ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)ގެ ވާހަކަ ގިނަ ދުވަސްކޮޅެކެވެ. މީގެ ކުރިންވެސް ދަގަނޑޭއަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ފަހުރުވެރިކަމާއެކު ދެއްކި ވާހަކައެކެވެ. އެހެން ނަމަވެސް މިއަދު އެތައް ބަޔަކު ވާހަކަ ދައްކަނީ އޭނާގެ ދިފާއުގައެވެ. އޭނާގެ އުމުރުން 33 އަހަރު ނަމަވެސް، ގައުމީ ޓީމަށް ނަގަން ޖެހޭ ކަމުގެ ވާހަކަތަކެވެ.

ގައުމީ ޓީމުގެ ކޯޗު، ޕީޓާ ސެގަޓާއި ދަގަނޑޭއާ ދެމެދު ނުތަވަސްކަން އުފެދުނީ މިދިޔަ އަހަރު ތެރޭގައެވެ. އެވާހަކަތައް އެތައް ގޮތަކުން ދެއްކިއްޖެއެވެ. ދަގަނޑޭއަށް ސާފް ޗެމްޕިއަންޝިޕެއް ގެއްލި، މާފަށްވެސް އެދުނުއިރު، އެ މައްސަލަތައް ހައްލުވީ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގެ މުހިއްމު ދެ މެޗަކަށް އެކުލަވާލި ސްކޮޑުގައިވެސް ދަގަނޑޭ ހިމަނާފައެއް ނުވެއެވެ. ކޯޗު ބުނެފައި ވަނީ ދަގަނޑޭ ނުހިމެނީ އުމުރުން މާ ދޮށިވުމުން ކަމަށެވެ.

ދަގަނޑޭއާއި މުހައްމަދު އާރިފް (ބަކާ)އަށް އިޝާރާތްކޮށް ކޯޗު ބުނީ، ވޯލްޑް ކަޕް ކޮލިފިކޭޝަން ނިމޭއިރު، އެދެކުޅުންތެރިންވެސް ތިބޭނީ އުމުރުން 38 އަހަރު ވެފައި ކަމަށެވެ. އެކަމުގެ ތެރެއިން ކޯޗު ބުނީ ސްކޮޑަށް ނުނެގުމުން ބަކާ ގުޅިކަމަށެވެ. އެކަމަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނިކޮށް، ބަކާ ވަނީ އެކަން ދޮގުކޮށްފައެވެ. ކޯޗަށް ބަކާ ކުރި ކޯލެއްގެ ވާހަކަވެސް ފުޓުބޯޅަ އާއިލާގެ ތެރޭގައި ދެކެވެމުންދާ ދަނޑިވަޅެއްގައި ދަގަނޑޭގެ ފޭން ބޭސްއަށް މީސް މީޑިއާ މެދުވެރިކޮށް ދައްކާލީ ފޮޓޯގައި ދަގަނޑޭ ފެންނަނީ ފޯނެއްގައި ހުންނަ ތަނެވެ.

އެއްވެސް ކެޕްޝަނަކާ ނުލާ ދަގަނޑޭ މީސް މީޑިއާއަށް ދޫކޮށްލި ފޮޓޯއިން ގިނަ ބަޔަކަށް ދޭހަވީ ބަކާއާއި ކޯޗުގެ ފޯން ކޯލް ވާހަކައެވެ. ދަގަނޑޭއަށް ހިތްވަރު ދިނުމުގެ މެސެޖުތަކާއެކު އެ ފޮޓޯއަށް ކޮށްފައިވާ ކޮމެންޓްތަކުގައި ސްކޮޑަށް ނުނެގުމުން ކޯޗަށް ގުޅަނީތޯވެސް އަހާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. މާލް

  ކޯޗޫ... އެހެންވިއްޔާާ އަޝްފާޤަށާއި ބަކާ އަށް 65 ގެ އެލަވަންސް ހަމަޖައްސާ..! އެހެންޏާފަހެ ، މިއުޅެނީ މިމީހުންމުސްކުޅިވިއިރުވެސް މެފެންވަރުބަޔަކު ނުއުފެދިގެން....

