ޕީއެސްޖީއާމެދު ހިތްހަމަ ނުޖެހިފައިހުރި ނޭމާ، ރެއާލް މެޑްރިޑަށް ދިޔުމަށް ހުރަސް އަޅަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކަމަށް މީޑިއާތަކުން ބުނެފިއެވެ.
ސްޕެއިންގެ އެންމެ ވަރުގަދަ އެއް ނޫސް ކަމަށްވާ މަރްކާއިން ބުނެފައި ވަނީ ރެއާލްއިން ނޭމާ ބޭނުންވި ނަމަވެސް، މެސީގެ ޕްރެޝަރާއެކު ނޭމާއަށް އެ ނިންމުން ނިންމަން ނުކުރޭނެ ކަމަށެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މެސީ ވަނީ ޕާސަލީ ނޭމާއަށް ގުޅާ، އަލުން ބާސާއާ ގުޅެން ބުނެފައެވެ.
ނޭމާ ގެންދަން ބާސާއިން ބޭނުން ނުވާ ކަމަށް ކްލަބުގެ ރައީސް ބުނެފައިވީ ނަމަވެސް، މިއަދު އަނެއްކާވެސް ނޭމާ ގެންދިޔުމުގެ ވާހަކަތަކަށް ބާސާގެ އޮފިޝަލުން އިށީންނާނެ ކަމަށް ނޫސްތަކުން ބުނެއެވެ. ޕީއެސްޖީއާއެކު ނޭމާ ތަމްރީނުތައްވެސް ކުރަނީ ވަކިންނެވެ. އަދި އެންމެފަހުން ކުޅުނު ލީގު މެޗުގައި ނޭމާ ފެނިފައި ނުވާއިރު، ސަޕޯޓަރުން ވަނީ ނޭމާ ފޮނުވާލަން އެދިފައެވެ.
ސަޕޯޓަރުން ނޭމާއާ އިދިކޮޅަށް ވާހަކަތައް ދެއްކި ނަމަވެސް، ޕީއެސްޖީ ކޯޗު ބުނެފައި ވަނީ ނޭމާ މަޑުކުރުވަން ބޭނުުން ކަމަށެވެ. މީގެ ދެ ސީޒަން ކުރިން ބާސާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ދިޔައީ ދުނިޔޭގެ ރެކޯޑު އަގެއްގައެވެ. އަނިޔާގެ ސަބަބުން ޕީއެސްޖީގައި ކުޅުނު ދެ ސީޒަންގައިވެސް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާއިރު، އޭނާގެ އަހުލާގީ ބައެއް މައްސަލަތައްވެސް ކުރިމަތިވިއެވެ.
ބާސާއާއެކު ނޭމާ މީގެކުރިން ޗެމްޕިއަންސް ލީގުވެސް ނަގާފައިވާއިރު، އަލުން ޗެމްޕިއަންސް ލީގެއް ހޯދުމަށް ބާސާއިން ކުރަމުންދާ މަސައްކަތަަށް ނޭމާ ފަދަ ކުޅުންތެރިޔަކު އަދިވެސް މުހިއްމެވެ. މެސީއާ ނޭމާ އަބަދުވެސް ގާތްކޮށް ފާހަގަކޮށްލެވޭއިރު، ނޭމާ ރެއާލްއަށް ދިޔުމުގެ ކުރިން މެސީގެ ފޯން ކޯލަށް ޖަވާބެއް ދޭނެ ކަމަށް ބެލެވެއެވެ.
ނޭމާގެ އަޚުލާޤެއް ހުރިއްޔާ ރޮނާލްޑޯ ޑޮނިމޭޓްކުރި ފަދައިން ނޭމާއަށް ރެއަލް ޑޮމިނޭޓްކުރެވޭނެ! ފަސޭހައިން ބޮލަންޑިއޯ ލިބޭނެ! ހަޤީޤަތުގައި މެސީ އެކަމާ ޙަސަދަވެރިވަނީ! އެހެންވީމާ މަކަރުން ނޭމާ ހިފަހައްޓަނީ! މެސީ އެންމެ ވިދާލި ދުވަސްވަރު ރޮނާލްޑޯއޭ ކިޔާ މީހަކު ރެއަލްއަށް އައިސް އޮތީ މެސީގެ ކަރުބުޑުގައި ހިތިރަހަ ލައްވާލާފައި! ނޭމާ ރެއަލްއަށް ނައްޔާ ކުރިޔަށް އޮތް ދެ އަހަރު ބޮލަންޑިއޯ ގެންދާނީ މެސީ! އެހެންވީމާ ނޭމާއަށް ބޮލަންޑިއޯ ލިބުނަނުދޭން މަކަރަކުން ހިފަހައްޓަނީ!
ރެއާލް އަށް މާފައިދާވާނެ ނޭމާގެ ބަދަލުގައި އެމްބާޕޭ ގެންދިޔަސް.