ޔޫތް މިނިސްޓާރ އަހްމަދު މަހްލޫފްގެ ދައުވަތަކަށް ލަންކާގެ ގައުމީ ވޮލީ ޓީމު ރާއްޖެ އައިސް ކުޅުނު މެޗުތަކަށް ފަހު، އަންނަ ހަފްތާގައި ނޭޕަލްގައި ފަށާ ސެންޓްރަލް ޒޯން މުބާރާތާއި ކުރިމަތިލާ ރާއްޖެގެ ޓީމަށް ހިތްވަރެއް ލިބިގެން ހިގައްޖެއެވެ.

ލަންކާ އިން ރާއްޖެ އާއި ދެކޮޅަށް ޖުމްލަ 3 މެޗެއް ކުޅެފައި ވާއިރު އެ 3 މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ނަމަވެސް، ފުރަތަމަ މެޗުގައި ރާއްޖެ ސީދާ 3 ސެޓުން ބަލިވި އިރު، ދެން ކުޅުނު ދެ މެޗުގައިވެސް ވަނީ ލީޑުގައި އޮވެ، އެ ދެ މެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗުގައި ރާއްޖެ އިން ފުރަތަމަ ސެޓު 25-22ން ގެންދިޔަ އިރު، ލަންކާ އިން ދެވަނަ ސެޓަށް ޓީމު ވަރުގަދަ ކޮށް، އެ ސެޓު 25-20ން ކާމިޔާބު ކުރިއެވެ. އަދި ދެން ކުޅުނު ދެ ސެޓު ގެންދިޔައީ 25-22 އަދި 25-13 އިންނެވެ.

ސެންޓްރަލް މުބާރާތަށް ދާ ރާއްޖޭގެ ޓީމު މާދަމާ ރޭ ފުރުމަށް ހަމަޖެހިފައި ވާއިރު، ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފައި ވަނީ ލަންކާ ފަދަ ޓީމާކާއި ދެކޮޅަށް މި ފެންވަރުގައި ކުޅެފައި މުބާރާތުގައި ފެސޭހަ ވާނޭ ކަމަށެވެ.

"ލަންކާ ފަދަ ޓީމަކާ ދެކޮޅަށް މި ފެންވަރުގައި ކުޅެފައި ސެޓު ވެސް ގެނެވޭ އިރު، ސެންޓަރަލް ޒޯނުގައި ރަނގަޅު ނަތީޖާއަކާ މެދު ވަރަށް އުއްމީދުކުރެވޭ. އެއީ ކޮންމެ ގޮތަކަށް ވިޔަސް، ސެންޓްރަލް ޒޯނުގައި ކުޅޭނީ ލަންކާ މި ކުޅޭ ލެވެލް އަށް ވުރެ ދަށް ޓީމުތަކެއް" ކާއްޓޭ ބުނެފައި ވެއެވެ.

ސެންޓްރަލް މުބާރާތުގައި ވާދަ ކުރަނީ ރާއްޖެ އަށް ވުރެ ދަށް ޓީމު ތަކަކަށް ވުމުން ރާއްޖެ އިން މުބާރާތަށް އަމާޒު ހިފާފައިވާ ރަން މެޑަލް އަށް ވާސިލްވުމަށް ފަސޭހަ ވެގެންދާނެއެވެ. އަދި މިހާރު ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް ލަންކާ މެޗުތަކުން ފުރުސަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެ ހިމެނިފައިވަނީ މުބާރާތުގެ 2017ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ކްރިގިސްތާނާއި، މުބާރާތް ބާއްވާ ނޭޕާލް އާއި އެއް ގުރޫޕެއްގައެވެ. ލަންކާ މެޗު ތަކަށް ފަހު ރާއްޖޭގެ ކުޅުންތެރިންގެ ތަޖުރިބާ އާއި ހިތްވަރު ވަނީ އިތުރުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮގުބާ

    މީ ބަލިގަބޫލު ކިރާބައެއްނޫން ހިތްވަރު ލިބުނި ކޮންމޮޅެއް ލިބިގެން

  2. ޕޮގުބާ

    އާންމު ފާޚާނާތަށް ސާފްކުރަން ގައުމީވޮލީ ޓީމުގެ ކުޅުންތެރިން ލާންވީ ރާއްޖެއަށް ވރަށް ހުތުރު ނަން ލިބިއްޖެ

  3. Anonymous

    ކުޅިވަރު ސިޔާސީވާނެ އެންމެބޮޑައްވެނިމިއްޖެ