މިހާރުގެ ހާލަތަށް ބާލާފައި ނެގުނު ގައުމީ ސްކޮޑު ރަނގަޅު ކަމަށާއި، އަލީ އަޝްފާގާއި މުހައްމަދު އާރިފް (ބަކާ) ސްކޮޑަށް ނުނެގީ މުސްކުޅި ވުމުން ކަމަށް ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.
ވޯލްޑް ކަޕް ކޮލިފައިން ގައި އަންނަ މަސް ތެރޭގައި ރާއްޖެ އިން ޗައިނާ އާއި ގުއާމް އާއި ބައްދަލު ކުރަން ހަމަޖެހިފައި ވާއިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ ރަނގަޅު ފޯމެއްގައި ހުއްޓާ އޭނާ ނުހިމަނާ ސްކޮޑު އެކުލަވާލުމުން އެތައް ބައެއްގެ ފާޑު ކިޔުން ވަނީ ކޯޗަށް އަމާޒު ވެފައެވެ.
އޭގެ އިތުރުން ރާއްޖެއަށް 2 ފަހަރު ވެސް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ސްކޮޑުގައި ހިމެނުނު ބަކާއާއި މުހައްމަދު އުމެއިރު ވެސް ސްކޮޑުގައި ނުހިމެނޭ އިރު، ފާހަގަ ކޮށްލެވޭ ވަރުގެ ޒުވާން ކުޅުންތެރިން ތަކަކަށް ވެސް ވަނީ ފުރުސަތު ގެއްލިފައެވެ. އެގޮތުން "މިހާރު އެވޯޑް"ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި ހަސަން ރާއިފް (ހަންނަ) ހިމެނެއެވެ.
"ފަަހަރެއްގައި ހާލަތު އޮންނަ ގޮތަކުން އެ ކުޅުންތެރިންގެ ބޭނުން ޖެހިއްޖެނަމަ އަހަރެން އެ ފުރުސަތު ދޭނަން. އެއީ އެއްވެސް މީހަކަށް އަހަރެން ހުރިހާ ދޮރެއް ބަންދެއް ނުކުރާނަން. ކުޅުންތެރިއަކު ކަމެއް ބޭނުމިއްޔާ އަހަންނަށް ގުޅަންވީ. އަހަރެންގެ ނަމްބަރު އޮންނާނެ. އަހަަރެން ވަރަށް ރަނގަޅަށް ކުޅުންތެރިންނަށް މި ކަންތައް ކިޔައިދޭނަން. އެކަމަކު މީޑިއާގައި ދައްކަން މިއީ ރަނގަޅު ވާހަކަތަކަކަށް ނުވެދާނެ،" ސްކޮޑާ ގުޅިގެން ސެގާޓް ބުންޏެވެ.
ސެގާޓް އެކުލަވާލި 28 ކުޅުންތެރިންގެ ސްކޮޑު، ވިސާ ޖެހުމަށާއި، ތަމްރީން ތަށް ހެދުމަށް މިއަދު ސްރީ ލަންކާ ފުރާފައިވާއިރު، ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެގާޓް ބުނެފައި ވަނީ ބަކާ އާއި އަޝްފާގު ފަދަ ކުޅުންތެރިންނަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ނިމޭ އިރު ހުންނާނީ 38 އަހަރު ވަރު ވެފައި ކަމަށާއި، އެއީ މާ ދޮށީ އުމުރެއް ކަމަށެވެ.
"ގައުމީ ޓީމުގައި ނެތީމަ އަހަންނަށް ބަކާ ގުޅި. އަހަރެން އޭނަ އަށް އޮޅުންފިލުވައިދިނިން. އަހަރެން ބުނިން ބަކާ އަށް 34 އަހަރުވީމާ، މި ކަހަލަ މެޗުތަކުގައި ބޭނުމެއް ނުކުރެވޭނެ ކަމަށް. ބަކާ އަށް ވެސް އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވެސް އޮންނާނީ އެ އުސޫލު. މި ކޮލިފިކޭޝަންތައް އެއްކޮށް ނިމޭއިރު ބަކާ އާއި އަޝްފާގު ފަދަ ކުޅުންތެރިންނަށް 38 އަހަރުވާނެ. އެއީ މާ ދޮށީ އުމުރެއް،" ސެގާޓް ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިން އަށް ނެގި ރާއްޖޭގެ ސްކޮޑު
މާޒިޔާ :އަސަދުﷲ އަބްދުﷲ، ސަމޫހު އަލީ (ސަމުއްޓެ)، ، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު، ހުސެއިން ނިހާން، ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް،މުހައްމަދު އިރުފާން (އިރޭ)، މުޖުތާޒް މުހައްމަދު (މުޖޭ)
އީގަލްސް :އަހުމަދު ނޫމާން (ހެލްމެޓް)، އަހުމަދު ރިޒުވާން، ހުސެއިން ޝިފާއު، ހައިޝަމް ހަސަން ،މުހައްމަދު ނާއިމް
ގްރީން ސްޓްރީޓްސް :ލަބާން ޝަރީފް، ސަމްދޫހު މުހައްމަދު، މުހައްމަދު ސާއިފް އަބްދުﷲ ޔާމީން (ޔާން)
ޓީސީ :މުހައްމަދު އަޖުފާން، އިބްރާހިމް އައިޝަމް، އަކުރަމް އަބްދުލް ގަނީ (އަކޫ)
ށ. ފޯކައިދޫ :ހަސަން ނަޒީމް، މުހައްމަދު ޖައިލަމް
ދަ ގްރާންޑޭ :މުހައްމަދު ފައިސަލް، އަޔާޒު އަހުމަދު
ޔުނައިޓެޑް ވިކްޓްރީ :ހަސަން ތޮލާލް
ނިންމާ ވާހަކަ ނުކިޔާ ފަށާއިރު މެޗަކުން މޮޅުވޭތޯ ވިސްނަބަލަ.
