އެބަތިބި، އެފް އޭ އެމް ގެ ވެސް މައްސަލަމީ ހަމަ، ކުޅިވަރައް ހާއްސަ ކޮށް ފުޓްބޯޅަ އައް ލޯބި ކުރާ ހުރިހާ މީހުން މިކަމުގަ އަޑު އުފުލަން ޖެހޭ އެބަ.

  7
  2
 16. ނަންނަުގަތި

  މިކޯޗަށް ދިވެހި ފުޓްބޯޅައަށް ކުރިއެރުމެއް ނުގެނެވޭނެ. ދަނގަޑޭއަށް ނުކުޅެވުނު ކުޅުމެއް ކުޅެވޭނެ އެހެންކުޅުންތެރިއަކު ތިޔަޓީމެއްގައިނެތް. ތިޔަކޯޗްނޫން އެހެންމީހަކު ހުރިނަމަ ދަނގަޑޭ ޓީމަށް ނަގާނެ. އޭނާ އެއުޅެނީ ޒާތީވެގެން. ރަށަށްފޮނުވާލަ. އެންމެ ފަހުން ކުޅުނު މުބާރާތުގައިވެސް ހަޑިހަވާފައައީ.

  5
  1
 17. ހަޤީޤަތް

  މިކޯޗަށް ދިވެހި ފުޓްބޯޅައަށް ކުރިއެރުމެއް ނުގެނެވޭނެ. ދަނގަޑޭއަށް ނުކުޅެވުނު ކުޅުމެއް ކުޅެވޭނެ އެހެންކުޅުންތެރިއަކު ތިޔަޓީމެއްގައިނެތް. ތިޔަކޯޗްނޫން އެހެންމީހަކު ހުރިނަމަ ދަނގަޑޭ ޓީމަށް ނަގާނެ. އޭނާ އެއުޅެނީ ޒާތީވެގެން. ރަށަށްފޮނުވާލަ. އެންމެ ފަހުން ކުޅުނު މުބާރާތުގައިވެސް ހަޑިހަވާފައައީ.

  4
  1
 18. ހަޤީޤަތް

  މިކޯޗަށް ދިވެހި ފުޓްބޯޅައަށް ކުރިއެރުމެއް ނުގެނެވޭނެ. ދަނގަޑޭއަށް ނުކުޅެވުނު ކުޅުމެއް ކުޅެވޭނެ އެހެންކުޅުންތެރިއަކު ތިޔަޓީމެއްގައިނެތް. ތިޔަކޯޗްނޫން އެހެންމީހަކު ހުރިނަމަ ދަނގަޑޭ ޓީމަށް ނަގާނެ. އޭނާ އެއުޅެނީ ޒާތީވެގެން. ރަށަށްފޮނުވާލަ. އެންމެ ފަހުން ކުޅުނު މުބާރާތުގައިވެސް ހަޑިހަވާފައައީ. ތިޔަކޯޗަށް އެކަންޏެއްނޫން ފުޓްބޯލަ އެނގެނީކީ. މިހާރު ގެ މޮޅުކުޅުންތެރިޔާ ހޮވީ އެއްޗެއް ނޭގޭ ބަޔަކު ހަމަ ތިބެފަކާނޫން.

  4
  1
 19. މުސްކުޅި

  ކޮންޒާތީއެއް، މާކުރިންވެސް ނިންމަން ޖެހިފަ އޮތްކަމެއްތީ، އަދިވެސް ދިވެހި ފުޓްބޯޅަ ބަލަން ބޭންންވޭ އެކަމު ތިޔަ ދަނގަޑޭ ދެނެއް ބޭނުމެއްނޫން.

  3
  9