އަލީ އަޝްފާގު (ދަގަނޑޭ) އަކީ ގައުމީ ޓީމުގައި ހިމެނެން ޖެހޭ ކުޅުންތެރިއެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ، ރަނގަޅު ފޯމެއްގައި ހުއްޓާ ވޯލްޑް ކަޕް ކިލިފިކޭޝަން ދެ މެޗަށް ރާއްޖެއިން އެކުލަވާލި ސްކޮޑުގައި އޭނާ ނުހިމެނުމުން ގިނަ ބައެއްގެ ފާޑުކިޔުން ކޯޗު ޕީޓާ ސެގަޓަށް ވަނީ އަމާޒުވެފައެވެ. މީގެ ކުރިންވެސް ކޯޗާ ދަގަނޑޭއާ ދެމެދު މައްސަލަތަކެއް ދިމާވެފައިވާއިރު، އެކަމަށް ދަގަނޑޭ ވަނީ މާފަށްވެސް އެދިފައެވެ.

ކުރިން ދިމާވި ކަންތައް ހައްލުވީ ކަމަށް ބެލި ނަމަވެސް، މިފަހަރުވެސް ދަގަނޑޭ އުމުރުން ދުވަސްވެފައިވާ ކަމަށް ބުނެ ކޯޗު ވަނީ އޭނާ ސްކޮޑުން ބޭރު ކޮށްލާފައެވެ.

"ގައުމީ ޓީމުގައި ނެތީމަ އަހަންނަށް ބަކާ ގުޅި. އަހަރެން އޭނަ އަށް އޮޅުންފިލުވައިދިނިން. އަހަރެން ބުނިން ބަކާ އަށް 34 އަހަރުވީމާ، މި ކަހަލަ މެޗުތަކުގައި ބޭނުމެއް ނުކުރެވޭނެ ކަމަށް. ބަކާ އަށް ވެސް އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވެސް އޮންނާނީ އެ އުސޫލު. މި ކޮލިފިކޭޝަންތައް އެއްކޮށް ނިމޭއިރު ބަކާ އާއި އަޝްފާގު ފަދަ ކުޅުންތެރިންނަށް 38 އަހަރުވާނެ. އެއީ މާ ދޮށީ އުމުރެއް،" ސެގާޓް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވެފައި ވަނީ އޭނާ ނަގާ ޓީމެއްގައި ދަގަނޑޭ ހިމެނޭނެ ކަމަށާއި، ދަގަނޑޭއަކީ ގައުމީ ޓީމުގައި ހިމެނެން ޖެހޭ ކުޅުންތެރިއެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ދިވެހި ސްޕޯޓަރުންގެ އެދުން އެފްއޭއެމްއާ ރަސްމީކޮށް ހިއްސާ ކޮށްދެއްވާނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

ވޯލްޑް ކަޕް ކޮލިފައިން އަށް ނެގި ރާއްޖޭގެ ސްކޮޑު

މާޒިޔާ :އަސަދުﷲ އަބްދުﷲ، ސަމޫހު އަލީ (ސަމުއްޓެ)، ، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު، ހުސެއިން ނިހާން، ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް،މުހައްމަދު އިރުފާން (އިރޭ)، މުޖުތާޒް މުހައްމަދު (މުޖޭ)

އީގަލްސް :އަހުމަދު ނޫމާން (ހެލްމެޓް)، އަހުމަދު ރިޒުވާން، ހުސެއިން ޝިފާއު، ހައިޝަމް ހަސަން ،މުހައްމަދު ނާއިމް

ގްރީން ސްޓްރީޓްސް :ލަބާން ޝަރީފް، ސަމްދޫހު މުހައްމަދު، މުހައްމަދު ސާއިފް އަބްދުﷲ ޔާމީން (ޔާން)

ޓީސީ :މުހައްމަދު އަޖުފާން، އިބްރާހިމް އައިޝަމް، އަކުރަމް އަބްދުލް ގަނީ (އަކޫ)

ށ. ފޯކައިދޫ :ހަސަން ނަޒީމް، މުހައްމަދު ޖައިލަމް

ދަ ގްރާންޑޭ :މުހައްމަދު ފައިސަލް، އަޔާޒު އަހުމަދު

ޔުނައިޓެޑް ވިކްޓްރީ :ހަސަން ތޮލާލް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހުރެން

    ބުނާ އަޑު އިވޭ ކޯޗަށޭ އެނގޭނީ ޓީމު ނަގަން.. އެހެންވީރު ކޯޗު ކައިރީ ބުނޭ އުޒުރު ނުދައްކަ ޓީމް ނަގާށޭ.. އުޒުރު ދައްކަންޔާ ރައްދުވެސް އަންނާނެ

  2. ޕޮގުބާ

    މަހްލޫފަކަށް އަދި ސަޕޯޓަރުންނަކަށްވެސް އަދި މީޑޔާއަކަށްވެސް ޓީމް ނަގާކަށް ނޭންގޭނެ ފުލް ޓީމް ނަގާނީ ކޯޗް

  3. ކުޑަބަޖަރާ

    ހޫނ ، ބޯދަމައިގަތީދޯ؟

    4
    1