  52
  3
 2. މިވެސް

  މިވެސް ހަބަރެއް؟

  9
  4
 3. ބުރުގާ

  ދަގަނޑޭ، ކަލޭ ގޭގަ އޮވެގެން ކުޑައިރުގެ ފޮޓޯ މީޑީޔާއައް ލާނެކަމެއް ނެތް. ކަލޭ ތީ ބޮޑު ވައްހާބީގަނޑެއްނު. ކަލޭދެން ގިނައިރު މިސްކިތްތެރޭ އުޅޭ.

  2
  60
  • ވާނުވާ

   ކަލޭމެންނަށް މީހަކު ސުންނަތަށް އުޅެންޔާ އެވަނީ ވައްހާބީ އަކަށް. މިއަކީ ވަގުތީ ތަނެއްކަން ނޭގޭތަ؟ އާޙިރަތުގައި އޮންނާނީ އެމީހަކު ކުރި ހެޔޮކަމެއް.

   61
   1
  • ވައްހާބުގެ ދަރި

   އެއީ މާތް ﷲގެ ނަންފުޅެއްކަން ކަލެއަށް ނޭންގޭތަ. ދެން ބުނޭ ﷲ އެއީ ކާކުހޭ

   27
   1
  • ހަސަނު

   ބަލަ ކަލެއައް އެނގޭތަ ވައްޙާބަކީ އަހަރެންވެސް އަދި ކަލޭވެސް ޚަލްޤްކުރެއްވި އިލާހައް ނިސްބަތްވާ އެކަލާނގެ މަތިވެރި ކަލިމަފުޅެއް! ތަންދޮރު ވަކިނުވެގެން އުޅޭއިރު އަދި މީހުންނަށް އެބަ އެޗެހިކިޔައެއްނު

   28
   1
 4. ވާނުވާ.

  ކޯޗާ ދެކޮޅަށް އަޑުއުފުލާނެ ބަޔަކު ނެއްތަ؟

  25
  1
 5. އެއްކަލަ އޭނާ

  ވެދާނެ ކޯޗްއަށް އޭނާގެ އުމުރު ނޭގެނީ ކަމަށް ބަކާޔާ އޝްފާގު މުސްކުޅި ވީ ކޯޗަށްވުރެ ނުކުޅެވޭ ވަރަކަށް ނޫން އެއާކޯޗް އަށް ނޭގުނީ

  15
  1
 6. ސަމޭދާން

  ދަގޭ ކޮންއިރަކު އެއޮށްބޮޑު ތުނބުޅި ދުއްވާލީ؟

  7
  2
 7. ޕޮގުބާ

  ޓީމް ނަގާނީ ކޯޗް ސަޕޯޓަރުންނާ މީޑިޔާ އަކުންނޫން ކޮންމެ ފުޓްބޯޅަ ކުޅުންތެރިޔަކު ނެގިޔަސް ކާމިޔާބެއް ނުލިބޭނެ ވަރަށް ސާފްކޮން މިބުނީ ގައުމީޓީމް މިފަހަރު ކުޅޭ ދެމެޗްންވެސް ވާނި ބަލި

  8
  8
 8. ޢާޒިމް

  ޚޮން ދަގަނޑެއްތަ ތީ މިހާރު ބޭކާރު މީހެއް ތިކަހަލަ ބައިވަރު ތައުލީމީ ދަނގަޑޭތައް ބައިވަރު ތީ މީޑިއާ ދެކެވެސް ބިރުގަންނަ ވާހަކަ ނުދެކެވޭ ދަގަނޑެއް

  2
  15
 9. ޒަޒިން

  ޓުނބުޅ ހުރީމަ ނިމުނީތޯ

  1
  4