އާޖެންޓީނާއާއެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފުޓުބޯޅަ ކުޅުންތެރިޔާ ހޯޒޭ ލުއިސް ބްރައުން މަރުވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި އޭނާ މަރުވެފައި ވަނީ އުމުރުން 62 އަހަރުގައެވެ. އާޖެންޓީނާގެ ތާރީހީ ޑިފެންޑަރު ލުއިސް ދަނޑުމަތީގައި މަޝްހޫރުވެފައި ވަނީ "ޓާޓާ"ގެ ނަމުންނެވެ. އޭނާއަކޫ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ވެސްޓް ޖަރުމަނު ކޮޅަށް ފުރަތަމަ ގޯލްވެސް ޖެހި ކުޅުންތެރިޔާއެވެ.

ލުއިސްގެ ކޮނޑުހުޅު އެ ފައިނަލްގައި ނައްޓާލި ނަމަވެސް، އޭނާގެ އެދުމުގެ މަތިން ދަނޑުން ބާލާފައެއް ނުވެއެވެ. ގައުމަށްޓަކައި އޭނާ އެދުވަހު ކުރި ހިތްވަރުން އާޖެންޓީނާގައި މަގުބޫލުކަން ހޯދިއެވެ.

1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ލުއިސް ޖެހި ގޯލަކީ އޭނާގެ ހަމައެކަނި ބައިނަލްއަގުވާމީ ގޯލްވެސް މެއެވެ. ޑިއޭގޯ މަރަޑޯނާގެ ކެޕްޓަން ކަމުގެ ދަށުގައި ކުޅުނު އާޖެންޓީނާއިން ތަށި ނެގީ 3-2 ގެ ނަތީޖާއަކުން ވެސްޓް ޖާމަނީ ބަލިކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލުއިސް ދިޔައީ އެލްޒީމިއާއާ ހަނގުރާމަ ކުރަމުންނެވެ.

އާޖެންޓީނާ ގައުމީ ޓީމަށް 36 މެޗު ލުއިސް ކުޅެދިންއިރު، އޭނާގެ ކްލަބު ކެރިއަރު ގިނަ މެޗުތަކެއް ކުޅުނީ އެސްޓޫޑިއަންޓޭސްއަށެވެ. ގާތްގަނޑަކަށް 300 މެޗު އެކްލަބަށް ކުޅުނުއިރު، އޭނާ މަރުވުމުގެ ހިތާމައިގައި ކްލަބުން ވަނީ ބައިވެރިވެފަައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    1986 ވަނައަހަރު ލުއިސް ކުޅުނު ތާރީޚީ ފައިނަލްމެޗް ލައިވްކޮށް ބަލާލެވުނު. އެމެޗްގައި ލުއިސްގެ އަތް ކޮނޑުހުޅުން ނެއްޓިފައި އޮތްއިރުވެސް އެކުރި ހިއްވަރަކީ އާދައިގެ ކަމެއްނޫން.

    5
    1