އާޖެންޓީނާގެ ތަރި ޕައުލޯ ޑީބާލާއަކީ މެންޗެސްޓާ ޔުނައިޓެޑްގެ ފެންވަރު ކުޅުންތެރިއެއް ނޫން ކަމަށް ކްލަބުގެ ލެޖެންޑަރީ ޑިފެންޑަރު ރިއޯ ފާޑިނޭންޑް ބުނެފިއެވެ.

ޔުވެންޓަސް ދޫކޮށް، ޑީބާލާ ޔުނައިޓެޑަށް ދިޔުމަށް މިފަހަރުގެ ޓްރާންސްފާ ސީޒަންގައި ވަރަށް ގާތްވި ނަމަވެސް، އެކަން ވަނީ ފަހުވަގުތު ނާކާމިޔާބުވެފައެވެ. އެކަން ނާކާމިޔާބުވެފައި ވަނީ ޑީބާލާ ކިޔާ މުސާރަ ބޮޑުވުމުންނެވެ. ޔުނެޓަޑަށް އެތައް މެޗެއް ކުޅެ، ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޑިިފެންޑަރު ފާޑިނެންޑް ބުނެފައި ވަނީ ޑީބާލާއަކީ ޔުނައިޓެޑަށް ބޭނުންވާ ކަންކަން ހުރި މިޑްފީލްޑަރެއް ނޫން ކަމަށެވެ.

މިހާރު ޓީވީ އެނަލިސްޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފާޑިނެންޑް ބުނެފައި ވަނީ ޔުނައިޓެޑުން ގެންނަން ޖެހޭ ކުޅުންތެރިންނަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޒުވާން ކުޅުންތެރިން ކަމަށެވެ.

"އަހަންނަކަށް ނޭނގެ ޑީބާލާ ޔުނައިޓެޑަށް ނުދިޔައީ ކީއްވެގެން ކަމެއް. ޗެމްޕިއަންސް ލީގު ކަމަށްވެސް ވެދާނެ. އެކަމަކު ދާން ބޭނުން ވެގެން އުޅޭނީވެސް ބެންޗުގައި އިނުމަށްވުރެ ކުޅުން ރަނގަޅުވާނެތީ. ޗެމްޕިއަންސް ލީގުގައި ކުޅޭއިރުވެސް ބެންޗުގައި އިނުމަކީ މާ ދެރަވާނެ ކަމެއް. ޔުނައިޓެޑަށް ވަރަށް ގިނަ ކުޅުންތެރިން ނޫނެކޭވެސް ބުނެފި. އެކަމަކު ޑީބާލާ ނުދިޔުމަކީ އަހަރެން އުފާކުރި ކަމެއް. އެއީ އެކަށީގެންވާ ކަންކަމެއް ނެތް އޭނާ ގައިގައި،" ފާޑިނެންޑް ބުންޏެވެ.

ފާޑިނެންޑް ބުނެފައި ވަނީ ސޮލްސްޖާގެ ޕޮލިސީތައް ރަނގަޅު ކަމަށާއި، އެރޮން ވެން ބިސާކާ ފަދަ ކުޅުންތެރިންނަކީ ބޮޑެތި ޕްރޮޖެކްތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ކަލޭގެ ފެންވަރަކީ ކޮބާ؟؟ ފޯކައިދޫ ފެންވަރުތަ؟؟؟ މާ މޮޅު މީހަކަށް ހެދިގެން އުޅޭނެ ކަމެއް ނެތް؟؟

    10
    10
    • ފޯކައިދޫ

      ފެންވަރު އެނގޭނެ ހޯދާފަހުރި ކާމިޔާބު ތަކުން. ހޯދާފަ ހުރި ތަށިތަކުން. މޮޅުވީމަދޯ ލިބޭނީ. ތިބޭފުޅާގެ ފެންވަރާމެދު މިހާރު ސުވާލު އުފެދޭ!!!. ވ.ސަލާމް..????????

      11
      4
  2. ފާޑިނަންޑްގެ ބަފާގެ ކާފަ

    ފާޑިނަން ކަލޭގެ ފެންވަރަކީ ކޮބާ؟؟؟ ބޮޑެތި މުބާރާތްތަކުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔުން އެއީ ކަލޭގެ ފެންވަރު.

    9
    5
  3. Anonymous

    ޑިބާލާ ޔުނައިޓެ؛ޑަށް ނުދިޔާމަ އޭނާގެ ފެންވަރު ދަށްވީ؟؟ ދިޔަ ނަމަ އެވަރެއް ނެތިގެން މީޑިއާގަ އެވާހަކަ ދެއްކީސް!!

    12
    4
  4. ޕޮގުބާ

    ޑީބާލާއަކީ ޔުނައިޓެޑްގެ އަސްލުފެންވަރަށްވުރެ މާމޮޅު ކުޅުންތެރިއެއް

    9
    6
  5. ހުސޭނުބޭ

    އެހެންވިއްޔާ ހަފުތާއަކު 500000 ދީފައި އޮމްލެޓްއަޅަން އެލެކްސް ސަންޗޭޒް ބަހައްޓާފައި އެހުރީ ޔުނައިޓެޑްގެ ފެންވަރުވީމާ ދޯ!

    10
    4