ހަމަ ދެން ކޮންމެސް އެއްޗެކޭ ކިޔަނީއޭ މިގޮލާ.. އޭޖް ޑަޒަންޓް މެޓާ ދަގަނޑޭ އަށް އެފެންވަރުގަ ކުޅޭވެންޔާ... ސެގަޓް ހަމަ ޒާތީ ވަނީ... ބައްސާމް ސެގަޓް އަށް ހިއްވަރުދެނީ މިކަމުގަ.....
ހަންނައަށްވެސް 38 ތަ ވާނީ ކޮލިފިކޭޝަން ނިމޭއިރު. ބަލަ މިއަދު ދަގޭއަށް 33އަހަރު. މީގެ 4 އަހަރު ފަހުގެ ވާހަކަ މިއަދު ތިދައްކަނީ ކޮންބޭނުމަކު އޮޅުވާލަން. އެއީ މިއަހަރު ހޮވި އެންމެ މޮޅު ކުޅުންތެރިޔާ. ދަގޭއަށް މިއަހަރު 33. މެސީއަށް 33. ޜޮނާލްޑޯއަށް 34. މިއަދުވެސް އެގައުމުގެ ގައުމީ ޓީމުން އެމީހުން އެންމެ މޮޅީ. ކޯޗު ކިހިނެއްވެގެންތަ މިއުޅެނީ. ބޯހަލާކު.
ޑދަގަނޑޭ އަކީ މަގޭބެސްޓް ފްރެންޑް ދަގަނޑޭ އައް މިއަހަރުނިމޭ އިރު 38 ނޫނީ 39 ވާނީ މަށާ އެއް އޭޖު
ބަލަންވީކީ ޢުމުރުން ވީ ދުވަހަކަށް ނޫނެވެ. ބުންވަރަށާ ކުޅޭކުޅުމަށާ ދައްކާހުނަރަށާ ގޯލްސްކޯއަށެވެ.
ކޯޗަށް އެގޭނީ ޓީމް ނަގަން
ފުރަތަމަ ކޮލިފިކޭޝަން ނިމޭހިސާބަށް ދާވާހަކަ ތިދައްކަނީ އިހަށް ފުރަތަމަ ބުރުން ސަލާމަތްވޭތޯބަލާބަލަ. ޢޭގެފަހުން 38 ފުރިފަވޭތޯ ބަލާބަލަ.
ކޮން ބަހަނާ އެއް ތިދައްކަނީ؟ ދަގޭ ނުބުނޭ ތިމަންނައަަކަށް ނުކުޅެވޭނޭ ތިމަންނަ މުސްކުޅި ވެއްޖެއޭ.. ތީކޮންކަހަލަ ކޯޗެއްބާ އަނެއްކާ
ދިވެހިން ކޮސް ހައްދާނަމޭ އުޅޭ ކޯޗެއްމީ. މީނަ ހީކުރަނީ ދިވެހިން މީމޮޔައިން ކަމަށް.
13 އަހަރުގެ ކުދިން އަރިވާ.. 18 ވާނެ ނިމޭއިރު
ކޯރޗް ވަރަށް ޑިސިޕްލިންގ ދަށް
ކަލޭމެން ހަވާލުވާން ވީނުން. ޢަޖާއިބެއް
އޯލްޑަކީ ގޯލްޑެއް ނޫންތަ؟
ވަރަށް ސާފް، ތީ ހަމަ ބައްސާމް އާއި އެފްއޭ =އެމްގެ އެންމެން ގުޅިގެން ހިންގާ ޖަރީމާއެއް، ކޯޗު އެ ބުނަނީ އޭނާގެ އަމިއްލަ ވާހަކަތަކެއް ނޫން، އެއީ އެފްއޭ އެމުން ދަގޭ އާއި ޒާތީ ވާ ބަޔަކު ކޯޗަށް ލައިދީފައިވާ ބަހަނާތަކެއް، މީދެން ކިހާ ދެރަކަމެއް ، ބައްސާމް މެން ރާއްޖޭގެ ފުޓްބޯޅަ މުޅިން ހަލާކލު ކޮށް ނިންމައިފި، ފުޓްބޯޅަ ކުރި އަރުވާށޯ މިއުޅެނީ، މީ ދެން ބޮޑު ވަރު، ބައްސާމް އާއި އެފްއޭއެމްގެ މިހާރު އެތިބި އެއްވެސް މީހަކަށް ފުޓްބޯޅަ އެއް ނޭންގޭ، ފުޓބޯޅަ ކުރި އަރުވާނީ ކހިނެއް ކަމެއް ނޭންގޭ، މާ އެނގިގެން އެ އުޅެނީ، ބައްސާމް އާއި އެފްއޭމްގައި މިވަގުތު ތިބި އެއްނެމް އިސްތިއުފާ ދިނުމައް ގޮވާލަން، ކޮޗު ވެސް ވަގުތުން ވަގުތަށް އިސްތިއުފާ ދީ މި ގައުމުން ބޭރުކުރނަ ގޮވާލަން
ގައުމީޓީމް ވެސް ސިޔާސީ ކުރީ ބައްސާމް، މުޅި ގައުމުން ފުޓްބޯޅަ ފޮހެލަން ބައްސާމް އެ މަސައްކަތް ކުރަނީ، ބައްސާމް އިސްތިއުފާ، ކޯޗު ސެގަޓް އިސްތއިއުފާ
ގައުމީ ކޯޗު ސެގަޓް އަދި ބައްސާމް ގެ ބޮޑު ޖަރީމާ، ބޮޑު އޮޅުވާލުން، މި ދެމީހުންވެސް ބޭރުކުރޭ ހެޔޮ ނުވާނެ
ކޯޗް ބަރާބަރު 38 ވީމާ ދެން މަޑުކށްލަންވީ ލަކުދިންނައް ފުރުސަތު ދޭންވީ ކޮންވާހަކައެއް ތިއުޅެނީ އަމިއްލައައް ނުވިސްނިގެން ސިޔާސީ ގޭމް ކުޅެން ކަމައް ބެލެވެނީ
ބަލަގަ ދަގޭއާ ބަކާ މުސްކުޅި ވާހަކަ ދައްކާއިރު މިބޭގަނޑު މުސްކުޅިކަމުން އަމިއްލަ ހާލާއިގެން އުޅެވޭ ވަރުވަނީ ހަމަ ކިރިޔާ. ލޭމައްޗަށް ހޮސް އެހާ ރުންކުރު. މުއާމަލާތު ކުރަނީ ތިމާއަކީ މަތިން ފައިބާފަ ހުރި މީހެއްހެން އެހެން މީހުންނަށް ވިސްނަދޭން އުޅޭ ފާޑަށް. ސޮކޮޑު ނެގީ ކިހިނެތްކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެއް. ޢަދި ބުނެފިއެއްނު، "ކުޅުންތެރިއަކު ކަމެއް ބޭނުމިއްޔާ އަހަންނަށް ގުޅަންވީ." އޭ؟! ކަލެއަށް އެންމެން ގުޅަންވީ ކީއްކުރަންކަން އެނގެއޭ އެންމެނަށްވެސް މިހާރު..!
މީއަޅެފަހެ ކޮންކަހަލަ ބުރާންޗެއްތަ. ފުރަތަމަ ކޮލިފިކޭޝަންގެ އެލިމިނޭޝަން ރައުންޑް ގިރާކުރެވޭތޯ މަސައްކަތް ކޮއްބަލަ. އޭގެ ފަހުން ކުޅުންތެރިންގެ އުމުރުގެ ވާހަކަ ދައްކާނީ. ބޭފުޅާގެ ވާހަކަ މިހާރު ތިހުރި ގޮތުން ހީވަނީ ރާއްޖެ ކޮލިފައިވެ ގްރޫ ޕް ސްޓޭޖްވެސް އިނގި އަދި ކުޅެން ޖެހޭ އޮޕޯނަންޓްސް ވެސް އިނގި ޔަގީންވެފަ އޮތް ހެން. ދުރަށް ވިސްނާ ތައްޔާރުވުމަކީ ގޯހެއް އަދި މައްސަލައެއް ވެސް ނޫން. އެކަމު ބޭފުޅާ މާ ދުރަށް ތިވިސްނަނީ.
ބައްސާމް ސެގަޓް! ސައިޒަށް ކަޑާލަން ޖެހިދާނެ... ވަރަށް ވާހަކަ..
Dhagadey ah furusathu dheyn nujehey sababeh nethi furassarakuraakan faahangavey. Raees Ibrahim Mohamed Solih mikamah samaalukan dhehvvai Dhivehinge vindhaa ehgothah mibathalah furusathu fahikohdhevva. Mee mulhiraajje ufalun rovvali bathaleh.
Mee gaumee football teamge ethereyge massalaakahvure bodah gaumuge rayyithunge ammu maslahathaai gulhunhuri massalaeh.